Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2022

ސްޕެއިން އާއި ޖަރުމަނު އެއްވަރު، ޖަރުމަނަށް ހަނި ފުރުސަތެއް

މެޗު އެއްވަރުވީ 1-1 ން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 27 ނޮވެމްބަރު 2022 | އާދީއްތަ 21:31
ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން

ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕްގައި ސްޕެއިން އާއި ޖަރުމަނު ބައްދަލުކުރި މެޗު އެއްވަރުވުމުން މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ޖަރުމަނަށް ވަރަށް ބޮޑަށް ހަނިވެއްޖެއެވެ.

އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 1-1ން އެއްވަރުވެގެންނެވެ. މެޗުގެ ދެލަނޑުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ހާފުގައި ސްޕެއިންގެ ޑެނީ އޮލްމޯ ފޮނުވާލި ބާރު ހަމަލާ, ޖަރުމަނުގެ ކީޕަރު މެނުއެލް ނޯޔާގެ އަތުގައި ޖެހިފައި ބޭރަށް ދިޔައިރު, ޖޯޑީ އަލްބާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ. މީގެ އިތުރުން ޖަރުމަނުގެ ސާޖް ގިނާބްރީ އުފެއްދި ހަމަލާ ބޭރަށް ދިޔައިރު ކިމިޗްގެ ހަމަލާގެ ހުރަހަކަށްވީ ސްޕެއިންގެ ކީޕަރެވެ.

ފުރަތަމަ ހާފުގައި ޖަރުމަނުން ލަނޑެއް ޖެހިއެވެ. ހިލޭ ޖެހުމަކުން އައި ބޯޅައެއް އެންޓޯނިއޯ ރުޑިގާ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް ރެފްރީ ނިންމީ އޭނާ ހުރީ އޮފްސައިޑު ޕޮޒިޝަނެއްގައި ކަމަށެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ސްޕެއިން ޓީމުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލްވާރޯ މޮރާޓާ ސްޕެއިންއަށް ލީޑު ނަގައިދިނީ ޖޯޑީ އަލްބާ ދިން ޕާހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެޗުގެ 83 ވަނަ މިނެޓުގައި ޖަރުމަނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ނިކްލަސް ފުލްކްރަގްއެވެ.

މި ނަތީޖާއާއެކު ގްރޫޕް އީގެ އެއްވަނާގައި ސްޕެއިން އޮތީ ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ދެވަނާގައި އޮތް ޖަޕާނާއި ތިންވަނާގައި އޮތް ކޮސްޓަރިކާއަށް ލިބެނީ ތިން ޕޮއިންޓެވެ. ގްރޫޕް ތާވަލުގެ ފުލުގައި ޖަރމަނީ އޮތީ އެންމެ ޕޮއިންޓަކާއެކުއެވެ. އެހެންކަމުން މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް ޖަރުމަނަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު