Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިލަމާލެ ބްރިޖް ޕްލެޓްފޯމް ފަރަށް އެރުން

ބްރިޖް ޕްލެޓްފޯމް ފަރަށް އެރުން: 69.4 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދަކުން އެފްކޮންސް ޖޫރިމަނާކޮށްފި

16 ނޮވެމްބަރު 2022 | ބުދަ 14:37

އެ ޕްލެޓްފޯމް ފުންކޮށް ނަގާފައި ވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 ނޮވެމްބަރު 2022 | ބުދަ 14:37
ފަރަށް އަރާފައިވާ ޕްލެޓްފޯމު ނަގައިފި

ފަރަށް އަރާފައިވާ ޕްލެޓްފޯމު ނަގައިފި

ތިލަމާލެ ބްރިޖްގެ ޖިއޯ ޓެކްނިކަލް ދިރާސާތަކަށް ގެނެސްފައިވާ "ސެލްފް އެލިވޭޓިންގ ޕްލެޓްފޯމް" (އެސްއީޕީ)، ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކާއި ގުޅިގެން ބްރިޖުގެ މަސައްކަތްކުރަމުންދާ އެފްކޮންސް ކުންފުނި 69 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އެފްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބްރިޖް ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން 69،411،800.00 (ފަސްދޮޅަސް ނުވަ މިލިއަން ހަތަރުލައްކަ އެގާރަ ހާސް އަށްސަތޭކަ) ދިވެހި ރުފިޔާއިން އެފްކޮންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އީޕީއޭ އިން ވަނީ ސަރުކާރު ބަންދު ދުވަސްތައް ހިމެނޭހެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ އީޕީއޭ އަށް ދެއްކުމަށް އެފްކޮންސް އަށް އަންގާފައެވެ. އެފްކޮންސް އަށް އެ އެންގުން އަންގާފައި ވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

އީޕިއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕްލެޓްފޯމުގެ ވެރިފަރާތާއި އެ އިދާރާ ގުޅިގެން ސަރވޭއެއް ކުރި ކަމަށާއި، 14-22 އޮކްޓޯބަރ އަށް އެފްކޮންސް އިން ކުރި ދިރާސާގައި އެ އެޖެންސީގެ އޮބްޒަރވަރުން ބައިވެރިވެފައިވާނެ ކަމަށެވެ. އެގޮތުން ބެލި ބެލުމުން، ޕްލެޓްފޯމްގެ ބައިތަކުންނާއި އެތަކެތި ނެގުމަށް ކުރި މަސައްކަތުން އެ ސަރަހައްދުގެ ފަރުގެ އެކި ދިމަދިމާލުން އެކިވަރުގެ ގެއްލުން ލިބިފައިވާ ކަން އެނގިފައިވާ ކަމަށް އީޕީއޭ އިން ބުނެއެވެ. އީޕީއޭ އިން ބުނީ 2755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާ ކަމަށް ކަނޑައަޅާފައިވާނެ ކަމަށެވެ.

އެ ޕްލެޓްފޯމް ފުންކޮށް ނަގާފައި ވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު، އެ ޕްލެޓްފޯމް ފަރަށް އެރިތާ 12 ދުވަސް ފަހުންނެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 މެއި 2017

ފުވައްމުލަކު ފަރަށް އެރި ބޯޓް ޖޫރިމަނާ ކުރުމުގެ ގާނޫނީ ލަފަޔަކަށް އީޕީއޭ އިން އެދިއްޖެ

30 މެއި 2017
ފުވައްމުލަކު ފަރަށް އެރި ބޯޓް ޖޫރިމަނާ ކުރުމުގެ ގާނޫނީ ލަފަޔަކަށް އީޕީއޭ އިން އެދިއްޖެ
29 މެއި 2017

ކާޑު ހިފައިގެން ދަނިކޮށް ފަރަށް އެރިި ކޮޅުވެއްޓި ފުންކޮށްފި

29 މެއި 2017
ކާޑު ހިފައިގެން ދަނިކޮށް ފަރަށް އެރިި ކޮޅުވެއްޓި ފުންކޮށްފި
28 މެއި 2017

މުދާ އުފުލާ ދޯންޏެއް ތިލަފުށީ ފަރަށް އަަރައިފި

28 މެއި 2017
މުދާ އުފުލާ ދޯންޏެއް ތިލަފުށީ ފަރަށް އަަރައިފި
18 މެއި 2017

ކޮޅުވެއްޓިއެއް ފަރަށް އެރުމުން ފުންކުރަންދިޔަ ކޮޅުވެއްޓިވެސް ފަރަށް އަރައިފި

18 މެއި 2017
ކޮޅުވެއްޓިއެއް ފަރަށް އެރުމުން ފުންކުރަންދިޔަ ކޮޅުވެއްޓިވެސް ފަރަށް އަރައިފި
10 އެޕްރީލު 2017

ޤަވާއިދު އިސްލާހް ކުރަން އުޅެނީ ލިބެމުންދާ ކުރިއެރުން އެމީހުންނަށް އެނގޭތީ: ފާރިސް

10 އެޕްރީލު 2017
ޤަވާއިދު އިސްލާހް ކުރަން އުޅެނީ ލިބެމުންދާ ކުރިއެރުން އެމީހުންނަށް އެނގޭތީ: ފާރިސް
15 ފެބުރުއަރީ 2017

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

15 ފެބުރުއަރީ 2017
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި
13 ފެބުރުއަރީ 2017

ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި

13 ފެބުރުއަރީ 2017
ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
02 ފެބުރުއަރީ 2017

ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި

02 ފެބުރުއަރީ 2017
ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް