Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ

އެމްފައިސާ މެދުވެރިކޮށް އެފްއެސްއެމް ޝެޑު ތަކަށް ފައިސާ ދެއްކޭ ގޮތް ހަދައިފި

ކިޔުއާރު ކޯޑު ސްކޭންކޮށްގެން މާލެ އާއި ހުޅުމާލޭގެ ޝެޑުތަކަށް ފައިސާ ދެއްކޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 ނޮވެމްބަރު 2022 | ހޯމަ 14:04
އުރީދޫ

އުރީދޫ

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމު ކަމަށްވާ، އެމްފައިސާ މެދުވެރިކޮށް އެފްއެސްއެމްގެ ޝެޑުތަކަށް ފައިސާ ދެއްކޭނެ ގޮތް ހަދައިފިއެވެ.

މި ޚިދުމަތް ތައާރަފު ކޮށްފައިވަނީ ހޯމަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޚިދުމަތް ފައްޓަވައިދެއްވީ އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ގަސަމެވެ.

އުރީދޫ އިން ބުނި ގޮތުގައި މި ޚިދުމަތް ތައާރަފު ކުރީ މާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕެޓްރޯލަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ބޭނުމުގައެވެ. އަދި މިއީ އިތުބާރު ހިފޭ، ފަސޭހަ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަނެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ފެށި ޚިދުމަތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ޚިދުމަތް ދިނުމަށް މާލޭގައި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތަކުގައި އެމްފައިސާ ކިޔުއާރު ކޯޑު ބަހައްޓާފައި ހުންނާނެއެވެ. ފައިސާ ދެއްކުމަށް އެ ކޯޑު ސްކޭން ކުރުމުން ފައިސާ ދެއްކޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫއިން މަސައްކަތް ކުރަނީ އެމްފައިސާ މެދުވެރިކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ. އަދި އެފްއެސްއެމްއާއެކު ވެވުނު ޕާޓްނަރޝިޕަކީ ރައްޔިތުން އިތުރަށް ބާރުވެރިކުރުވައި، ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ރާއްޖޭގައި އިތުރަށް ކުރިއެރުވުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ގަސަމް ވިދާޅުވީ އެ ކުންފުނީގެ ވިސްނުމަކީ އެފްއެސްއެމް ފިއުލް ޝެޑުތަކުން ކަސްޓަމަރުންނަށް އީޖާދީ އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި އުރީދޫގެ އެމްފައިސާގެ ހިދުމަތް ތައާރަފްކުރުމުން އެމް ފައިސާގެ ހިދުމަތް ހޯދާ އަދި އެފްއެސްއެމް ފިއުލް ޝެޑްތައް ބޭނުންކުރާ ގިނަ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލެއާއި ހުޅުމާލޭގެ އިތުރުން އުރީދޫއާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ގދ.ތިނަދޫ އާއި ފުވައްމުލައް ސިޓީއާއި ސ. ގަމުގައި ބަހައްޓާފައިވާ ފިއުލް ޝެޑްތަކުގައި މި ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް ގަސަމް ވިދާޅުވިއެވެ.

އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ކޭޝް އިން ކުރެވޭނެއެވެ. ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި، އެޕް އަދި ވައިބާ މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކުރުން ފަދަ ހުރިހާ ހިދުމަތެއް ލިބިގަތުމުގެ އިތުރުން ޕާޓްނަރު މާޗަންޓުންނަށް ފައިސާ ދައްކާ ހާއްސަ އޮފާތައްވެސް ލިބިގެންދާނެއެވެ.

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2017

ނޮވެލްޓީ ބުކް ފެއާ: ގުރުއަތުން ހޮވޭ ފަރާތަކަށް 11،111.11 ޑޮލަރު

01 އޮކްޓޯބަރު 2017
ނޮވެލްޓީ ބުކް ފެއާ: ގުރުއަތުން ހޮވޭ ފަރާތަކަށް 11،111.11 ޑޮލަރު
06 އޯގަސްޓު 2017

ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2017
ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި
05 އޯގަސްޓު 2017

މީރާގެ "ރަން ލާރި" މިފަހަރު 17 ފަރާތަކަށް

05 އޯގަސްޓު 2017
މީރާގެ "ރަން ލާރި" މިފަހަރު 17 ފަރާތަކަށް
02 އޯގަސްޓު 2017

މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ

02 އޯގަސްޓު 2017
މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ
20 ޖުލައި 2017

ޕޮއިސްއިން ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަ "ހޮޓްއައިސް ސްޕޯޓްސް" ތައާރަފްކޮށްފި

20 ޖުލައި 2017
 ޕޮއިސްއިން ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަ "ހޮޓްއައިސް ސްޕޯޓްސް" ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު