Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރެކްޝަންސްގެ މަސައްކަތްތައް

ކަރެކްޝަންސްގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ނިމިދިޔަ 4 އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނު: ސީޕީ

16 ނޮވެމްބަރު 2022 | ބުދަ 05:37

ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ޤަވާއިދުތަކެއް އެކުލަވާލެވިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ނޮވެމްބަރު 2022 | ބުދަ 05:37
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު

ކަރެކްޝަންސްގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ނިމިދިޔަ 4 އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ޖޮއިންޓް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، އެމްސީއެސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން އެކަމާ ގުޅޭ ޤަވާއިދު އެކުލަވާލެވި، ބައިނަލްއަޤުވާމީ މުއާހަދާތަކާއި މިންގަނޑުތަކާ އެއްގޮތަށް ކަންކަން އިންތިޒާމު ކުރެވެމުންދާކަން ސީޕީ ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

ސީޕީ ވިދާޅުވީ، ޤައިދީންގެ ވަކީލު ބައްދަލުވުންތަކާއި، އާއިލީ އަދި އެކަހެރި ބައްދަލުވުންތައް ކުރިއަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ބައްޓަން ކުރެވިފައިވާ ކަމަށެވެ.

ޖަލުގައި ހިންގޭ ޑްރަގް ރިހެބިލިޓޭޝަނަށް އަލިއަޅުވާލައްވާ ސީޕީ ވިދާޅުވީ، 32 ޤައިދީން ރިހެބިލިޓޭޓް ކުރެވި މުޖުތަމައަށް ނެރެފައިވާ ކަމަށާއި، އެ ފަރާތްތައް ރީ އިންޓެގްރޭޓް ކުރުމާއި، އެމީހުންގެ ކަންކަން ގާތުން ބެލުމުގެ މަސައްކަތްތައްވެސް ކޭސް ވޯކަރުން ކުރަމުންދާކަމަށެވެ.

ސީޕީ ވިދާޅުވީ، މާލޭ ޖަލާއި މާފުށީ ޖަލުގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ރަޖިސްޓަރޑް މެޑިކަލް ސެންޓަރުތައް ޤާއިމު ކުރެވިފައިވާ ކަމަށާއި، ޤައިދީންނަށް ބޭނުންވާ އިމަރޖެންސީ ސިއްޙީ ފަރުވާ މިހާރުވެސް ފޯރުކޮށްދެމުންދާ ކަމަށެވެ.

އޭގެ އިތުރުން، އޮޕަރޭޝަން ހޭހަންގެ ތެެރެއިން 700 އެއްހާ ޤައިދީން މިހާރުވެސް އެކިއެކި ފަރުވާ ހޯދާފައިވާކަން ސީޕީ ފާހަގަ ކުރެއްވިއެވެ.

އެމްސީއެސްގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށްވެސް ވޭތުވެދިޔަ 4 އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ސީޕީ ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި މަންޑޭލާ ރޫސްލްއަށް އަހުލުވެރި ކުރުވުމާއި، ބައިނަލްްއަޤުވާމީ މުއާހަދާތަކަށް އަހުލުވެރި ކުރުވުމަށް ހިންގިފައިވާ ތަމްރީނުތަކުގެ ތެރެއިން 1900ށް ވުރެ ގިނަ މުވައްޒަފުން ތަމްރީނު ކުރެވިފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.

އޭގެ އިތުރުން، ޕެރޯލް ނިޒާމުގެ ދަށުން 223 މީހަކަށް ފުރުސަތު ފަހިކޮށްދެވިފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

13 ޖޫން 2017

އެމްޑީޕީ ޗެއާޕާސަންގެ ނައިބު (އިދާރީ) ކަމަށް އަލީ ނިޔާޒު ކުރިމަތިލައްވައިފި

13 ޖޫން 2017
އެމްޑީޕީ ޗެއާޕާސަންގެ ނައިބު (އިދާރީ) ކަމަށް އަލީ ނިޔާޒު ކުރިމަތިލައްވައިފި
16 މެއި 2017

މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު

16 މެއި 2017
މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު
24 އެޕްރީލު 2017

މިލަދޫ ކައުންސިލް ހިންގުން ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު

24 އެޕްރީލު 2017
މިލަދޫ ކައުންސިލް ހިންގުން ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު
01 އެޕްރީލު 2017

ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ

01 އެޕްރީލު 2017
ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ
30 މާރިޗު 2017

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް