Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދައުލަތުގެ ބަޖެޓް

އަންނަ އަހަރުގެ ބަޖެޓަކީ ވާދަވެރިން މާޔޫސްކުރުވި ބަޖެޓެއް - ސައުދު

ބަޔަކު މީހުން މި ރިޕޯޓަކީ އުއްމީދީ ބަޖެޓަކީ ބުނަން އެހެން މީހުންނަށް ނުކުރޭ ވަރަށް މަލާމާތްކުރިޔަސް މިއީ އުއްމީދީ ބަޖެޓެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2022 | ބުދަ 10:04
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން

ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން

އަންނަ އަހަރުގެ ބަޖެޓަކީ ވާދަވެރިން މާޔޫސްކުރުވި ބަޖެޓެއް ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ބަޖެޓް ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރައްވަމުން ސައުދު ވިދާޅުވީ 2023 ވަނަ އަހަރުގެ ބަޖެޓް ކޮމިޓީ އިން ދިރާސާކުރުމަށްފަހު ރިޕޯޓް ތަޅުމަށް ގެނެސް ބަހުސްކުރަމުންދާއިރު، ބަޖެޓާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. ބަޔަކު މީހުން މި ބަޖެޓަކީ އުއްމީދީ ބަޖެޓެކޭ ބުނަން އެހެން މީހުންނަށް ނުކުރޭ ވަރަށް މަލާމާތްކުރިޔަސް މިއީ އުއްމީދީ ބަޖެޓެއް ކަމަށް ސައުދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ވާދަވެރިން މާޔޫސްކުރުވި ބަޖެޓެއް ކަމަށެވެ.

Advertisement - newsAdvertisement

ސައުދު ވިދާޅުވީ ކޮވިޑްގެ ވަބާއާއި، ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުގައި އިގްތިސާދަށް އަސަރުކޮށް ތަރައްގީވަމުން އަންނަ ގައުމުތައް ބަނގުރޫޓްވަމުންދާއިރު ވެސް މި ކުޑަކުޑަ ދިވެހިރާއްޖެ އިގްތިސާދު މެނޭޖްކުރުމުން، ރައްޔިތުންނާއި ހަމައަށް އަސާސީ ހިދުމަތްތައް ހިމާޔަތްކޮށްދީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ޒަރޫރީ ހުރިހާ ބޭނުންތައް ފުއްދައިދީ ރާއްޖެ މިހާ ހިސާބަށް އާދެވުނީތީ ވަރަށް ބޮޑަށް ސިޔާސީ ވާދަވެރިން ވަރަށް ބޮޑަށް މާޔޫސްވެއްޖެ ކަމަށެވެ.

ސައުދު ވިދާޅުވީ މި ހާލަތުގައި އެމްޑީޕީ ނޫން އެހެން ފަރާތަކުން ނުވަތަ އިދިކޮޅު ޕީޕީއެމުން ވެރިކަން ކުރާނަމަ މިގައުމުގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށެވެ. ރާއްޖޭގެ ހާލަތު މިހާހިސާބަށް އާދެވުނުގޮތާއި، ރާއްޖޭގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތް މިއަދު ބަޔަކު މީހުން ވާހަކަ ދައްކާއިރު ތަރައްގީގެ ވާހަކަ ދައްކައިގެން އިދިކޮޅު ފަރާތްތަކަށް މި ސަރުކާރު ބަލިކޮށްލެވޭކަށް ނެތްކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ތަރައްގީގެ ނަޒަރުން ވިސްނާލާއިރު މާލެއާއި އެއްހަމައަކަށް އަތޮޅުތެރެ ތަރައްގީކުރެއްވި ހަމައެކަނި ލީޑަރަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަމަށެވެ. އަދި އެކަމާއި ބަޔަކު ހިތްހަމަ ނުޖެހުނު ނަމަވެސް އަދި މާލޭގައި މިއަދު އުޅެން ޖެހިފައިވިޔަސް، މާލޭގެ ރައްޔިތުންނަށް ހަމަނޭވާލެވޭނެ ގޮތް ހައްދަވާ މާލޭގެ ވެށި އަމާންކޮށްދެއްވި ލީޑަރަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ މަތީތައުލީމަށް ރައްޔިތުން ސަލާންޖެހުން ހުއްޓުވާފައި ހިލޭ ޑިގްރީއަށް ޒުވާނުން ކިޔަވަމުން އެ ގެންދަވަނީ ދައުލަތުގެ ޒިންމާގައި ކަމަށެވެ. ސައުދު ވަނީ އަތޮޅު ތެރޭގެ ރަައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނޫން ޗޮއިސްއެއް އެބައޮތްތޯ ސުވާލުކުރައްވާފައެވެ. އަދި އެހެން ޗޮއިސްއެއް ނެތްކަމަށް ވިދާޅުވެ ސައުދު ވިދާޅުވީ މާލެ މާލެއަކަށް ހައްދަވައި ދެއްވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަމަށެވެ.

މަލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލެ ތޮއްޖެހި އަތޮޅުތެރެ ތަރައްގީ ނުވެފައި އޮތުމުގެ ސަބަބުން މާލެއަށް ބަރޯސާ ބޮޑުވުމުގެ ސަބަބުން މާލޭގެ ރައްޔިތުންގެ ހައްގުތައް ގެއްލިފައިވާ ކަމަށެވެ. އަދި އެހައްގުތައް ކަށަވަރުކޮށްދެއްވުމަށްޓަކައި އަތޮޅުތެރެ ތަރައްގީކުރައްވަމުން މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ބިންވެރިކަން ކަށަވަރު ކޮށްދެއްވާ ހަމައެކަނި ސަރުކާރަކީ މި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ކަމަށް ސައުދު ވިދާޅުވިވެ.

ދިވެހިރައްޔިތުންނަށް އޮތް ހަމައެކަނި ޗޮއިސްއަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަމަށް ސައުދު ވިދާޅުވިއެވެ. ސައުދު ވިދާޅުވީ މި ބަޖެޓަކީ ވިލިނގިލި ކޮލަމާފުށީގެ ރައްޔިތުންނަށް ފަހި ބަޖެޓެއް ކަމަށެވެ. މިއީ ދިވެހި މަސްވެރިންނަށް ދިމާވެފައިވާ ކަންކަން ހައްލުކޮށްދެއްވާ ސަރުކާރު ކަމަށާއި، ފެލިވަރާއި ކޫއްޑޫ އަދި އެހެން ރަށްތައްވެސް ތަރައްގީވަމުން އަންނަ ކަމަށާއި، އިންގިލާބީ ބަދަލު ފެނިގެންދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު