Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސް ބޮޑުކުރުން

ޓެކްސް ބޮޑު ކުރި ނަމަވެސް ބުކިންތައް ކެންސަލްވާނެ ކަމަށް ގަބޫލުނުކުރެވޭ: ޓީމް

25 ނޮވެމްބަރު 2022 | ހުކުރު 08:01

ސަރވިސް ޗާޖުން 2000 ރުފިޔާ މަދުވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 ނޮވެމްބަރު 2022 | ހުކުރު 08:01
ރާއްޖޭގެ ރަށަކަށް ޒިޔާރަތްކުރި ފަތުރުވެރިން

ރާއްޖޭގެ ރަށަކަށް ޒިޔާރަތްކުރި ފަތުރުވެރިން

ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ބޮޑު ކުރި ނަމަވެސް މިހާރު ހައްދާފައިވާ ބުކިންތައް ކެންސަލްވާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޖަމިއްޔާ، ޓީމުން ބުނެފިއެވެ.

ޓުއަރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން މިހެން ބުނެފައިވަނީ ޓެކްސް ބޮޑު ކުރުމުގެ ސަބަބުން އަންނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ އާމްދަނީ ދަށްވާނެ ކަމަށް ބުނެ، އެ ދާއިރާގެ ޖަމިއްޔާއެއް ކަމަށްވާ މަޓާޓޯއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނާ ގުޅިގެންނެވެ. އެ ބަޔާނުގައި މަޓާޓޯއިން ބުނެފައިވާގޮތުގައި ޓެކްސް ބޮޑުކުރުމުގެ ސަބަބުން އަންނަ އަހަރު ބުކިންތައް ކެންސަލްވުން އިތުރުވެ، ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނުގެ އޮޕަރޭޝަނަށް ބޮޑު އަސަރެއް ކުރާނެއެވެ. އެގޮތުން، ފުރަތަމަ ކުއާޓަރުގައި އެކަނިވެސް 50 މިލިއަން ޑޯލަރުގެ ގެއްލުމެއް އެ ދާއިރާއަށް ވާނެ ކަމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މި ބަޔާނާ ގުޅިގެން ޓީމުން ނެރުނު ބަޔާނުގައި ބުނީ އެ ޖަމިއްޔާގެ ޚިޔާލު އެކަމުގައި ތަފާތު ކަމަށެވެ. އެގޮތުން، ފަތުރުވެރިންގެ އަތުން ނަގާ ޓެކްސްގެ މިންވަރަށް ބަދަލު ގެނައުމާ ގުޅިގެން ރާއްޖެ އައުމަށް މިހާރު ހައްދާފައިވާ ބުކިންތައް ކެންސަލް ވާނެ ކަމަށް ބުނާ ބުނުން ގަބޫލު ނުކުރެވޭ ކަމަށާއި އޭގެ ސަބަބުން ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސަރވިސް ޗާޖުގެ 2000 ރުފިޔާ ކުޑަވާނެ ކަމަށް ބުނެފައިވާ ބުނުން ވެސް ގަބޫލު ނުކުރެވޭ ކަމަށެވެ.

މަޓާޓޯއިން ބުނެފައިވާ ގޮތުގައި ޓެކްސް ބޮޑުކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ތެރޭގައި ކޮންމެ މުވައްޒަފެއްގެ ސަރވިސް ޗާޖުން 2000 ރުފިޔާ މަދުވާނެއެވެ. ނަމަވެސް އެކަން އެގޮތަށް ނުވާނީ މީގެ ކުރިންވެސް ޓެކްސް ބޮޑުކުރިއިރު ބުކިންތަކަށް ބަދަލު އައިސްފައި ނުވާތީ ކަމަށް ޓީމުން ބުނެފައިވެއެވެ.

ޓީމުން ބުނީ ފަތުރުވެރިންގެ ބުކިންއަށް ޓެކްސްގެ ސަބަބުން އަސަރު ނުކުރި ނަމަވެސް ޓުއަރ އެޖެންޓުންނާއި ޓޫރިސްޓް އޮޕަރޭޓަރުންގެ ފައިދާއަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މި އަސަރުތައް ކުޑަކުރުުމަށް މަޝްވަރާތަކުގެ އިތުރުން ބަދަލު ތަންފީޒު ކުރުމުގެ ކުރިން އެކަށީގެންވާ މުއްދަތެއް ދިން ނަމަ ވަކިން ރަނގަޅުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. ޓެކްސް ބޮޑު ކުރުމުގެ ކުރިން ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް މަޝްވަރާތައް ކުރިއެވެ.

ޓީމުން ބުނެފައިވާ ގޮތުގައި އެ ޖަމިއްޔާއިން ޓެކްސް ބޮޑުކުރުމަށް ތާއީދު ކުރަނީ ދައުލަތުގެ އާމްދަނީ އިތުރުކޮށް، އިގްތިސާދީ ހާލަތު ރަނގަޅުކޮށް، މުވައްޒަފުންގެ މުސާރަ އިތުރުކޮށް، ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ގާއިމުކުރުމަށް ވިޔަފާރިތަކުން ޓެކްސް އިތުރު ކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ދެކޭތީއެވެ. އަދި ފަތުރުވެރިންގެ އަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިތުރުކުރުމާއި ބީޕީޓީ އާއި އިންކަމް ޓެކްސް ޕްރޮގްރެސިވްކޮށް ކޮންމެހެން އިތުރު ކުރުމަކީ މުޅި ޤައުމުގެ އިގްތިސާދު ކުރިއަށް ގެންދިއުމަށް މުހިންމު ކަމެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ޓެކްސް ބޮޑު ކުރުމުން އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނަންވާނެ ކަމަށް ގަބޫލުކުރާކަން ފާހަގަކޮށް ސަރުކާރުގެ އެ ސިޔާސަތަށް ޓީމުން ވަނީ މަރުހަބާ ކިޔައިފައެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް މި އަހަރުގެ ނޮވެންބަރު 16ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 39 ވަނަ ޖަލްސާއިން ފާސްކުރި ބިލް ނޮވެމްބަރު 22ގައި ރައީސް ވަނީ ތަސްދީގު ކުރައްވާފައެވެ. މިއާއެކު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓެކުހުގެ އަދަދުތަކަށް ބަދަލު އަންނާނެ އެވެ. ޤާނޫނަށް ގެނައި މި އިސްލާހުގައި ވާގޮތުން ޖީއެސްޓީ 6 އިންސައްތައިން އަށް އިންސައްތައަށް އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑުވާނެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް