Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ބިލިއާޑް މުބާރާތް

ޤައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ފައިނަލްގައި އީގަލްސް އާއި ސިފައިން

ފައިނަލުން އީގަލްސް ޖާގަ ހޯދީ ދެ ވަނަ ސެމީގައި ކަސްޓަމްސް ބަލިކޮށްގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ނޮވެމްބަރު 2022 | ބުރާސްފަތި 03:36
ޤައުމީ ބިލިއާޑް މުބާރާތުގެ ތެރެއިން

ޤައުމީ ބިލިއާޑް މުބާރާތުގެ ތެރެއިން

ޤައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަންސް ކުލަބް އީގަލްސް އާއި ދިވެހި ސިފައިންގެ ކުލަބް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން ސިފައިން ޖާގަ ހޯދީ ފުރަތަމަ ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އީގަލްސް ބަލިކޮށްގެންނެވެ. އީގަލްސްގެ މައްޗަށް ސިފައިން ކުރި ހޯދީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ސިންގަލްސްގައި ސިފައިންގެ ވަލަރިއާނޯ ވަނީ 7-3 އިން އީގަލްސްގެ މިގުއެލް ބަލިކޮށްފައެވެ. ދެ ވަނަ ސިންގަލްސްގައި ސިފައިންގެ ހުސެއިން ފަޔާޒް އީގަލްސްގެ ހަސަން ޝާޒް މުހައްމަދުގެ މައްޗަށް ކުރި ހޯދީ 7-4 އިންނެވެ. ތިން ވަނަ ޓޭބަލްގައި ކުޅުނީ ޑަބަލްސްއެވެ. ޑަބަލްސްގައި ސިފައިންގެ އަފީފް އަދި ދުންޔާޒްގެ ޕެއާ އިން ވަނީ 7-4 އިން އީގަލްސްގެ އަހުސަން އަދި އައްބާސްގެ ޕެއާ ބަލިކޮށްފައެވެ. މެޗު ކާމިޔާބުކޮށް ސިފައިން ފައިނަލަށް ދިޔަ އިރު، އީގަލްސް އަށް ޖެހުނީ ދެ ވަނަ ސެމީ ކުޅޭށެވެ.

އީގަލްސްއާ ދެކޮޅަށް ދެ ވަނަ ސެމީ ކުޅޭނެ ޓީމެއް ކަނޑައެޅީ ނޮކްއައުޓް މެޗުންނެވެ. އެ މެޗުގައި ބައްދަލުކުރީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބްއެވެ. ވާދަވެރި ކުޅުމަކަށްފަހު ކަސްޓަމްސް އިން މެޗު ކާމިޔާބުކުރީ 3-2 އިންނެވެ. މެޗުން ކަސްޓަމްސް މޮޅުވީ މާޒިޔާ އިން ފުރަތަމަ ދެ ޓޭބަލް ކާމިޔާބުކޮށްފައި ވަނިކޮށް، ޖެހިގެން އައި ތިން ޓޭބަލް ކާމިޔާބުކޮށްގެންނެވެ.

ދެ ވަނަ ސެމީގައި އީގަލްސް އިން ވަނީ 3-0 އިން ކަސްޓަމްްސް ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ހޯދާފައެވެ. މެޗުގެ ފުރަތަމަ ސިންގަލްސްގައި އީގަލްސްގެ މިގުއެލް ވަނީ 7-4 އިން ސިފައިންގެ އަހުމަދު ރަމްޒީ ބަލިކޮށްފައެވެ. ދެ ވަނަ ސިންގަލްސްގައި ކަސްޓަމްސްގެ ހުސެއިން ޝައްމާންގެ މައްޗަށް އީގަލްސްގެ ހަސަން ޝާޒް މުހައްމަދު ވެސް ކުރި ހޯދީ 7-4 އިންނެވެ. ތިން ވަނަ ޑޭބަލްގައި ކުޅުނު ޑަބަލްސްގައި އީގަލްސްގެ ސާހިލް އަދި އާފީ ވަނީ 7-5 އިން ކަސްޓަމްސްގެ ޖީހަން އަދި ހިޝާމް ބަލިކޮށްފައެވެ.

މުބާރާތުގެ ފައިނަލްގައި ސިފައިންނާއި އީގަލްސް ބައްދަލު ކުރާ މެޗު އޮންނާނީ ހުކުރ ދުވަހުގެ ރޭގައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު