Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލްތު މިނިސްޓްރީ

ކޮވިޑުގެ ކޭސްތައް އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

އޮކްޓޯބަރު 328 މީހުންނަށް ކޮވިޑު ޖެހުނު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 8 ނޮވެމްބަރު 2022 | އަންގާރަ 12:36
ކޮވިޑަށް ޓެސްޓުކުރުން

ކޮވިޑަށް ޓެސްޓުކުރުން

ކޮވިޑް-19 ކޭސްތައް އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެ އެޖެންސީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ހުމާއި އަރިދަފުސް ރޯގާ އަދި ކޮވިޑް-19 ފަދަ ބަލިތައް ރިޕޯޓް ކުރާ އަދަދު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އެގޮތުން، މި އަހަރުގެ ސެޕްޓެމްބަރު މަހު ކޮވިޑް-19 ޖެހިގެން ރިޕޯޓް ކުރި ކޭސްތަކާ އަޅާ ބަލާއިރު ނިމުނު އޮކްޓޯބަރު މަހު ރިޕޯޓް ކޮށްފައިވާ ކޭސްތަކުގެ އަދަދު އިތުރު ކަމަށް އެ އެޖެންސީބް ވަނީ ބުނެފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު ކޮވިޑް-19 ޖެހިފައިވަނީ 185 މީހުންނަށެވެ. އޮކްޓޯބަރު މަހު އެ އަދަދު ވަނީ 328 އަށް އަރައިފައެވެ.

ކޮވިޑް-19 ގެ އާ ވޭރިއަންޓުތައް ވެސް ދުނިޔޭގެ އެކި ޤައުމުތަކުން މިހާރު ފެންނަކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ރާއްޖޭގައި ކޭސްތައް އަނެއްކާ ވެސް އިތުރުވާކަން ފާހަގަކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަބަދުވެސް ސަމާލުވާން ޖެހޭ ކަމަށެވެ.

އަރިދަފުސް ރޯގާ އާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅުން މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ އަވަހަށް ޓެސްޓް ކުރުމާއި އަންގައާއި ނޭފަތް ނިވާވާނެހެން މާސްކު އެޅުމާއި އާއްމު ތަންތަނުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒް ކުރުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން ހިމެނެއެވެ. އަދި ބަލިހެޖުމުން ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާ ވެކްސިން ޖެހުމަށާއި ކޮވިޑު ވެކްސިން ޖަހާ އުމުރުގެ ފަރާތްތަކުން ވެކްސިން ފުރިހަމަކުރުމާއި ބޫސްޓަ ޑޯޒު ފުރިހަމަ ކުރުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން ބަލި ޖެހުމުން ނުރައްކާވާ މީހުންނާ ވީހާވެސް ދުރުގައި އުޅުމާއި ގޭގައި އުޅޭއިރުވެސް މާސްކު އެޅުމާއި ބަލިވެގެން ޑޮކްޓަރަށް ދައްކަން ދާއިރު ބަލި މީހާއާއެކު މާގިނަ މީހުން ނުދިއުމާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ބަލި މީހުންނަށް ގޮވާލަން ނުދިއުމާއި ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހޭ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމަކީ ވެސް މިބަލިން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި އަށް ދުވަހުގެ ތެރޭ ކޮވިޑް ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ މަސް ނިމުނު އިރު 16 މީހުންނަށް ފަރުވާ ދެެމުން ދިޔަ ނަމަވެސް މި މަހުގެ ފުރަތަމަ ހަފްތާ ތެރޭ އެ އަދަދު ވަނީ 25 އަށް އަރައިފައެވެ.

މުޅި ރާއްޖެެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 185،454 އަށް އަރައިފައެވެ. މިހާތަނަށް މި ބަލީގައި 309 މީހަކު ވަނީ މަރުވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒު 399،140 މީހުން ވަނީ ޖަހައިފައެވެ. މިއީ ވެކްސިން ޖެހޭ އާބާދީގެ 88.15 އިންސައްތައެވެ. ދެވަނަ ޑޯޒު 385،050 މީހުން ފުރިހަމަ ކޮށްފައިވާއިރު ބޫސްޓަރ ގެ ފުރަތަމަ ޑޯޒު 167،132 މީހުން އަދި ދެވަނަ ޑޯޒު 1،381 މީހުން ވަނީ ފުރިހަމަކޮށްފައެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނަ އިރު، ހުމާއި ރޯގާ އާއި ޑެންގީ އަދި ފާނަބަސަންދު ފަދަ ބަލިތައް ވެސް އަންނަނީ އިތުރުވަމުން ކަމަށް އެޗްޕީއޭ އިން ވަނީ މީގެ ކުރިން ބުނެފައެވެ. މިބަލިތަކަށް ވެސް އާންމުން ޚާއްސަ ސަމާލު ކަމެއް ދިނުމަށް ދަނީ އަންގަމުންނެވެ.

ހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
08 އޮކްޓޯބަރު 2025

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި
20 އޯގަސްޓު 2025

ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ

20 އޯގަސްޓު 2025
ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ
07 އޯގަސްޓު 2025

ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް

07 އޯގަސްޓު 2025
ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް
07 އޯގަސްޓު 2025

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ

07 އޯގަސްޓު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ
19 އެޕްރީލު 2025

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި
17 އެޕްރީލު 2025

ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލަ ސަމާލުކަމަށް އައުމުން ބަލަން ޖެހޭ ކަންކަން ބަލާނެ: ހެލްތް މިނިސްޓްރީ

17 އެޕްރީލު 2025
ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލަ ސަމާލުކަމަށް އައުމުން ބަލަން ޖެހޭ ކަންކަން ބަލާނެ: ހެލްތް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު