Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔުޓިލިޓީ ޚިދުމަތްތައް

ކުއްޔަށް އުޅޭ މީހުންގެ ނަމަށް ފެނާއި ކަރަންޓު ބިލްކުރެވުން، ކުންފުނިތަކުގެ ޝަކުވާ އަށް ލިބުނު ހައްލެއް

މި އިސްލާހުގެ ދަށުން ބިލުކުރުމުގައި ޢަމަލުކުރަންވީ މައިގަނޑު އުސޫލުތައް ބަޔާންކުރާ ގަވާއިދެއް އެކުލަވައިލަން ޖެހޭނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 ނޮވެމްބަރު 2022 | ހުކުރު 13:44
 ކަރަންޓް ގުޅައިދިނުމުގެ ތެރެއިން

ކަރަންޓް ގުޅައިދިނުމުގެ ތެރެއިން

ކުއްޔަށް ދީފައިވާ ތަންތަނުގެ ފެނާއި ކަރަންޓު، އެތަނެއް ކުއްޔަށް ހިފައިގެން އުޅޭ ފަރާތަށް ބިލުކުރެވޭގޮތަށް ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތަސްދީގުކޮށްދެއްވާފައި ވަނީ ނިމި ދިޔަ ހަފްތާގެ ތެރޭގައެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް ގެނެސްފައިވާ އެ އިސްލާހަކީ ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކުން ބިލުކުރުމާގުޅޭ ގަވާއިދު ހެދުމާ ގުޅޭ މާއްދާއެއް އިތުރުކުރުމަށް ގެނައި އިސްލާހެއްކަން ފާހަގަކޮށްލެވެއެވެ. މި އިސްލާހުގައި ވާގޮތުން އާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އެ ޚިދުމަތްތަކާ ގުޅޭގޮތުން ބިލުކުރުމުގައި ޢަމަލުކުރަންވީ މައިގަނޑު އުސޫލުތައް ބަޔާންކުރާ ގަވާއިދެއް، ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ މަޝްވަރާއާއެކު، އޮތޯރިޓީން އެކުލަވާލަން ޖެހޭނެއެވެ.

ޔުޓިލިޓީ ޚިދުމަތްތައް ގޭގެ ވެރިފަރާތުގެ ނަމުގައި ރެޖިސްޓްރީކޮށްފައި ހުރުމަކީ ޔުޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ޔުޓިލިޓީ އޮތޯރިޓީ އާއި ޔުޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކުން އައީ މީގެ ކުރިން ބުނަމުންނެވެ. ކުންފުނިތަކުން ބުނިގޮތުގައި ކުރިން ބިލް ކުރަމުން ދަނީ އިމާރާތުގެ ވެރި ފަރާތަށް ކަމަށް ވުމުން، އޭގެ ސަބަބުން ޚިދުމަތްދޭ ކުންފުނިތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ.

އެގޮތުން ބިލް ނުދައްކައިފި ނަމަ ވެރި ފަރާތުން ޒިންމާ ވާގޮތަށް އޮތުމުން، ބިލް ނުދައްކާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ދަތިވާކަން ޔުޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކުން ފާހަގަކުރެއެވެ. ހަމައެއާއި އެކު ސަބްސިޑީ ދޭން ޖެހޭ ފަރާތްތަކަށް ސަބްސިޑީ ދިނުމުގައި ވެސް އެކަމުގެ ސަބަބުން ދަތިތަކާއި ދިމާވާކަމަށް ކުންފުނިތަކުން ވަނީ ބުނެފައެވެ. ގޭގެ ވެރިފަރާތުގެ ނަމުގައި ޚިދުމަތްތައް ރެޖިސްޓްރީ ކުރުމުގެ ބަދަލުގައި ޚިދުމަތް ހޯދާ ފަރާތުގެ ނަމަށް ޚިދުމަތުގެ ރެޖިސްޓްރީ ބަދަލުކުރުމުން ކަސްޓަމަރުންނަށް ވެސް ފަސޭހަވެގެންދާނެ ކަމަށް ޔުޓިލިޓީ ކުންފުނިތަކުން ވަނީ ފާހަގަކޮށްފައެވެ.

ބިލު ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ކަނޑައެޅުމުގެ އުސޫލުތަކާއި، ބިލު ނުދެއްކުމުގެ ސަބަބުން ޚިދުމަތް މެދުކަނޑާލަންޖެހޭ ހާލަތްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ހާލަތުތަކުގައި ކޮންމެހެން އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން ވެސް އަލަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން އަލަށް ފާސްކުރި އިސްލާހާއި އެކު ކުންފުނިތަކަށް ފަސޭހަވެގެންދާނެއެވެ.

ސްޓެލްކޯފެނަކަ ކޯޕަރޭޝަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު