Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ އިންތިޚާބު 2018

ނަތީޖާ ވަރަށް ސާފު، ދެން މިއީ ކޮން ސަކަރާތެއް!

ނަތީޖާ ގަބޫލުކުރުމަށް ފަހު މައްސަލަ ކޯޓަށް ހުށަހެޅުމުން އެތައް ސުވާލެއް އުފެދޭ

| 14 އޮކްޓޯބަރު 2018 | އާދީއްތަ 14:40
ސުޕްރީމް ކޯޓް ކައިރީ ރައްޔިތުން އަޑު އުފުލަމުން ދިޔައިރު، އެ ސަރަހައްދުގެ އަނބު ގަހަކަށް ޒުވާނަކުގައި އަރައި ޝުއޫރު ފާޅުކުރަނީ

ސުޕްރީމް ކޯޓް ކައިރީ ރައްޔިތުން އަޑު އުފުލަމުން ދިޔައިރު، އެ ސަރަހައްދުގެ އަނބު ގަހަކަށް ޒުވާނަކުގައި އަރައި ޝުއޫރު ފާޅުކުރަނީ

އިންތިޚާބުގެ ކުރިން ރައީސް އަބްދުﷲ ޔާމީންނާއި އެ މަނިކުފާނުގެ ސަޕޯޓަރުން ވެސް ޔަގީންކަން އޮތީ "ކޮންެ ގޮތަކުން ނަމަވެސް" ވެރިކަމުގައި ހުންނެވޭނެ ކަމަށެވެ. ވެރިކަމަށް ވަޑައިގަތުމަށް ފަހު، ގާނޫނުތަކާއި އުސޫލުތައް ބޭނުންވާ ގޮތަކަށް ކަންފަތިކޮށް، "އަޅުވެތިކޮށްގެން" ގެންގުޅެވުމުން، ރައީސް ޔާމީނަށް ތާއިދު ކުރައްވާ އިސް ފަރާތްތަކަށް ހީފުޅުވީ ކޮންމެ ގޮތަކުން ވެސް ވެރިކަމުގައި ހުންނެވޭނެ ކަމަށެވެ.

އެ ބޭފުޅުންނަށް އިންތިޚާބުގެ ނަތީޖާ މުހިންމެއް ނޫނެވެ. ނަމަވެސް ނަތީޖާ އެ ބޭފުޅުން ހީކުރި ގޮތާ ހިލާފަށެވެ. އެ ރޭވުންތަކުގެ މައްޗަށް ތަގުދީރު ރޭވުން މާވަރުގަދަ އެވެ. ގަޓް ހުރި ރައީސް ބަލިވީ ކުޑަ ގޮތަކަށް ނޫންވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ދައްކާ ގޮތުން ރައީސް ޔާމީނަށް ލިބިވަޑައިގަތީ 41.6 ޕަސެންޓް ވޯޓެވެ. އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 58.4 ޕަސެންޓް ވޯޓެވެ. މިއީ އާ ގާނޫނު އަސާސީއަށް ފަހު ބޭއްވި ރިޔާސީ އިންތިޚާބެއްގައި ކެންޑިޑޭޓަކަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އަޣުލަބިއްޔަތެވެ.

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ރައީސް ޔާމީނަށް ގެއްލުމުން އަސްކަރިއްޔާ މެދުވެރިކޮށް އެތަން ހިސޯރުކޮށްފައިވާއިރު އަދި ރައީސް ޔާމީން ގަބޫލުފުޅު ނުކުރެއްވި ހުކުމެއް ނެރުމުން ސުޕްރީމް ކޯޓުގެ ފުރާޅު ނަގައި، ފަނޑިޔާރުން ހައްޔަރުކޮށްފައިވާ ރައީސަކު ރައްޔިތުންގެ ވޯޓުން ބަލިވުމުން އެކަން ގަބޫލުނުކުރާނެ ކަމަށް ކުރިން ހީވެފައި އޮތެވެ. ނަމަވެސް އެ ހީކުރުމާ ހިލާފަށް އެ މަނިކުފާނު ރައްޔިތުންގެ ނިންމު ގަބޫލުކުރައްވާ ކަމަށް އިއުލާނު ކުރެއްވެވި އެވެ.

މިއަދުގެ އަޑުއެހުމަށް މީހުން ސުޕްރީމް ކޯޓަށް ވަންނަނީ

ދައުލަތުގެ ހިންގުން ހަރާބުކޮށްލައި، ގާނޫނު އަސާސީގެ އިއްފަތް ދުއްވާލައި، ހައްތައް މުގުރާލައި، މިނިވަންކަން ކަންފަތިކޮށްލުމަށް ފަހު، އަޅަމުންދިޔަ ކޮންކްރީޓަކީ ތަރައްގީ ކަމަށް މި ސަރުކާރުން ދައްކަމުން ދިޔަ އެވެ. އެ ހުރިހާ ކަމެއް ކުރަމުން ގެންދިޔައީ އިހްލާސްތެރިކަމާއެކުގައި ކަމަށް އަމިއްލަފުޅަށް ގަބޫލު ކުރެއްވި ނަމަވެސް ރައްޔިތުން ގަބޫލެއް ނުކުރި އެވެ.

"ދިވެހި ރައްޔިތުން، އެމީހުންގެ ގޮތް ބުނެދީފިއޭ. އެ ނަތީޖާ އަޅުގަނޑު ގަބޫލުކޮށްފީމު. އަދި މިއަދު ކުޑައިރުކޮޅެއް ކުރިން، ދެން ރައީސުލްޖުމްހޫރިއްޔާ ކަމަށް މިހާރު ދިވެހިން އިންތިޚާބު ކޮށްފައި އެ ހުންނެވި އިބްރާހީމް މުޙައްމަދު ޞާލިޙަށް އަޅުގަނޑު މަރްޙަބާވެސް ދަންނަވައިފިން. އަޅުގަނޑު ބައްދަލުވެސްކޮށްފިން،" ބަލި ގަބޫލުރެއްވުމަށް ފަހު، ސެޕްޓެމްބަރު 24، 2018 ވަނަ ދުވަހު ގައުމާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

އެޚިތޯބުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަށާއި ހަރުކަށިކަން އިސް ނުކުރައްވައި، ގެންގުޅުވި މަޑުމަތިރިކަން ބައެއް މީހުން ފާހަގަ ކުރެއްވެވި އެވެ. އަދި އެއީ ރައީސަކު ހުންނަވަންޖެހޭ ގޮތް ކަމަށާއި ވާހަކަ ދައްކަވަންޖެހޭ ގޮތް ކަމަށް ބައެއް ބޭފުޅުން ވިދާޅުވި އެވެ.

އަސްލު ސޫރަ ފެނުމަށް ގިނަ ވަގުތެއް ނުނެގި އެވެ. ބަލި ގަބޫލުކުރެއްވިތާ 24 ގަޑިއިރު ނުވަނީ އިންތިޚާބުގެ ނަތީޖާއާމެދު ޝައްކު އުފައްދަވައި، މުޒާހަރާއަށް ނުކުމެވަޑައިގެންނެވި އެވެ. އެ މަނިކުފާނު އައްޔަން ކުރެއްވި އިލެކްޝަންސް ކޮމިޝަނެއް އޮތްއިރު ވެސް، އެ ކޮމިޝަނަށް އިންތިޙާއަށް މުލިއާގެއިން އެކި ކަހަލަ ނުފޫޒު ފޯރުވަމުން ގެންދެވި ކަަމަށް ތުހްމަތު ކުރެވި އެ ވާހަކަ ދައްކަމުން ދިޔަ އެވެ. ނަމަވެސް އެ ހުރިހާ ކަމެއް އެނގިވަޑައިގެން ރައީސް އަބްދުﷲ ޔާމީން އެ ގެންދަވަނީ "ސަކަރާތް" ޖައްސަވަމުންނެވެ.

ހަގީގަތުގައި ވެސް ނަތީޖާ ވަރަށް ސާފެވެ. މުޅި ދުނިޔެ މިވަނީ މި ނަތީޖާ ބަލައިގެންފަ އެވެ. އޮބްޒާވްކުރި ފަރާތްތަކުން ބުނެފައިވަނީ މައްސަލައެއް ނެތް ކަމަށެވެ. ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބުނެފައިވަނީ އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާވަރުގެ މައްސަލައެއް ނެތް ކަމަށެވެ.

މިހާ ސާފުކޮށް އެނގެން އޮތް ކަމެއްގައި، ރައީސް ޔާމީން އިސްވެ މި ކުރައްވާ ކަންކަމުން ނުކުންނާނެ ނަތީޖާ ރަނގަޅެއް ނުވާނެ އެވެ. ރައްޔިތުން ތިބީ ހަދާނެ ގޮތެއް ބަލާށެވެ. ދުނިޔެ އޮތީ ފޯރިއަށެވެ. ރައްޔިތުންގެ ނިންމުމާ ކުޅެލައިފި ކޮންމެ މީހަކަށް ވަކިވަކިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، އެންމެ ބޮޑު ބާރުން މިވަނީ ދީފަ އެވެ.

އިންތިޚާބު ފަސްކުރަން ހުށަހެޅީ ވޯޓުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ މައްސަލަތަކެއް ހުރުމަށް ވުރެ، ބޮޑަށް އެހެން ނަތީޖާތަކެއް ނެރުމަށް ކަމަށް ބެލުމުގެ ޖާގަ ވެސް އެބަ އޮތެވެ. މިގޮތަށް އެންމެ ބޮޑަށް ގަބޫލުކުރަން ބާރު ލިބެނީ، ވޯޓްގެ ނަތީޖާ ގަބޫލުކުރުމަށް ފަހު ބަހަނާ ދައްކަވާފައިވާތީ އެވެ. ހުށަހެޅި މައްސަލައިގައި ވެސް އާރެއް ނެތް ކަމަށް ވަކީލުން ވިދާޅުވެ އެވެ. ހެއްކެތް ނެތެވެ. އެއީ ހިޔާލީ ވާހަކަތަކެއް ކަމަށް ވަކީލުން ބުނާއިރު، މައްސަލަ ހުށަހެޅީ އެހެން މަގުސަދެއްގައި ކަމަށް ގަބޫލުކުރަން ޖާގަ ނުލިބޭތޯ އެވެ؟

ހިޔާނާތާއި ބޮޑެތި ޖަރީމާތައް ދައުލަތުގެ ވެރިން ހިންގާފައިވާކަމަށް ތުހްމަތުކުރެވޭއިރު، އަދި ޝަރުއީ ނިޒާމު ހަރާބުވެފައިވާ ކަމަށް އެތައް ބަޔަކު ބުނަމުންދާއިރު، އާ ސަރުކާރުން އެ މައްސަލަތައް ބަލަން ފަށައިފި ނަމަ ނުކުމުދާނެ ނަތީޖާއަކީ ވެސް މިފަހަރު އިންތިޚާބާ ގުޅުން ހުރި ކަމެކެވެ. އެކަން އެންމެނަށް ވެސް ވިސްނެ އެވެ. ނަމަވެސް، ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރައްޔިތުންގެ ވޯޓާ ނުހައްގުން ކުޅެލުމަކީ، މުޅި ގައުމަށާއި ދިވެހި ރައްޔިތުންނަށް ހެވެއް ލިބޭނެ ކަމެއް ނޫނެވެ. ވިސްނާށެވެ. އެންމެން ވިސްނާށެވެ. ނޫން ނަމަ މިނިވަންކަމެއް، ހަމަޖެހުމެއް ލިބޭނެތޯ އެވެ.

ރައްޔިތުންގެ ނިންމުން ގަބޫލުކުރަން ދަތި މީހުންގެ އެ އުޅެނީ އެހެން މައްސަލައެކެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
11 މާރިޗު 2017

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!
07 މާރިޗު 2017

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!
01 މާރިޗު 2017

ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ

01 މާރިޗު 2017
ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ
26 ފެބުރުއަރީ 2017

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.
03 ފެބުރުއަރީ 2017

ފެބުރުއަރީ 7 - ބަޣާވަތްކުރި މީހުން މިއަދު ތިބީ ކޮންހާލެއްގަ؟

03 ފެބުރުއަރީ 2017
ފެބުރުއަރީ 7 - ބަޣާވަތްކުރި މީހުން މިއަދު ތިބީ ކޮންހާލެއްގަ؟
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
20 ޖެނުއަރީ 2017

ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން

20 ޖެނުއަރީ 2017
ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން
10 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!

10 ޖެނުއަރީ 2017
މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!
07 ޖެނުއަރީ 2017

އަމްޖޭ އަކީ އެވޯޑު ލިބުމުގައި ވަރަށް ބަދު ނަސީބު މީހެއް

07 ޖެނުއަރީ 2017
އަމްޖޭ އަކީ އެވޯޑު ލިބުމުގައި ވަރަށް ބަދު ނަސީބު މީހެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު