Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެއަށް ގަންނަ ބޭސް

ރާއްޖެއަށް ގަންނަ ބޭހުގެ އަގު ކުޑަކުރުމަށް ދަނީ މަސައްކަތް ކުރަމުން: ސަރުވަޝް

ރާއްޖެ އަށް ގަންނަ ބޭހުގެ އަގު ކުޑަކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން ބޭރުގެ ބައެއް ޤައުމުތަކާއި މިހާރު ވެސް ވާހަކަތައް ދެކެވެމުންދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2022 | ހުކުރު 07:14
ފާމަސީއަކުން ބޭސް ވިއްކަނީ

ފާމަސީއަކުން ބޭސް ވިއްކަނީ

ރާއްޖެ އަށް ގަންނަ ބޭހުގެ އަގު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކްޓިވް އަހްމަދު ސަރުވަޝް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ކުޑަވުމާއި ގުޅިގެން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސަރުވަޝް ވިދާޅުވީ އެންސްޕާ ބަޖެޓުގައި ހިމެނެނީ ހިންގުމުގެ ޚަރަދާއި ސީދާ ގޮތުން ދެވޭ އެހީތަކާއި އާސަންދަ ކަމަށެވެ.

Advertisement - newsAdvertisement

ސަރުވަޝް ވިދާޅުވީ އެންސްޕާ ބަޖެޓުގައި އެންމެ ބޮޑު ހޭދައެއް ކުރަނީ އާސަންދަ އަށް ކަމަށާއި 1.6 ބިލިއަން ރުފިޔާ އާސަންދަށް ހޭދަވޭ ކަމަށެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އާސަންދައިގެ ޚަރަދު ކުޑަކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެފައިވާކަން ފާހަގަކުރައްވާ ސަރުވަޝް ވިދާޅުވީ ލަފާކުރާ ބަޖެޓްގައި ހިމަނާފައިވާނީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ކަމަށެވެ.

އާސަންދަ އަށް ރާއްޖޭން ބޭރުން ގަންނަ ބޭހުގެ ވޮލިއުމް ޑިސްކައުންޓު ހޯދައިގެން، އަގު ކުޑަކުރުމުގެ ވިސްނުމުގައި އެގޮތަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ސަރުވަޝް ވިދާޅުވިއެވެ.

ސަރުވަޝް އިތުރަށް ވިދާޅުވީ ރާއްޖެ އަށް ގަންނަ ބޭހުގެ އަގު ކުޑަކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން ބޭރުގެ ބައެއް ޤައުމުތަކާއި މިހާރު ވެސް ވާހަކަތައް ދެކެވެމުންދާ ކަމަށެވެ.

އެކަން އެގޮތަށް ކުރެވިއްޖެކަމަށްވާނަމަ އާސަންދަށް ކުރެވޭ ޚަރަދާއި އާސަންދައިން ބޭސްވިއްކާ އަގު ވެސް ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ސަރުވަޝް މިހެން ވިދާޅުވެފައިވާއިރު މެކްސިމަމް ރީޓެއިލް ޕްރައިޒް ނުވަތަ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުން މާރޗް މަހަށް ސަރުކާރުން ފަސްކޮށްފައިވާއިރު އެކަމަށް އަދި މިހާތަނަށް އަމަލުކޮށްފައެއް ނުވެއެވެ.

މި އަހަރުން ފެށިގެން ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރުޕީ) ކަނޑައަޅަން ވަނީ ނިންމީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު، އާސަންދަ އަށް ކުރާ ހޭދަ ކުޑަކުރުމަށެވެ. އާސަންދައިގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެކަނިވެސް ފާމަސީތަކަށް ބޭހަށް 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރިއެވެ.

ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ކުރިން ނިންމުމާ ގުޅިގެން ހެލްތު މިނިސްޓްރީން އެއިރު ބުނެފައިވަނީ ބޭސް ގަންނަ އަގަށް އެފްއޯބީ ނުވަތަ ކޮސްޓް ޕްރައިޒް އަށް ބޮޑުވެގެން ލެވޭނީ 100ގެ މާކްއަޕެއް ކަމަށެވެ. މިގޮތުން ދިވެހިރާއްޖެ އަށް އިމްޕޯޓްކޮށް ވިއްކާ ހުރިހާ ބޭސްތަކަށް މެކްސިމަމް ރިޓެއިލް ޕްރައިޒް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއާރްޕީ ކަނޑައެޅުމުގެ މައިގަނޑު މަގުސަދަކީ އަމިއްލަ ފަރުދުންގެ ޖީބުން ބޭހަށް ކުރާ ޚަރަދު ކުޑަކޮށް އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު (އާސަންދަ)ގެ ތެރެއިން ބޭހަށް ކުރާ ހޭދަ އިތުރުވަމުންދާ މިންވަރު ދެމެހެއްޓިނި މިންގަނޑެއްގައި ހިފެހެއްޓުމެވެ. ފިސްކަލް ޕޮލިސީގެ ނަޒަރުން ބަލާއިރު އެމްއާރްޕީ ކަނޑައެޅުން މުހިއްމުވާ މައިގަނޑު ސަބަބަކީ އާސަންދަ ނިޒާމުގެ ތެރެއިން ދައުލަތުން އެއް ކަމަކަށް އެންމެބޮޑު ޚަރަދެއްކުރަމުން އަންނަނީ ބޭހަށް ކަމަށްވާތީއެވެ.

އެގޮތުން ރާއްޖޭގައި ބޭހުގެ އަގު ކޮންޓްރޯލެއްނެތި ބޮޑުވަމުން ދިއުމުގެ ސަބަބުން އާސަންދައަށާއި ބޭސްފަރުވާގެ އެހެނިހެން ޚިދުމަތް ދިނުމަށް ދައުލަތުގެ ހޮސްޕިޓަލުތަކުން ކުރާ ޚަރަދު އިތުރުވެ، ދައުލަތުން އެހެން ޚިދުމަތްތަކަށް ބަޖެޓުން ދެވޭ ޖާގަ ހަނިވެގެންދާކަމަށް ސަރުކާރުން ބުނެއެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމްއާސަންދަނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

16 އެޕްރީލު 2025
އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން

އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން

26 ޖެނުއަރީ 2025
ހީނާ މަގާމުގައި ހުރެގެން އިތުރަށް ހޭދަވާ ކޮންމެ ދުވަހަކުން ދޭހަވަނީ އެންސްޕާގެ ވައްކަމަކީ ރައީސް މުއިއްޒުގެ އެންގެވުމަށް ކުރި ކަމެއް ކަމެވެ

ހީނާ މަގާމުގައި ހުރެގެން އިތުރަށް ހޭދަވާ ކޮންމެ ދުވަހަކުން ދޭހަވަނީ އެންސްޕާގެ ވައްކަމަކީ ރައީސް މުއިއްޒުގެ އެންގެވުމަށް ކުރި ކަމެއް ކަމެވެ

25 ޑިސެމްބަރު 2024
އެމްއެމް ޓީވީ އާ އެންސްޕާ އިން ބައްދަލުވުންތަކެއް ބޭއްވިކަން ހާމަ ވެއްޖެ

އެމްއެމް ޓީވީ އާ އެންސްޕާ އިން ބައްދަލުވުންތަކެއް ބޭއްވިކަން ހާމަ ވެއްޖެ

20 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު