Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހަޒާޑްގެ ކުރިމަގު

ހަޒާޑް ބޭނުންވަނީ ރެއާލްގައި މަޑުކުރަން، އޭނާ ބޭނުންވަނީ ފުރުސަތު

ރެއާލާއެކު ހަޒާޑް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ނޮވެމްބަރު 2022 | އަންގާރަ 00:54
ހަޒާޑް

ހަޒާޑް

ބޭނުންވަނީ ސްޕެއިންގެ ރެއާލް މެޑްރިޑުގައި މަޑުކުރަން ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ބެލްޖިއަމްގެ އެޓޭކިން މިޑްފީލްޑަރު އެޑެން ހަޒާޑް ބުނެފިއެވެ.

ހަޒާޑް މިހެން ބުނީ އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ރެއާލާއެކު ހަޒާޑް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޗެލްސީގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު، ރެއާލަށް ބަދަލުވި ނަމަވެސް ހަޒާޑަށް ވަނީ ފިޓްނަސްގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ.

މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ހަޒާޑް ބުނީ އޭނާ ރެއާލް ދޫކޮށްލަން ބޭނުންނުވާ ކަމަށެވެ. އެގޮތުން މި މަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށްފަހު ވެސް އޭނާގެ ހާލަތު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ހަޒާޑް ބުނީ އޭނާ އަަބަދު ވެސް ކުޅެން ބޭނުންވާ ކަމަށާއި، ނަމަވެސް ގޮތް ނިންމާނީ ކޯޗު ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އެކަމަކީ ކޯޗުގެ އަތް މަތީގައި އޮންނަ ކަމެކެވެ. ހަޒާޑް ބުނީ އޭނާ އަށް ގިނައިން ކުޅުމުގެ ފުރުސަތު ހައްގުކަން ކޯޗަށް ސާބިތުކޮށްދޭން އޭނާ ބޭނުންވާ ކަމަށެވެ. ނަމަވެސް ކުޅުމުގެ ފުރުސަތު ނުލިބުމަކީ އުނދަގޫވާ ކަމެއް ކަމަށެވެ.

ރެއާލަށް ބަދަލުވެ ހަޒާޑް އެ ޓީމަށް ކުޅެދިން 72 މެޗުން އޭނާ އަށް ޖެހުނީ އެންމެ ހަތް ލަނޑެވެ. މިހާރު ކުރިއަށް ދާ ސީޒަންގައި ހަޒާޑް ކުޅެފައިވަނީ އެންމެ ހަ މެޗުގައެވެ. އޭނާ އަށް ޖެހުނީ އެންމެ ލަނޑެކެވެ. ރެއާލާއެކު އޭނާ ވަނީ ފަސް ތައްޓެއް ކާމިޔާބުކޮށްފައެވެ. އެއީ ސްޕެނިޝް ލީގާއި، ސްޕެނިޝް ސުޕަ ކަޕާއި، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ސުޕަ ކަޕެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
02 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު