Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ބިލިއާޑް މުބާރާތް

ކަސްޓަމްސް ބަލިކޮށް އެއް ވަނައިގައި ސިފައިން ސެމީ ފައިނަލަށް

ކަސްޓަމްސްގެ މައްޗަށް ސިފައިން ކުރި ހޯދީ 4-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ނޮވެމްބަރު 2022 | ބުދަ 03:56
ޤައުމީ ބިލިއާޑް މުބާރާތުގެ ތެރެއިން

ޤައުމީ ބިލިއާޑް މުބާރާތުގެ ތެރެއިން

މިހާރު ކުރިއަށްދާ ޤައުމީ ބިލިއާޑް މުބާރާތުގައި ކަސްޓަމްސް ރެކްރިއޭޝަން ކުލަބް ބަލިކޮށް، ދިވެހި ސިފައިންގެ ކުލަބުން އެއް ވަނައިގައި ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ޤައުމީ ބިލިއާޑް ސެންޓަރުގައި ކުރިއަށް ދިޔަ މެޗުގައި ކަސްޓަމްސްގެ މައްޗަށް ސިފައިން ކުރި ހޯދީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ސިންގަލްސްގައި ކަސްޓަމްސްގެ އިސްމާއިލް ޖީހާން ވަނީ 7-1 އިން ސިފައިންގެ އަލީ ޝާވިންގެ މައްޗަށް ކުރި ހޯދާފައެވެ. ނަމަވެސް ޖެހިގެން އައި ސިންގަލްސް ކާމިޔާބުކޮށް ސިފައިން އުންމީދު ހޯދިއެވެ. ސިފައިންގެ ހުސެއިން ފަޔާޒް ވަނީ 7-3 އިން ކަސްޓަމްސްގެ ހިޝާމް މަޖީދު ބަލިކޮށްފައެވެ. އޭގެ ފަހުން ކުޅުނު ތިން ޓޭބަލް ވެސް ކާމިޔާބުކުރީ ސިފައިންނެވެ. ފުރަތަމަ ޑަބަލްސްގައި ސިފައިންގެ ޝަފްރާޒް އަދި ވަލަރިއާނޯގެ ޕެއާ ވަނީ 7-3 އިން ކަސްޓަމްސްގެ އަކްސަމް އަދި ނަފީލްގެ ޕެއާ ބަލިކޮށްފައެވެ. ދެ ވަނަ ޑަބަލްސްގައި ވާދަވެރި ކުޅުމަކަށްފަހު ސިފައިންގެ ޝަރީފް އަދި ފަތުހުﷲ ގެ ޕެއާ ވަނީ 7-6 އިން ކަސްޓަމްސްގެ އުސްވަތުﷲ އަދި ޒުބައިރުގެ ޕެއާ ބަލިކޮށްފައެވެ. ފަހު ޓޭބަލް ސިފައިންގެ އަފީފް އަދި ދުންޔާޒްގެ ޕެއާ ކާމިޔާބުކުރީ 7-1 ގެ ބޮޑު ތަފާތަކުންނެވެ.

މުބާރާތުގައި ކުލަބް އީގަލްސް ވަނީ އައިލެންޑާސް ހޯޕް ސްޕޯޓްސް ކުލަބް ބަލިކޮށް ދެ ވަނަ އަށް ޖެހިލައިފިއެވެ. އީގަލްސް އިން އައިލެންޑާސް ބަލިކުރީ 5-0 އިންނެވެ.

ލީގު އުސޫލުން ކުޅެވޭ ޓީމު އިވެންޓުގެ މެޗްތައް ނިމުނު އިރު އެއް ވަނައިގައި ސިފައިން އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް އީގަލްސް އާއި ތިން ވަަނައިގައި އޮތް ކަސްޓަމްސް އަށް ވެސް ލިބެނީ ނުވަ ޕޮއިންޓެވެ. ނަމަވެސް ސިފައިން ކުރި ހޯދަނީ ފައިގާ ގޭމުންނެވެ. ހަތަރު ވަނައިގައި ތިން ޕޮއިންޓާއެކު މާޒިޔާ އޮތް އިރު، ފުލުގައި އޮތް އައިލެންޑާސް އަށް ޕޮއިންޓެއް ނުލިބެއެވެ.

ޓީމު އިވެންޓުގެ ފުރަތަމަ ސެމީ ފައިނަލްގައި ބައްދަލުކުރާނީ ސިފައިންނާއި އީގަލްސްއެވެ. ނޮކް އައުޓް މެޗުގައި ބައްދަލުކުރާނީ ކަސްޓަމްސް އާއި މާޒިޔާއެވެ. ފުރަތަމަ ސެމީން ބަލިވާ ޓީމާއި، ނޮކް އައުޓް މެޗުން މޮޅުވާ ޓީމާ ދެމެދު ދެ ވަނަ ސެމީއެއް ކުޅޭނެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު