Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިޔަފާރިކުރުމަށް ހުއްދަ ދިނުން

ހުޅުމާލޭގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާއިން ވިޔަފާރިކުރުމަށް ހުއްދަ ދިނުމަށް އެޗްޑީސީން ނިންމައިފި

24 ނޮވެމްބަރު 2022 | ބުރާސްފަތި 10:46

ހުއްދަ ދޫކުރުމަށް ނިންމާފައިވަނީ އަމިއްލަ ފަރާތްތަކުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާތަކުގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ނޮވެމްބަރު 2022 | ބުރާސްފަތި 10:46
ހުޅުމާލޭ

ހުޅުމާލޭ

ހުޅުމާލޭގައި ވިޔަފާރިތައް ކުރިއެރުވުމުގެގޮތުން، އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާއިން ވިޔަފާރިކުރުމަށް ހުއްދަ ދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ ހުއްދަ ދޫކުރުމަށް ނިންމާފައިވަނީ އަމިއްލަ ފަރާތްތަކުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާތަކުގައި ކަމަށެވެ. އެގޮތުން، ފިހާރަތަކާއި ރެސްޓޯރެންޓް އަދި އެހެނިހެން ޚިދުމަތްދޭ ވިޔަފާރި ފުރަތަމަ ފަންގިފިލާގައި ކުރެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

އެޗްޑީސީން ބުނީ، ހުޅުމާލޭގެ އިމާރާތްތަކުގެ ތިރީބަޔާއި ފުރަތަމަ ފަންގިފިލާގައި އިންޑަސްޓްރިއަލް އެއްވެސް ބޭނުމަކަށް ބޭނުން ކުރުމަކީ މަނާކަމެއް ކަމަށާއި، ގަރާޖު އަދި ގުދަންކުރުމަށް ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށެވެ.

ހުޅުމާލޭގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާ ކޮމަރޝަލް ބޭނުންތަކަށް ދޫކުރަން އެ ކޯޕަރޭޝަނުން ނިންމީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެދުމުންނެވެ. މިނިސްޓްރީން އެގޮތަށް ނިންމީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ކުރިއެރުމުގެގޮތުންނާއި ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ދިނުމަށް މަގުފަހިކޮށްދިނުމަށް ކަމަށް ވެސް ވަނީ ބުނެފައެވެ.

އިކޮނޮމިކް މިނިސްޓްރީން، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއްކޮށް، ވިޔަފާރި ކުރިއެރުމަށް ފަސޭހަކަމާއެކު ލޯނު ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ފުރަތަމަ ފަންގިފިލާގައި ވިޔަފާކުރުމަށް ހުއްދަ ދިނުމުން ހުޅުމާލޭގައި ތަފާތު ގިނަ ވިޔަފާރި އިތުރުވެ، ރައްޔިތުންނަށް ބޭނުންވާ ގިނަގުނަ ޚިދުމަތްތަކެއް ލިބިގެންދާނެކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ. މިކަމުގެ ސަބަބުން އާންމުންނަށް ލުއިފަސޭހަވުމުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރައި ދިއުމަށްވެސް މަގުފަހިވެގެންދާނެއެވެ.

ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތަށް އެ ކޯޕަރޭޝަނުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ ކަމަށް ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 މެއި 2017

ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން

09 މެއި 2017
ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން
24 އެޕްރީލު 2017

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު

24 އެޕްރީލު 2017
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު
15 އެޕްރީލު 2017

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

15 އެޕްރީލު 2017
އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި
07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް