Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޮލިޓެކްނިކްގެ ދަސްވެނިވުން

ޕޮލިޓެކްނިކްގެ 9 ކޯހަކުން 35 ދަރިވަރުން ދަސްވެނިވެއްޖެ

2022 ވަނަ އަހަރު ކިޔެވުން މެނދުކެނޑިފައި ހުރި ކޯސްތައް ނިންމުމުގެ މަސައްކަތް ޕޮލިޓެކްނިކުން ކުރިއަށްގެންދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ނޮވެމްބަރު 2022 | ބުރާސްފަތި 10:21
ޕޮލިޓެކްނިކްގެ ކޯސްތަކުން ދަސްވެނިވި ދަރިވަރުން

ޕޮލިޓެކްނިކްގެ ކޯސްތަކުން ދަސްވެނިވި ދަރިވަރުން

ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސް ޕްރޮގްރާމްގެ ދަށުން, ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން ޒުވާނުން ތަމްރީނުކުރުމަށްޓަކައި 2020 ވަނަ އަހަރު މޯލްޑިވްސް ޕޮލިޓެކްނިކްއިން ފެށި 9 ކޯހަކުން 35 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

މިއަދު ޕޮލިޓެކްނިކްގައި އޮތް ރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަންއެވެ.

މި ރަސްމިއްޔާތުގައި ދަރިވަރުންނަށް މަރުހަބާ ވިދާޅުވެ މިނިސްޓަރ ވިދާޅުވީ، މަސައްކަތަށް ނިކުމެ ދާއިރާއިން މަސައްކަތުގެ ތައުލީމާއި ހުނަރު ހޯދުމަށް އަޒުމް ކަނޑައަޅައި އަލުން ކުރިއަށް ދިއުން އެއީ އެމަނިކުފާނުގެ އުއްމީދުކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިއީ ކޮވިޑްގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް ހައްލު ހޯއްދެވުމަށްޓަކައި ސަރުކާރުން ވަރަށް ކުއްލި ގޮތަކަށް ފަރުމާކުރި ޕްރޮޖެކްޓެއް ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ޚާއްސަކޮށް ވަރަށް ގިނަ އަދަދެއްގެ ސްކިލްޑް މީހުންނާއި ސެމީ ސްކިލްޑް ބޭރު މީހުން ވަޒީފާ ދޫކޮށް ދިއުމުން އެ ސިނާއަތަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވި ކަމަށެވެ. މިއީ އެ ގެއްލުމުގެ ތެރެއިން ފަރުމާ ކުރެވުނު ޕްރޮޖެކްޓެއްކަމަށާއި، ވަޒީފާގެ ދާއިރާތަކަށް ދިވެހިން ނެގުމަށްޓަކައި ބައެއް ދާއިރާތަކަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދެވުނު ކޯސްތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެ މަސައްކަތްތަކަކީ ޝަރަފުވެރި އަދި އެކަމާދޭތެރޭ ފަޚުރުވެރިވާނެ މަސައްކަތްތަކަށް ވުމަކީ މުހިއްމު ކަމެއް ކަމަށާއި އަދި އެމަސައްކަތްތަކުން ކުރިއަށް ދިއުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަކީ މަސައްކަތުގައި އެންމެ އިސްކަމެއް ދެއްވަންޖެހޭ ކަމެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މަސައްކަތުގެ މާހައުލުގައި އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތްކަމުގައިވާނަމަ ތިމާއަށް ވެސް ރައްކާތެރިކަމެއް ނޯންނާނެ ކަމަށެވެ. މިއަދު ސަނަދު ހޯދި ހުރިހާ ބައިވެރިން އަޒުމް ކަނޑައަޅަންވީ ބައިވެރިން މަސައްކަތްކުރާ މާހައުލުން ފަރުދީ ފެންވަރުގައި ވެސް މިކަހަލަ ކަންކަމަށް އިސްކަން ދިނުމާއި އަދި އެހެން ފަރާތްތަކަށް ވެސް އެ ވިސްނުން އަށަގެންނެވޭތޯ ބެލުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތާއި އަދި ލެކްޗަރަރއިން ލިބުމުގެ ދަތިކަން ހުރުމުން ކޯސްތައް މެދުކަނޑާލެވިފައި އަލުން 2022 ވަނަ އަހަރު ކިޔެވުން މެނދުކެނޑިފައި ހުރި ކޯސްތައް ނިންމުމުގެ މަސައްކަތް ޕޮލިޓެކްނިކުން މިހާރު ކުރިއަށް ގެންދެއެވެ. ވަޒީފާގެ ބާޒާރެއް އުފައްދައި ރާއްޖެއިން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ހިންގުމަކީ ޕޮލިޓެކްނިކްގެ އެއް އަމާޒެވެ.

އިތުރަށް ކިޔާލަން

10 އޯގަސްޓު 2017

ޕޮލިޓެކްނިކްގެ ފަރާތުން 1500 އިލެކްޓްރިޝަނުން ތަމްރީން ކުރަނީ

10 އޯގަސްޓު 2017
ޕޮލިޓެކްނިކްގެ ފަރާތުން 1500 އިލެކްޓްރިޝަނުން ތަމްރީން ކުރަނީ
04 އޯގަސްޓު 2017

އިންޑިއާ ދަރިވަރުން ތަކެއް ރާއްޖޭގައި ހާލުގައި ޖެހިފައި

04 އޯގަސްޓު 2017
އިންޑިއާ ދަރިވަރުން ތަކެއް ރާއްޖޭގައި ހާލުގައި ޖެހިފައި
14 ޖުލައި 2017

އޯލެވެލް އިމްތިހާނުގެ އެއްވަނައަށް 126 ދަރިވަރުން

14 ޖުލައި 2017
އޯލެވެލް އިމްތިހާނުގެ އެއްވަނައަށް 126 ދަރިވަރުން
31 މެއި 2017

އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި

31 މެއި 2017
އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި
26 މާރިޗު 2017

ސްކޫލަށް ދަރިވަރުން ނުދިއުމުން، އިންފްލުއެންޒާގެ ޙާލަތު ރަނގަޅުވަމުން ދާކަމަށް އެޗްޕީއޭއިން ބުނެފި

26 މާރިޗު 2017
ސްކޫލަށް ދަރިވަރުން ނުދިއުމުން، އިންފްލުއެންޒާގެ ޙާލަތު ރަނގަޅުވަމުން ދާކަމަށް އެޗްޕީއޭއިން ބުނެފި
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު