Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ ފަން ރަން

ތަރުހީބު ބޮޑުވެ އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މި މަހުގެ 30 އާ ހަމައަށް ރަޖިސްޓްރީ ކުރެވޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2022 | އާދީއްތަ 03:02
އުރީދޫ އަތޮޅު ދުވުން

އުރީދޫ އަތޮޅު ދުވުން

ތަރުހީބު ބޮޑުވެ، އުރީދޫ މޯލްޑިވްސް އިން ބާއްވާ އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އުރީދޫއިން ބުނީ ގިނަ ބަޔަކު މި ދުވުމުގައި ބައިވެރިވުމަށްޓަކައި މުއްދަތު އިތުރުކޮށްދޭން އެދެމުން އަންނަ ކަމަށެވެ. އެހެންކަމުން ދުވުމުގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ 30 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

އުރީދޫ ފަން ރަންގައި ބައިވެރިވާން ރަޖިސްޓްރީ ކުރެވޭނީ އެ ކުންފުނީގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ (http://ore.do/funrunkit) މެދުވެރިކޮށެވެ.

ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށް އުރީދޫ އިން ސިފަ ކުރެއެވެ. މި ދުވުމުގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމުގައި އުރީދޫއިން ބުނެއެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެއެވެ.

އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކުން ލިބޭނެއެވެ. އެއީ ސްޓޭންޑަޑް ކިޓާއި ފަން ކިޓެވެ. ސްޓޭންޑަޑް ކިޓުގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު މި ކިޓުގެ އަގަކީ 100 ރުފިޔާއެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނެއެވެ. 

މި ދުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 23 ޑިސެމްބަރު 2022 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ މީހުން އަދި އާއިލާ އާއި ރައްޓެހިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ފަރާތްތަކަށް އުރީދޫ ފަން ރަން ގައި ބައިވެރިވުމަށް އުރީދޫއިން ދައުވަތު ދެއެވެ.

އުރީދޫއުރީދޫ ފަން ރަން

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2025

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި
30 އޮކްޓޯބަރު 2025

އުރީދޫގެ ފަން ރަންގެ ބިބްގައި އަމިއްލަ ނަން ޖެހުމުގެ ފުރުސަތު

30 އޮކްޓޯބަރު 2025
އުރީދޫގެ ފަން ރަންގެ ބިބްގައި އަމިއްލަ ނަން ޖެހުމުގެ ފުރުސަތު
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
27 ފެބުރުއަރީ 2025

އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

27 ފެބުރުއަރީ 2025
އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް
17 ޑިސެމްބަރު 2024

އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

17 ޑިސެމްބަރު 2024
އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު