Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސޮވެރިން ޑިވެލޮޕްމެންޓް ފަންޑު

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ބާކީ ހުރީ 98 މިލިއަން ރުފިޔާ

އޮކްޓޯބަރު މަސް ނިމެން ގާތްވީއިރު ފަންޑުގައި ބާކީ 1 ބިލިއަން ރުފިޔާ ހުރި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 27 ނޮވެމްބަރު 2022 | އާދީއްތަ 00:41
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

މިހާރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ބާކީހުރީ 98.7 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ފާއިތުވި މަހު ބާކީ ހުރި މިންވަރާ އަޅާ ބަލާއިރު މިމަހުގެ މިހާތަނަށް ބާކީ ހުރި މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިދިޔަ މަސް ނިމެން ކައިރިވީއިރު 1 ބިލިއަން ރުފިޔާ މި ފަންޑުގައި ބާކީ ހުއްޓެވެ.

ނޮވެމްބަރު 10 ގެ ނިޔަލަށް މި ފަންޑުގައި ބާކީ ހުރި މިންވަރު ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ތަފާސްހިސާބުން ދައްކާގޮތުގައި އޭރު މި ފަންޑުގައި ބާކީ ހުރީ 80 މިލިއަން ރުފިޔާއެވެ. ނޮވެމްބަރު 17 ގައި އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި މި އަދަދު ވަނީ 98.7 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެ ހަފްތާ ތެރޭގައި މި ފަންޑަށް 720.4 މިލިއަން ރުފިޔާ ފަންޑަށް ފޮނުވާފައިވެއެވެ.

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ސައިޒަކީ 5.1 ބިލިއަން ރުފިޔާއެވެ. މި އަހަރު ފެށުނުއިރު އެ ފަންޑުގައި 1.2 ބިލިއަން ރުފިޔާ ބާކީ ހުއްޓެވެ.

އަހަރުގެ މިހާތަނަށް އައިއިރު މި ފަންޑުގައި ހުރި ފައިސާ މިހާ ބޮޑަށް މަދުވެފައިވަނީ އެކި އެކި ކަންކަމަށް އިންވެސްޓްކުރުމުންނެވެ. އެހެންނަމަވެސް މި ފަންޑުގެ މައިގަނޑު މަގުސަދަކީ ބޭރުގެ އެކި ތަންތަނުން ނަގާފައިވާ ލޯނުތައް ދެއްކުމަށް ސަރުކާރަށް ދަތިވާ ވަގުތުގައި މި ފަންޑުން ލޯނު ދެއްކުމެވެ.

ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރަށް މި ފަންޑުގައި 9.2 ބިލިއަން ރުފިޔާ ބެހެއްޓުމެވެ. މިއީ ދަރަނި އަދާކުރުމަށް ދިމާވެދާނެ ދައްޗަކަށް ބަލައެވެ.

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2022

ދިރާގު ޕޯސްޓްޕެއިޑާއި އަމިއްލަ މަންތުލީ ޕްލޭންތަކުގެ ބާކީވާ ޑޭޓާ އަނެއް މަހަށް

04 ސެޕްޓެމްބަރު 2022
ދިރާގު ޕޯސްޓްޕެއިޑާއި އަމިއްލަ މަންތުލީ ޕްލޭންތަކުގެ ބާކީވާ ޑޭޓާ އަނެއް މަހަށް
12 ޖޫން 2022

މިމަހުގެ ފުރަތަމަ 8 ދުވަހު ޑެއިލީ އެރައިވަލްސް ހުރީ 3،800 ގައި

12 ޖޫން 2022
މިމަހުގެ ފުރަތަމަ 8 ދުވަހު ޑެއިލީ އެރައިވަލްސް ހުރީ 3،800 ގައި
03 އެޕްރީލު 2022

ރޯދަމަހުގެ ދެވަނަ ދުވަސް: މާރުކޭޓުގެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި

03 އެޕްރީލު 2022
ރޯދަމަހުގެ ދެވަނަ ދުވަސް: މާރުކޭޓުގެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި
01 އެޕްރީލު 2021

މަސް ނިމުނުކަމުގައި ވިޔަސް ބާކީ ހުންނަ ޑޭޓާ ކަނޑާނުލާ އުސޫލަށް އުރީދޫއިން އަމަލުކުރަން ފަށަނީ؟

01 އެޕްރީލު 2021
މަސް ނިމުނުކަމުގައި ވިޔަސް ބާކީ ހުންނަ ޑޭޓާ ކަނޑާނުލާ އުސޫލަށް އުރީދޫއިން އަމަލުކުރަން ފަށަނީ؟
24 ފެބުރުއަރީ 2021

ފާއިތުވި އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 809 މިލިއަން ރުފިޔާ!

24 ފެބުރުއަރީ 2021
ފާއިތުވި އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 809 މިލިއަން ރުފިޔާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު