Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝައްފާންގެ މަރު:

ޝައްފާންގެ މަރު: ކުށް ސާބިތުވި 4 މީހެއްގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ފަށައިފި

23 ނޮވެމްބަރު 2022 | ބުދަ 09:57

މި މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާނުލައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ނޮވެމްބަރު 2022 | ބުދަ 09:57
ހައި ކޯޓު

ހައި ކޯޓު

މާލޭގައި 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އުމުރުން 14 އަހަރުގެ އިސްމާއިލް ޝައްފާން ޝަރީފް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުށް ސާބިތުވި 4 މީހެއްގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ފަށައިފިއެވެ.

ހައިކޯޓުގައި މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ފަށާފައިވަނީ ބުދަ ދުވަހުއެވެ. ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) އާ ހަވާލާދީ މި މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާނުލައެވެ.

Advertisement - newsAdvertisement

ހައިކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ބުދަ ދުވަހު އޮތް އަޑު އެހުމުގައި މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައިވާ ކަމަށެވެ.

އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ނުކުތާތަކަށް ރައްދު ދިނުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހައިކޯޓުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގެ ބުދަ ދުވަހުގެ އަޑު އެހުމުގައި ފަނޑިޔާރުން ވަނީ މައްސަލައާ ގުޅޭ ގޮތުން ޚަސްމުންނާ ސުވާލު ކުރައްވައި، އަދި މައްސަލައާ ގުޅޭ ބައެއް މައުލޫމާތާއި ލިޔެކިޔުން ހޯދުމަށް އެދިވަޑައިގެންފައެވެ.

ބުދަ ދުވަހުގެ ޝަރީއަތް ނިންމަވާލެއްވީ، ދަށު ކޯޓުން މައުލޫމާތު ސާފު ކުރަންޖެހޭ ކަމެއް އޮތް ކަމަށާއި، އަދި އެ މައުލޫމާތު ލިބުމުން އިތުރު އަޑު އެހުމެއް ބާއްވަން ޖެހިއްޖެ ނަމަ އިތުރު އަޑު އެހުމެއް ބާއްވާނެ ކަމަށް ބަޔާންކޮށެވެ.

އެހެން ނޫންނަމަ ދެން އޮންނާނީ މައްސަލައިގައި ގޮތެއް ނިންމުންކަން ފަނޑިޔާރުން އިއުލާނު ކުރެއްވިއެވެ.

އިސްމާއިލް ޝައްފާން ޝަރީފް މަރާލީ އޭނާ ދިރިއުޅެމުން ދިޔަ ސަބުދެލިޔާ މަގު ގ. ރޯޒީ ކުރިމަތިން ބަޔަކު ތޫނު އެއްޗަކުން ހަމަލާދީއެވެ.

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

5

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް