Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްޑީސީ

ހުޅުމާލޭގައި ގެސްޓްހައުސްތަކަށް ޚާއްސަ ބީޗެއް ކަނޑައަޅަނީ

ޕްރައިވެޓް ބީޗު ތަރައްގީ ކުރަނީ ވޯޓާ ތީމްޕާކާއި ޖެހިގެން އޮތް ބީޗު ސަރަހައްދުގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 ނޮވެމްބަރު 2022 | ބުދަ 13:17
ހުޅުމާލެ ބީޗް

ހުޅުމާލެ ބީޗް

ހުޅުމާލޭގެ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ޕްރައިވެޓް ބީޗެއް ކަނޑައަޅަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ މިއީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިސްނެންގެވުމުގެ މަތިން ކުރަން ނިންމާފައިވާ މަސައްކަތެއް ކަމަށެވެ. އެގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ޕްރައިވެޓް ބީޗެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ނިންމާފައިވާ ގޮތުގައި ފަތުރުވެރިންނަށް ހާއްސަ ބީޗު ތަރައްގީ ކުރާނީ ހުޅުމާލޭގައި ހަދަމުންދާ ވޯޓާ ތީމްޕާކާއި ޖެހިގެން އޮތް ބީޗު ސަރަހައްދެވެ.

އެޗްޑީސީން ބުނީ މިއީ މިނިސްޓަރ ފައްޔާޒްގެ އެދިލެއްވުމުގެ މަތިން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރިއެރުވުމަށް ނިންމި ނިންމުމެއް ކަމަށެވެ. އެގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާރު ގެސްޓްހައުސް ވިޔަފާރިއަކީ ވަރަށް ބޮޑު ހިއްސާއެއް އޮންނަ ވިޔަފާރިއެއްކަމުން، މި ފަދަ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި މުހިންމުކަމަކަށް ވުމުން، އެފަދަ ސަރަހައްދެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމުގައި ދެކޭ ކަމަށް އެޗްޑީސީން ބުންޏެވެ.

ސަރުކާރުންދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގައި ފަތުރުވެރިންނަށް ހާއްސަ ޕްރައިވެޓް ބީޗެއް ނެތުމަކީ އެތަނުގައި ގެސްޓްހައުސް ހިންގާ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އަދި ވަކި ސަރަހައްދެއް ކަނޑައަޅައިދިނުމަށް ގެސްޓްހައުސްތަކުން އެދެމުން އަންނަތާ އަހަރުތަކެއް ވެސް ވެދާނެއެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު