Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަލުތަކުގެ ޙާލަތު

ފަހުގެ ޤާނޫނުން ލިއްބައިދޭން ޖެހޭ ލުއި ނުލިބޭކަމަށް ބުނެ 241 ކޮމިޓީއަށް ގިނަ މައްސަލަތަކެއް ހުށައެޅިފައިވޭ

ކުރީގެ ޤާނޫނުތަކުން ބޮޑެތި އަދަބުތައް ލިބިފައިހުރި ގިނަ ބަަޔަކުވެސް ތިބި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ނޮވެމްބަރު 2022 | ހޮނިހިރު 11:35
241 ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

241 ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

ފަހުގެ ޤާނޫނުން ލިއްބައިދޭން ޖެހޭ ލުއި ނުލިބޭކަމަށް ބުނެ 241 ކޮމިޓީއަށް ގިނަ މައްސަލަތަކެއް ހުށައަޅާފައިވާކަމަށް އެ ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި މުޤައްރިރު ވިދާޅުވީ، ޖަލުތައް އިސްލާޙު ކުރުމުގެ މަސައްކަތް ފެށީ 2019 ވަނަ އަހަރު ނެރުނު ޖަލު އޮޑިޓް ރިޕޯޓާއި ގުޅިގެން ކަމަށެވެ. އެގޮތުން އެ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒު ކުރެވިފައިވާ މިންވަރު ކޮމިޓީން ވަނީ ބަލާފައެވެ.

Advertisement - newsAdvertisement

ކޮމިޓީން ވަނީ މާލޭ ސަރަޙައްދުގައި ހުރި ހުރިހާ ޑިޓެންޝަން ސެންޓަރުތަކާއި ޖަލުތަކަށް ޒިޔާރަތް ކޮށްފައެވެ. ހަމައެއާއެކު އައްޑޫއާއި ކުޅުދުއްފުށީގައި މީހުން ބަންދު ކުރުމަށް ޤާއިމު ކުރެވިފައިވާ ތަންތަނަށްވެސް ކޮމިޓީން ވަނީ ޒިޔާރަތް ކޮށްފައެވެ.

މުޤައްރިރު ވިދާޅުވީ، ޖަލަށް ކުރި ޒިޔާރަތްތަކުގެ ތެރެއިން އޭރު ފާހަގަވި އެއް ކަމަކީ ގިނަ ދުވަސް ވަންދެން މައްސަލަ ނުނިމި، އަދި ކުރީގެ ޤާނޫނުތަކުން ބޮޑެތި އަދަބުތައް ލިބިފައިހުރި ގިނަ ބަަޔަކުވެސް ތިބިކަން ކަމަށެވެ.

އޭގެ ފަހުން އައި ޤާނޫނުތަކުން ލިއްބައިދޭންޖެހޭ ލުއި ނުލިބުމުގެ ސަބަބުންވެސް ވަރަށް ގިނަ ޝަކުވާތައް ހުށައެޅިގެން ދިޔަކަން މުޤައްރިރު ފާހަގަ ކުރެއްވިއެވެ.

އެކަންކަން ޙައްލުކޮށް، އެކަމާއި ގުޅޭ ފައިނަލް ރިޕޯޓެއް އެކުލަވާލުމަށް ކޮމިޓީން މިހާރު ވަނީ އެ މަސައްކަތަށް ޚާއްސަ ސަބް ކޮމިޓީއެއް އެކުލަވާލާފައެވެ. އެގޮތުން ސަބް ކޮމިޓީން ވަނީ އެކި އިދާރާތަކުން އެކަމާ ގުޅިގެން ހޯދަންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތަށް އަދި ނުލިބިވާ ބައެއް މައުލޫމާތުވެސް އެބަހުރިކަމަށް މުޤައްރިރު ވިދާޅުވިއެވެ.

މުޤައްރިރު ވިދާޅުވީ، ފަހުން އަންނަ ޤާނޫނުން ލިބިދޭންޖެހޭ ލުއި ނުލިބިފައިވާކަމަށް ބުނާ މީހުންގެ ލިސްޓެއް ކޮމިޓީއަށް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އެެމީހުންގެ ތަފްސީލާއި އެމީހުންނަށް ދައުވާ އުފުލިފައިވަނީ ކޮން ޤާނޫނަކުންތޯއާއި، ލުއި ލިބިދޭން ޖެހެނީ ކޮން ޤާނޫނެއްގެ ދަށުންކަން އެ ލިސްޓުން ސާފު ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޓީން މިހާރު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް މެދުވެރިކޮށް އެ މައުލޫމާތުތައް ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެއީ ގިނަ ވަގުތު ނަގާނެ މަސައްކަތެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މުޤައްރިރު އިތުރަށް ވިދާޅުވީ، ޖަލުތަކުގެ ޙާލަތާއި ގުޅޭ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުޙަލާގައި ކަމަށެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓެއް ހެދުމަކީ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ އޯޑިޓް ހެދުމުގެ މައިގަނޑު ބޭނުމަކީ، ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި އިޞްލާޙު ކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުމެވެ. އަދި އެ ރިޕޯޓަށް ރިޢާޔަތްކޮށް ޖަލުތަކުގެ ކަންކަން އިޞްލާހު ކޮށް ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމާއިއެކު ގައިދީންގެ އިންސާނީ ޙައްޤުތައް ލިބިދެވޭކަން ކަށަވަރު ކޮށްދިނުމެވެ.

އެގޮތުގެ މަތިން 2019 ވަނަ އަހަރުގެ މޭ މަހުގެ 28 ވަަނަ ދުވަހު ނެރުނު 290 ސަފްހާގެ މައްޗަށް އެކުލެވޭ ޖަލު އޮޑިޓް ކޮމިޝަންގެ ރިޕޯޓުގައި ޖަލުތަކުގައި ހުރި މައްސަލަތަކާއި، ހޯދުނު ހޯދުންތައް ތަފްޞީލްކޮށް ވަނީ ބަޔާންކޮށްފައެވެ.

ރާއްޖޭގެ ޖަލުތައް ފުރި، ޖަލުތަކަށް އެކަށީގެންވާ ވަރަށް ވުރެ ގިނައިން ޤައިދީން ބޭތިއްބުމުގެ މައްސަލަތައް ފެންމަތިވެފައިވާއިރު، ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުން ޖަލުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ

ޖަލުތަކުގައި ޤައިދީންނަށް ބޮޑެތި މައްސަލަތައް ހުރިކަމާއި، އެގޮތުން ޖަލުތަކުން މީހުން މިނިވަންވެގެން ދިއުމާއި ޖަލުތަކަށް ދެވޭ ޚިދުމަތުގައި ތަފާތުކުރުން ގެންގުޅޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން ޕެރޯލް އަދި ކްލެމެންސީ ދިނުމުގައި ތަފާތުކުރުންތައް ގެންގުޅޭކަމަށް ގިނަ ބަޔަކު ތުހުމަތުކުރާއިރު، ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި ޤައިދީން އަނބުރާ މުޖުތަމައަށް ނެރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު