Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ ޤައުމީ ޓީމު

ޔޫއޭއީ ބަލިކޮށް އާޖެންޓީނާ އިން ރެކޯޑާ ގާތަށް

މެޗު އާޖެންޓީނާ އިން ކާމިޔާބުކުރީ 5-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ނޮވެމްބަރު 2022 | ބުދަ 19:30
އާޖެންޓީނާ އިން ކުޅުނު މެޗުގެ ތެރެއިން

އާޖެންޓީނާ އިން ކުޅުނު މެޗުގެ ތެރެއިން

ބައިނަލްއަޤުވާމީ ރަހުމަތްތެރިކަމުގެ މެޗުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ބަލިކޮށް އާޖެންޓީނާ އިން އިޓަލީގެ ރެކޯޑާ ގާތަށް ޖެހިލައިފިއެވެ.

މިއީ މި މަހުގެ 20 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އާޖެންޓީނާ އިން ކުޅުނު ރަހުމަތްތެރިކަމުގެ މެޗެކެވެ. އެ މެޗު އާޖެންޓީނާ އިން ކާމިޔާބުކުރީ 5-0 އިންނެވެ.

މެޗުގައި ފުރަތަމަ ހާފުގައި ވެސް އާޖެންޓީނާ އިން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އާޖެންޓީނާގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ޖެހީ ހޫލިއަން އަލްވަރޭޒްއެވެ. އެ ޓީމުގެ ޖެހިގެން އައި ދެ ލަނޑު ވެސް ޖެހީ އެންހެލް ޑިމާރިއާއެވެ. އެއީ މެޗުގެ 25 ވަނަ މިނެޓާއި 36 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑުތަކެވެ. އާޖެންޓީނާގެ ހަތަރު ވަނަ ލަނޑު ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ޖެހީ ކެޕްޓަން ލިއޮނެލް މެސީއެވެ. އެ ޓީމުގެ ފަހު ލަނޑު ދެ ވަނަ ހާފުގެ 60 ވަނަ މިނެޓުގައި ޖެހީ ޔަކީން ކޮރެއާއެވެ.

މި މޮޅާއެކު އާޖެންޓީނާ އިން ވަނީ އެންމެ ފަހުން ކުޅުނު 36 މެޗުން ބަލިނުވެ ނިންމާލާފައެވެ. އެންމެ ގިނަ މެޗުން ބަލިނުވެ ރެކޯޑު އޮތީ އިޓަލީ އަތުގައެވެ. އެ ޓީމު ވަނީ ބަލިނުވެ 37 މެޗު ހަމަކޮށްފައެވެ. އެ ރެކޯޑު މުގުރާލުމަށް އާޖެންޓީނާ އަށް ބޭނުންވަނީ ދެ މެޗުން ބަލިނުވެ ފަރުޖައްސާލުމެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު