Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލެ ލީގު

ދެވަނަ ބުރުގައިވެސް ގްރީން ސްޓްރީޓަށް ވެލެންސިއާއަތުން ޕޮއިންޓެއް

25 ޖޫން 2017 | އާދީއްތަ 14:00

ފުރަތަމަ ބުރުގައިވެސް މިދެޓީމް އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 25 ޖޫން 2017 | އާދީއްތަ 14:00
ގްރީން ސްޓްރީޓް އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ގްރީން ސްޓްރީޓް އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން

އެސްޓީއޯ މާލެ ލީގުގެ ދެވަނަ ބުރުގައިވެސް ގްރީން ސްޓްރީޓަށް ވެލެންސިއާއަތުން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ވެލެންސިއާ އާއި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ފުރަތަމަ ރަނގަޅަށް ކުޅުނީ ވެލެންސިއާ އިންނެވެ. އެގޮތުން އެޓީމުން ވަނީ ބޯޅަ ހިފަހައްޓައި ހަމަލާއެއް އުފައްދަން މަސައްކަތް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅުގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 7 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ގޮޑްފްރޭ ވެސްޓެވެ. މިއީ ގްރީން ސްޓްރީޓްގެ އޭރިއާގެ ތެރެއިން ވެލެންސިއާގެ އަލީ ހަމްދާނަށް ގްރީން ސްޓްރީޓްގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި ލަނޑަށްފަހުވެސް އެޓީމަށް ވަނީ ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޕްރިންސް ފޮނުވާލި ބޯޅަ ގްރިންގެ ޑިފެންޑަރަކު ވަނީ ދިފާއުކޮށްފައެވެ.

މާގިނައިރުތަކެއް ނުވަނީސް ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ގްރީން ސްޓްރީޓުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 27 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔޫކްރެއިންގެ ކުޅުންތެރިޔާ ސޮބޮލް އިލިއާއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ވެލެންސިއާގެ ޑިފެންޑަރަކަށް ބޯޅަ ރަނގަޅަށް ސާފުކޮށް ނުލެވިގެން އުޅެނިކޮށް އޭނާއަށް ބޯޅަ ލިބުމުން ވަރަށް ހަމަޖެހިލައިގެން ހުރެ ގޯލުގެ ތެރެއަށް ބޯލަ ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓުގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އެގޮތުން އެޓީމުގެ ފަރާތުން ފެނިގެން ދިޔައީ އެހެން މެޗުތަކުގައި ފެންނަ ވަރަށްވުރެ ދަށް ކުޅުމެކެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ވެލެންސިއާއަށް ވަނީ ދެވަނަ ފަހަރަށް ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. އެޓީމަށް ލިބުނު ކޯނަރަކުން ވެސްޓް ބޮލުން ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓުގެ އިލިއާ ދިފާއުކުރީ ގޯލުގެ ރޮނގުމަތިންނެވެ. މި ބޯޅައަށްފަހު ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެޓީމް އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި ދެޓީމުންވެސް ވަނީ ލީޑު ނެގުމަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. އެގޮތުން ދެޓީމަށްވެސް ވަނީ ލީޑު ނެގުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމް އެއްވަރުވެގެންނެވެ.

މި ނަތީޖާއާއި އެކު ގްރީން ސްޓްރީޓުން އަދިވެސް އޮތީ ޕޮއިންޓް ތާވަލުގެ 3 ވަނަ މަގާމުގައެވެ. އެޓީމު ކުޅުނު 10 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. ވެލްނެސިއާވެސް 10 މެޗު ކުޅެފައި ވާއިރު އެޓީމަށް ލިބިފައިވަނީ އެންމެ 2 ޕޮއިންޓެވެ. ލީގުގައި އެޓީމަށް ބާކީ 4 މެޗު އޮތްއިރު އެޓީމުން ޖެހޭނީ އަންނަ އަހަރުގެ މާލެ ލީގުން ޖާގަ ހޯދުމަށް މާލެ ލީގު ޕްލޭއޮފްގައި ކުޅޭށެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
03 ފެބުރުއަރީ 2017

ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް

03 ފެބުރުއަރީ 2017
ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް