Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

2023ގެ ނިޔަލަށް ތެލާއި ކާޑުގެ ބާވަތްތައް އެތެރެކުރެވޭ ވަރަށް ރިޒާވު ހުރިތޯ ޔަގީންކުރަން މަޖިލީހަށް ހުށަހަޅައިފި

މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ފޮރުން ރިޒާވުގައި ހުރި މިންވަރު ހޯދުމަށް އެދިވަޑައިގެންނެވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 22 ނޮވެމްބަރު 2022 | އަންގާރަ 02:19
އާދަމް ޝަރީފް

އާދަމް ޝަރީފް

2023 ވަނަ އަހަރުގެ ނިޔަލަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެއްޗާއި ކާޑުގެ ބާވަތްތަކާއި ތެޔޮ އެތެރެކުރެވޭ ވަރަށް ރިޒާވުގައި ހުރިތޯ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުއެވެ. މަޖިލީހުގެ ރައީސަށް ފޮނުއްވެވި ސިޓީގައި އާދަމް ޝަރީފު ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާއި މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމާއެކު ވޭތުވެދިޔަ ހަތަރު އަހަރު، ސަރުކާރުގެ ހިންގުމުގެ ޚަރަސާއި ބަޖެޓް ޑެފިސިޓް އިންތިހާއަށް ބޮޑުވުމާއި ސަރުކާރުގެ ތެރޭގައި އިސްރާފާއި ކޮރަޕްޝަން ބޮޑުވުމާއި ދައުލަތުގެ މާލިއްޔާގެ ކަންކަން ޒިންމާދާރުގޮތެއްގައި ނުބަލަހައްޓާކަމުގެ އިލްޒާމުތައް ސަރުކާރަށް އަމާޒުވަމުން ދާ ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަަތު ގުޅޭގޮތުން އެންމެ އަދާހަމަ އަދި ސައްހަ މައުލޫމާތު ސަރުކާރުން ހާމަނުކުރާކަން ފާހަގަކުރައްވައި އާދަމް ޝަރީފު ވިދާޅުވީ އެހެންވެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ދަރަނި އެއް އަަހަރުން އަނެއް އަހަރަށް ބޮޑުވަމުންދާތީއާއެކު އަސާސީ ކަންކަމަށް ބޭޏުންވާ ތަކެއްޗާއި ކާޑާއި ތެޔޮ އެތެރެކުރަން ބޭނުންވާ މިންވަރަށް މާލީ ތަނަވަސްކަން ރާއްޖޭގައި ނެތްކަމުގެ ކަންބޮޑުވުމުން ރައްޔިތުންގެ ތެރޭގައި އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ސަބަބުތަކާހުރެ، 2023ގެ ނިޔަލަށް ކާޑުގެ ބާވަތްތަކާއި ތެޔޮ އެތެރެކުރެވޭ ވަރަށް ރާއްޖޭގައި މާލީ ތަނަވަސްކަން ހުރިކަން ކަށަވަރުކޮށްދީ، މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ފޮރުން ރިޒާވުގައި ހުރި މިންވަރު މިއަހަރަށް ލަފާ ކުރާ ބަޖެޓް ފާސްކޮށް ކުރުމުގެ ކުރިން ހޯދަދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ވެސް ދިވެހި ދައުލަތުގެ ރިޒާވްގައި ފޮރިން ކަރެންސީ މަދުވުމުން ކުރިއަށް އޮތް ހަފްތާތަކުގައި ނުވަތަ ކުރިއަށް އޮތް މަސްތަކުގެ އަސާސީ ކަންކަމަށް ބޭނުންވާ ފައިސާ ނެތް ކަމަށް ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައެވެ.

މިވާހަކަތަކަށް ރައްދު ދެއްވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރާއްޖެ ބަނގުރޫޓުވާ ވާހަކަ އަބަދުވެސް ދައްކާކަމަށާއި ރާއްޖޭގެ ހާލަތު އެފަދަ ދަރަޖައަކަށް ނުދާކަމަށެވެ. އަދި އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި, ސަރުކާރު ބަލިކަށިކޮށް, މިހާތަނަށް މި ދިމާވި ދަތި އުނދަގުލާއެކުވެސް, ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައި ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްއާދަމް ޝަރީފު އުމަރު

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި
05 ސެޕްޓެމްބަރު 2025

ކައުންސިލު އިދާރާތައް އަޅަން އާރުސީސީ އާ ހަވާލު ކުރީ ބައި ބިލިއަނަށް ވުރެ ބޮޑު އަދަދަކަށް

05 ސެޕްޓެމްބަރު 2025
ކައުންސިލު އިދާރާތައް އަޅަން އާރުސީސީ އާ ހަވާލު ކުރީ ބައި ބިލިއަނަށް ވުރެ ބޮޑު އަދަދަކަށް
07 އޯގަސްޓު 2025

ރައީސް މުއިއްޒު ކައުންސިލްތަކާއި ބައްދަލުކުރުމަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުން - އާދަމް ޝަރީފް

07 އޯގަސްޓު 2025
ރައީސް މުއިއްޒު ކައުންސިލްތަކާއި ބައްދަލުކުރުމަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުން - އާދަމް ޝަރީފް
12 ޖުލައި 2025

އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވާ އޯކިޑް ޕްލާޒާ ތަޅާލަނީ

12 ޖުލައި 2025
އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވާ އޯކިޑް ޕްލާޒާ ތަޅާލަނީ
28 އޮކްޓޯބަރު 2024

އެމްޑީޕީގެ މެންބަރުންނާ މިނިސްޓަރު އާދަމް ޝަރީފް ބައްދަލެއް ނުކުރެއްވި

28 އޮކްޓޯބަރު 2024
އެމްޑީޕީގެ މެންބަރުންނާ މިނިސްޓަރު އާދަމް ޝަރީފް ބައްދަލެއް ނުކުރެއްވި
21 މެއި 2024

ރައީސީގެ ޖަނާޒާއަށް ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު އާދަމް ޝަރީފް

21 މެއި 2024
ރައީސީގެ ޖަނާޒާއަށް ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު އާދަމް ޝަރީފް
16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު