Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ބިލިއާޑް މުބާރާތް

އައިލެންޑާސް ބަލިކޮށް ކަސްޓަމްސް އަލުން އެއް ވަނަ އަށް

ކަސްޓަމްސް އިން އައިލެންޑާސް ބަލުކުރީ 4-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ނޮވެމްބަރު 2022 | އަންގާރަ 03:50
ޓީމު އިވެންޓުގެ ތެރެއިން

ޓީމު އިވެންޓުގެ ތެރެއިން

ޤައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގައި އައިލެންޑާސް ހޯޕް ސްޕޯޓްސް ކުލަބް ބަލިކޮށް، ކަސްޓަމްސް ރެކްރިއޭޝަން ކުލަބުން އަލުން އެއް ވަނަ އަށް ޖެހިލައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ޤައުމީ ބިލިއާޑް ސެންޓަރުގައި ކުޅުނު މެޗުން ކަސްޓަމްސް ވަނީ 4-1 އިން އައިލެންޑާސް ބަލިކޮށްފައެވެ. މެޗުގެ ފުރަތަމަ ސިންގަލްސްގައި އައިލެންޑާސްގެ އިސްމާއިލް ޝިޔާމް ވަނީ 2-7 އިން ކަސްޓަމްސްގެ ހިޝާމް މަޖީދު ބަލިކޮށްފައެވެ. ނަމަވެސް ކަސްޓަމްސް އިން ވަނީ ޖެހިގެން އައި ހަތަރު ޓޭބަލް ވެސް ކާމިޔާބުކޮށްފައެވެ. ދެ ވަނަ ސިންގަލްސްގައި ކަސްޓަމްސްގެ ހުސެއިން ސައްމާން ވަނީ އައިލެންޑާސްގެ އަހުމަދު މުއިއްޒު 7-6 އިން ބަލިކޮށްފައެވެ. ތިން ވަނަ ޓޭބަލްގައި ކުޅުނީ ޑަބަލްސްއެވެ. ފުރަތަމަ ޑަބަލްސްގައި ކަސްޓަމްްސްގެ ޖީހާން އަދި ރަމްޒީގެ ޕެއާ ވަނީ އައިލެންޑާސްގެ ރިޔާޒް އަދި ސާހީންގެ ޕެއާ 7-4 އިން ބަލިކޮށްފައެވެ. ދެ ވަނަ ޑަބަލްސްގައި ކަސްޓަމްސްގެ ނަފީލް އަދި އަކްސަމްގެ ޕެއާ ނުކުތީ އައިލެންޑާސްގެ ނިހާދު އަދި ރަޒީންގެ ޕެއާއާ ދެކޮޅަށެވެ. މި ޓޭބަލްސް ކަސްޓަމްސް އިން ކާމިޔާބުކުރީ 7-2 އިންނެވެ. ފަހު ޑަބަލްސްގައި ކަސްޓަމްސްގެ އުސްވަތުﷲ އަދި ޒުބައިރުގެ ޕެއާ ވަނީ 7-1 އިން އައިލެންޑާސްގެ އަޒްމަތު އަދި ސައީދުގެ ޕެއާ ބަލިކޮށްފައެވެ.

ހޯމަ ދުވަހުގެ ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ބަލިކޮށް، ދިވެހި ސިފައިންގެ ކުލަބުން ވަނީ ތާވަލްގެ ދެ ވަނަ މަގާމަށް ޖެހިލައިފައެވެ. ސިފައިންގެ ޓީމުން މާޒިޔާގެ މައްޗަށް ކުރި ހޯދީ 4-1 އިންނެވެ.

ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ ކަސްޓަމްސްއެވެ. ދެ ވަނައިގައި އޮތް ސިފައިނަށް ލިބެނީ ހަ ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އީގަލްސް އަށް ވެސް ހަ ޕޮއިންޓު ލިބޭއިރު، ސިފައިން ކުރި ހޯދަނީ ފައިދާ ގޭމުންނެވެ. ހަތަރު ވަނައިގައި މާޒިޔާ އޮތީ ކުޅުނު ހަތަރު މެޗުން ތިން ޕޮއިންޓު ހޯދައިގެންނެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ އައިލެންޑާސްއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު