Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

އީރާނަށް ފުރަތަމަ މޮޅު، މުބާރާތުގެ ފުރަތަމަ ރަތް ކާޑު ވޭލްސްއަށް

އީރާނު މޮޅުވީ 2-0ން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2022 | ހުކުރު 12:33
އިރާން އަދި ވޭލްސް ބައްދަލު ކުރި މެޗުގެ ތެރެއިން

އިރާން އަދި ވޭލްސް ބައްދަލު ކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި އީރާނުން އެގައުމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

އަހްމަދު މިން އަލީ ސްޓޭޑިއަމްގައި ވޭލްސް އާއި ވާދަކުރި މެޗު އީރާނުން ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައި ދެލަނޑު ޖަހައިގެންނެވެ. މުޅި މެޗުގައިވެސް ގިނަ ހަމަލާތަކެއް އުފެއްދި އީރާނަށް ލިބުނު އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މެޗުގެ 86 ވަނަ މިނެޓުގައި ވޭލްސްގެ ކީޕަރަށް ރަތް ކާޑު ދެއްކުމެވެ.

ޗޭލްސްގެ ކީޕަރު ވޭން ހެނެސީއަށް ރަތް ކާޑު ދެއްކީ އޭރިއާ ބޭރުން އީރާނުގެ މެހްދީ ތަމޭރީއަށް ކުރި ފައުލަކާއި ގުޅިގެންނެވެ. ހެނެސީއަށް ރަތް ކާޑު ދެއްކީ ރީންދޫ ކާޑެއް ދެއްކުމަށްފަހު ވީއޭއާރު ބަލާފައެވެ.

މިއާއެކު އީރާނުން ވަނީ 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ވޭލްސްގެ ޑިފެންސް ލައިނަށް ބާރު ބޮޑުކޮށް ފުލުފުލުގައި ހަމަލާތައް ފޮނުވާލާފައެވެ. އިތުރު ވަގުތުގެ ނުވަ ވަނަ މިނެޓުގައި އީރާނަށް ލީޑު ނަގައިދިނީ ރޫޒްބޭހް ޗެޝްމީއެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި މި ލަނޑަކީ މިފަހަރުގެ މުބާރާތުގައި ޕެނަލްޓީ އޭރިއާގެ ބޭރުން ޖެހި ފުރަތަމަ ލަނޑެވެ. ކައުންޓަ އެޓޭކެއްގައި ލިބުނު ފުރުސަތަކުން އީރާނަށް ލީޑު ފުޅާކޮށްދިނީ ރަމިން ރެޒެއާންއެވެ.

މި މެޗަކީ ވޭލްސްގެ ކެޕްޓަން ގަރެތު ބޭލްއަށް ވަރަށް ޚާއްސަ މެޗެކެވެ. މި މެޗާއެކު އޭނާ ވެފައިވަނީ ވޭލްސް ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ ވޭލްސް ޓީމަށް 109 މެޗު ކުޅެދިން ކްރިސް ގަންތާ އަތުގައެވެ. މި މެޗާއެކު ވޭލްސް ޓީމަށް ބޭލް ކުލެދިން މެޗުގެ އަދަދު ވަނީ 110ށް އަރާފައެވެ.

މި ނަތީޖާއާއެކު އީރާނުން ވަނީ ތިން ޕޮއިންޓާއެކު ގްރޫޕް ބީގެ ދެވަނަ މަގާމަށް ޖެހިލާފައެވެ. އެއްވަނާގައި އޮތީ ފުރަތަމަ މެޗުން އީރާނު ބަލިކުރި އިންގްލޭންޑެވެ. މެޗުން ބަލިވި ވޭލްސްއަށް ލިބެނީ އެންމެ ޕޮއިންޓެކެވެ. ތާވަލުގެ ފުލުގައި ވޭލްސް އޮތީ އެމެރިކާއާއި ކުޅުނު މެޗު އެއްވަރުވުމުން ލިބުނު އެއް ޕޮއިންޓާއެކުއެވެ. އެހެންކަމުން މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ވޭލްސްއަށް ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު