Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ޕޯޗުގަލްގައި އޮތީ މޮޅު ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްކޮޑެއް: އަލޮންސޯ

ސަންޓޯސް އަކީ ވަރަށް ތަޖުރިބާ ބޮޑު ކޯޗެއް، އޭނާ ވަނީ ޕޯޗުގަލް ކާމިޔާބު ހިސާބަކަށް ގެންގޮސްދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ނޮވެމްބަރު 2022 | ހޯމަ 02:17
އުރުގުއޭގެ ކޯޗު އަލޮންސޯ

އުރުގުއޭގެ ކޯޗު އަލޮންސޯ

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ޕޯޗުގަލާ ކުރިމަތިލާއިރު އެ ޓީމުގައި އޮތީ މޮޅު ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ސްކޮޑެއް ކަމަށް އުރުގުއޭގެ ކޯޗު ޑިއޭގޯ އަލޮންސޯ ބުނެފިއެވެ.

އަލޮންސޯ މިހެން ބުނީ ޕޯޗުގަލް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، ކޮންމެ މެޗަކީ ވެސް މުޅިން ތަފާތު އައު މެޗެއް ކަމަށެވެ. އެގޮތުން ޕޯޗުގަލްގައި ވަރަށް މޮޅެތި ކުޅުންތެރިން ތިބި ކަމަށާއި، އެ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް އަކީ ވެސް ވަރަށް މޮޅު މީހެއް ކަމަށެވެ. އަދި ސަންޓޯސް އަކީ ވަރަށް ތަޖުރިބާ ބޮޑު ކޯޗެއް ކަަމަށާއި، އޭނާ ވަނީ ޕޯޗުގަލް ކާމިޔާބު ހިސާބަކަށް ގެންގޮސްދީފައި ކަމަށެވެ.

އޭނާ ބުނީ ޕޯޗުގަލްގެ މުޅި ޓީމު އެކުގައި އޮންނަތާ ވަރަށް ދުވަސްވެއްޖެ ކަަމަށާއި، އެއީ އެ ޓީމު ވަރުގަދަވާނެ ސަބަބެއް ކަމަށެވެ. ނަމަވެސް އޭނާ ބުނީ އުރުގުއޭގައި ވެސް އެ ޓީމުގެ އަމިއްލަ ހަތިޔާރު ހުންނާނެ ކަމަށާއި، އެމީހުންގެ އެންމެ މޮޅު ކުޅުން މެޗުގައި ނެރޭނެ ކަމަށެވެ. އަލޮންސޯ ބުނީ އެކަމުން އުރުގުއޭ ވެސް ވަރުގަދަވާނެ ކަމަށެވެ.

މީގެ އިތުރުން އަލޮންސޯ ބުނީ ކުރިން ވެސް އޭނާ ފާހަގަ ކުރި ގޮތަށް ކޮންމެ މެޗަކީ ވެސް ތަފާތު މެޗެއް ކަމަށާއި، ޓީމުގައި ތިބި 26 ކުޅުންތެރިންނަށް ވެސް ކުޅުމުގެ ފުރުސަތު ދޭނެ ކަމަށެވެ. ނަމަވެސް އޭނާ ބުނީ މެޗުތަކުގެ ފުރަތަމަ 11 ގައި އަބަދުވެސް ހިމަނާނީ އެންމެ ރަނގަޅަށް ތިބޭ އަދި އެންމެ ރަނގަޅަށް ކުޅެވޭނެ ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ އެކަން އަބަދު ވެސް އޭނާގެ ކުޅުންތެރިންނަށް ވިސްނައި ދެމުން އަންނަ ކަމަށެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން އުރުގުއޭގެ މިޑްފީލްޑަރު ރޮޑްރީގޯ ބީޓަންކް ބުނީ، ޕޯޗުގަލް މެޗަކީ ވަރަށް ޚާއްސަ މެޗެއްކަން އެނގޭ ކަމަށެވެ. އޭނާ ބުނީ މެޗުން މޮޅުވާން ޖެހޭކަން އެނގޭ ކަމަށާއި އެކަން ހާސިލް ކުރާނެ ކަމަށެވެ. އޭނާ ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިން އެކީ އެކެއްޗެއްގެ ގޮތުގައި މަސައްކަތް ކުރާނީ އެ މެޗުގެ ތިން ޕޮއިންޓު ހޯދުމަށް ކަމަށެވެ. އެގޮތުން ކޮރެއާ އަތުން ބަލިނުވެ ލިބުނު އެއް ޕޮއިންޓަކީ ވެސް މުހިންމު އެއްޗެއް ކަމަށެވެ. ނިންމާލަމުން އޭނާ ބުނީ އުރުގުއޭގެ ތާރީޚުގައި އެންމެ ނާކާމިޔާބު ޓީމަށް ވާން ބޭނުންނުވާ ކަމަށެވެ.

މުބާރާތުގައި އުރުގުއޭ އަދި ޕޯޗުގަލް ބައްދަލު ކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު