Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮޕް27 ސަމިޓް

މޫސުމީ ކާރިސާ ކުރިމަތިވާ ގައުމުތަކަށް އެހީވުމަށް ޚާއްސަ ފަންޑެއް ހުޅުވަން ކޮޕް27ގައި އެއްބަސްވެއްޖެ

ކޮޕް 27 ސަމިޓް އިތުރު ދެ ދުވަހަށް ދެމިގެން ދިއުމަށްފަހު ނިންމާލާފައިވަނީ އާދީއްތަ ދުވަހު

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 20 ނޮވެމްބަރު 2022 | އާދީއްތަ 06:33
ކޮޕް27

ކޮޕް27

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން މޫސުމީ ކާރިސާތައް ކުރިމަތިވާ ގައުމުތަކަށް އެހީވުމަށް ޚާއްސަ ފަންޑެއް ހުޅުވުމަށް ކޮޕް27 ސަމިޓުގެ ބައިވެރިން އެއްބަސްވެއްޖެއެވެ. މިސްރުގެ ޝަރްމުއްޝައިޚްގައި ކުރިޔަށް ދިޔަ ސަމިޓު ބައްދަލުވުން އިތުރު ދެ ދުވަހަށް ދެމިގެން ގޮސް، އާދީއްތަ ދުވަހު ފަތިހު އެއްބަސްވުމަކަށް އާދެވުމާ އެކު ބައްދަލުވުމުގެ ބައިވެރިންގެ ފަރާތުން ހޫނު ތަރުހީބެއް އިވިގެން ދިޔައެވެ. އެއްބަސްވުމުގެ ފައިނަލް ޓެކްސްޓާ މެދު އެއްބަސްނުވެވި ފައިނަލް މަޝްވަރާތައް މުޅި ރޭ އެއްކޮށް ކުރިޔަށް ދިޔައިރު، ގިނަ އަދަދެއްގެ ބައިވެރިން ކޮންފަރެންސް ހޯލްގައި ނިދިފައި ތިބި ފޮޓޯތައް ވެސް އާންމުވެފައިވެއެވެ.   

ފަތިހު އިއުލާނުކުރެވުނު ސަމިޓުގެ ނިންމުމަށް މަރުހަބާ ވިދާޅުވަމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ މި ލިބުނީ މި ވަގުތަށް ބޭނުންވެފައިވާ ސިޔާސީ ސިގްނަލެއް ނަމަވެސް މިގޮތަށް ލިބޭ ފަންޑިން، ގައުމުތަކަށް ލިބޭ ގެއްލުމާ އަޅާ ނުކިޔޭނެ ކަމަށާއި، އެހެން ލިބޭ އެހީއަކުން ނުފުދޭނެ ކަމަށެވެ.  

ޝަރްމުއްޝައިޚް ފަންޑުން އެހީ ދެވޭނީ "ލޮސް އެންޑް ޑެމޭޖް" ބޭސިސްއަށް ބެލުމަށް ފަހުގައި ކަމަށް ކަނޑައަޅާފައިވެއެވެ. އަދި ފަންޑަށް ދީފައިވާ ނަމަކީ ވެސް ލޮސް އެންޑް ޑެމޭޖް ފަންޑެވެ.

ބައްދަލުވުމުގައި ބައިވެރިވި 200 އެއްހާ ގައުމުން ވަނީ އެއްބަސްވުމަށް އާނ ބަސް ބުނެފައެވެ. ބައްދަލުވުން ނިމުނުކަން މިއަދު ހެނދުނު ރަސްމީކޮށް އިއުލާނުކުރުމާ އެކު ބައިވެރިން އެނބުރި ގައުމުތަކަށް ދާންވަނީ ފަށާފައެވެ.

ކޮޕް-27 ސަމިޓްދުނިޔެ

އިތުރަށް ކިޔާލަން

07 ޖުލައި 2024

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
02 ޖުލައި 2024

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
25 ޖޫން 2024

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟
22 ޖޫން 2024

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟
22 ޖޫން 2024

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު