Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝިމާޒަށް ބަޔަކު ހަމަލާދިނުން

ޑެޕިޔުޓީ މިނިސްޓަރ ޝިމާޒަށް ބަޔަކު ހަމަލާދީފި

19 ނޮވެމްބަރު 2022 | ހޮނިހިރު 00:57

ޝިމާޒަށް ހަމަލާދިން މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ނޮވެމްބަރު 2022 | ހޮނިހިރު 00:57
ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ

ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ

ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ބަޔަކު މަގުމަތިން ހަމަލާދީފިއެވެ.

މިހަމަލާއާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ޝިމާޒަށް ހަމަލާދޭން އުޅުނު މައްސަލައެއް ހުކުރު ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި އެމައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ޝިމާޒަށް ހަމަލާދިނީ ކޮން ބަޔެއްކަމަށާއި ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ޝިމާޒު ނިސްބަތްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެޕާޓީގެ ސްލޮޓެއްގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރގެ މަޤާމުގައި ހުންނެވި ޝިމާޒަށް މަގުމަތިން ބަޔަކު ހަމަލާދީފައިވާތީ އެކަން ކުށްވެރި ކުރާކަމަށެވެ. އަދި ހަމަލާ ދިން މީހުން ހޯދައި، ކަމާއި ބެހޭ ފަރާތްތަކުން މިމައްސަލަ ތަހުޤީޤުކޮށް ފިޔަވަޅު އެޅުމަށްވެސް އެޕާޓީން ވަނީ ގޮވާލާފައެވެ.

ޝިމާޒަށް ހަމަލާދީފައިމިވަނީ ޝިމާޒުގެ ސައިކަލަށް ދާދި ފަހުން ގެއްލުންދީ، އިންޒާރުގެ މެސެޖުދީ، އާއިލާ މެމްބަރުންނަށް ގުޅައި އިންޒާރު ދީފައި ވަނިކޮށެވެ.

މިކަންކަން ފެންމަތިވެފައި މިވަނީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ޝިމާޒް މަޤާމުން ވަކިކޮށްދެއްވަން އެދިވަޑައިގެން ރައީސް އޮފީހަށް ސިޓީ އެއް ފޮނުއްވާފައި ވަނިކޮށެވެ. ޝިމާޒު މަގާމުން ވަކިކޮށްދެއްވުމަށް އެދިވަޑައިގެން މިނިސްޓަރ ނަހުލާ ރައީސް އޮފީހަށް ސިޓީ ފޮނުއްވީ އެ ވުޒާރާގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެއްގައި ޝިމާޒުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭތީއެވެ.

ޝިމާޒަށް ބަޔަކު ހަމަލާދިނުމާއި ގުޅިގެން މިނިސްޓަރ ނަހުލާ ކުރެއްވި ޓްވީޓެއްގައި ވަނީ ޝިމާޒަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވާފައެވެ. މައްސަލަތައް ބަލަމުންދާ ދަނޑިވަޅުގައި މިކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން މަސައްކަތްކޮށް، މިކަމުގެ ތެރޭގައި މިނިސްޓަރުގެ އާއިލާ އަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ އަބުރު ކަތިލިމުގެ ހުތުރު އަމަލުތަކެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ފަސްޖެހުމެއްނެތި ކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ނަހުލާ ވަނީ ޝިމާޒަށް، ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުން ފަދަ ކޮރަޕްޝަންގެ ބޮޑެތި ކުށްތަކާއި މިނިސްޓްރީގެ ސިޔާސީ މީހުންގެ އަބުރު ކަތިލުމުގެ ތުހުމަތުކުރައްވާފައެވެ. ޝިމާޒް އަލީއަށް ފިޔަވަޅު އަޅަން ޖެހޭތޯ ބެލުމަށް ފަހު އެކަން ކުރަން ޖެހޭ ނަމަ އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފައެވެ.

ޝިމާޒަކީ އެމްއާރުއެމްގެ ސްލޮޓެއްގައި މަގާމުގައި ހުރި ފަރާތަކަށްވާތީ އެމްއާރުއެމްގެ އެތެރޭގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން މި ތުހުމަތުތަކާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކޮށް ޝިމާޒުއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްފަހު ޕާޓީން ގޮތެއް ނިންމާނެކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރުމަށް ކުންފުންޏަށް އެހީތެރިވުމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބައެއް މުވައްޒަފުންނާއި ގުޅުން ހުރި މައްސަލަ އެއް އޭސީސީ އިން ވަނީ ބަލާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް