Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭރީ ގްރޭސްގެ މަރު

މޭރީ އިންކިއުބޭޓް ކުރެވުނުނަމަ، އެކަމާ ގުޅޭ ލިއުންތައްވެސް ހުންނަންޖެހޭނެ: ވަކީލުން

10 ނޮވެމްބަރު 2022 | ބުރާސްފަތި 11:53

އެކަންކަމާ ގުޅިގެން ޝަރީއަތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ގޮތެއް ނިންމަވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ނޮވެމްބަރު 2022 | ބުރާސްފަތި 11:53
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މާރވިން އެސް.ވައި ވާރގަސްއާއި ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ މައްޗަށް

މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މާރވިން އެސް.ވައި ވާރގަސްއާއި ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ މައްޗަށް

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ވާރގަސްއާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި 3 ހެތްކެއްގެ ހެކިބަސް ނަގާފައިވާއިރު، އެއީ ހައްތަހާވެސް ލަމްހާ ދަންނަ ފަރާތްތަކެވެ. އެގޮތުން ފުރަތަމަ ހެކިވެރިޔާ ބުނީ، ލަމްހާ އޭނާއާ ދިމާވީ ސޯޝަލް މީޑިއާއިން ކަމަށާއި، މެރީ މަރުވެގެން އުޅޭކަން ލަމްހާ އޭނާ ގާތުގައި ގުޅާފައި ބުނި ކަމަށެވެ.

Advertisement - newsAdvertisement

ދައުލަތުން ހެކިވެރިޔާ ހުށައެޅި ސަބަބުތަކުގެ ތެރޭގައި ބުނާގޮތުގައި، މޭރީގެ މަރާގުޅޭ އަޕްޑޭޓް ބެލޭނީ ކިހިނެއްތޯ ލަމްހާ ވަނީ އެ ހެކިވެރިޔާއާ ސުވާލު ކޮށްފައެވެ. އޭގެ އިތުރުން ހެކިވެރިޔާއާ ކުރި ގިނަ ސުވާލުތަކަށް އޭނާ ބުނެފައިވަނީ ހަނދާނުގައި މިވަގުތު އެކަންކަން ނެތް ކަމަށެވެ.

ދެން ހާޒިރުކުރި ހެކިވެރިޔާއަކީ ލަމްހާގެ ރަށު މީހެކެވެ. އޭނާ ބުނާ ގޮތުގައި ލަމްހާ އޭނާއަށް ގުޅާފައި މޭރީ ދަންޖެހިގެން މަރުވެގެން އުޅޭ ކަމަށާއި، އެކަމާ ގުޅުވައި އޭނާ ހައްޔަރުކުރަން އުޅޭ ކަމުގެ ވާހަކަތަކެއް އިވޭކަމަށް ބުނެ، އެއީ ކިހިނެއްވާ ކަމެއްތޯ ބެލުމަށް ވަނީ އެދިފައެވެ. ނަމަވެސް އޭގެ ފަހުން އެކަމާ ގުޅޭގޮތުން އެދެމީހުންގެ ދެމެދުގައި ވާހަކަ ދެކެވިފައިނުވާކަމަށް ހެކިވެރިޔާ ބުނެއެވެ.

ތިންވަނައަށް ހާޒިރުކުރީވެސް ލަމްހާގެ އެކުވެރިއެކެވެ. އޭނާއަކީ އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުންދިޔަ ނަރުހެކެވެ. އޭނާ ބުނާ ގޮތުގައި މާވިންއާ ވާހަކަ ދައްކާކަން ފިޔަވައި އެމީހުންގެ ގުޅުމާބެހޭ މާ ގިނަ ކަންކަމެއް އޭނާއަކަށް ނޭނގެއެވެ. ކަމެއް ހިނގައިގެން އުޅޭކަންވެސް އޭނާއަށް އެނގުނީ ވައިބަރ ގްރޫޕަކުންކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

ހެކިންގެ ހެކިބަސް ނެގުމަށްފަހު ކުރިއަށްދިޔައީ މޭރީގެ މެޑިކަލް ލިއެކިއުންތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. އެގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ޝަރީއަތުން ދެންނެވި ގޮތަށް ދައުލަތުން އައިޖީއެމް މެދުވެރިކޮށް އިތުރަށް ސާފު ކޮށްފައިވާ ކަމަށެވެ. އަދި މޭރީގެ ޑެތު ސަމަރީއާއި، ޑޮކްޓަރުންނާއި ނަރުހުން އަތުލިއުމުން ލިޔެފައިވާ ނޯޓުތަކާއި، އޭނާގެ ޕީސީއާރް ޓެސްޓުގެ ނަތީޖާއާއި، އޭނާގެ ސީޓީ ސްކޭން ފިޔަވައި އިތުރު ލިއުމެއް ނޯންނާނެ ކަމަށް އައިޖީއެމްއެޗުން ބުނެފައިވާކަން ދައުލަތުން ފާހަގަ ކުރިއެވެ.

އެކަމާ ގުޅޭގޮތުން ދިފާއުން ބުނީ، މޭރީ އިންކިއުބޭޓް ކުރެވުނުކަމަށް އެތަނުގައި އޭރު ހުރި އޭނާގެ ފިރިމީހާ މާވިން ބުނާ ކަމަށާއި، އިންކިއުބޭޓަރުން ހޮޅިތައް ނައްޓާލީވެސް ފޮރެންސިކް ޓީމުން އައުމުންކަމަށް އެ ފަރާތުން ބުނާއިރު، އެކަމާ ގުޅޭ އެއްވެސް ލިއެކިއުމެއް ނެތް ކަމަށެވެ. ވުމާއެކު، އަދިވެސް ދިފާއުން އެދެނީ އައިޖީއެމްއެޗުގެ ވެރިން ހާޒިރުކޮށްގެން އެކަންކަން އިތުރަށް ސާފު ކުރުމަށްކަމަށް ދިފާއީ ވަކީލުން ވިދާޅުވިއެވެ.

މި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ، އެ މައުލޫއަށް ވާހަކަ ދެއްކުމަށް ދެން ފުރުސަތު ނުދެއްވޭނެ ކަމަށާއި، އެކަންކަމާއި ގުޅިގެން ޝަރީއަތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 14 ނޮވެމްބަރުގައެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް