Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ އާއި ޗައިނާގެ ކޯޅުން

ވައްބަހުން ޖަހާ، ޗައިނާއިން އަނެއްކާވެސް ނުތަނަވަސްކަމުގެ ތެރެއިން އެމެރިކާއަށް އިންޒާރު ދީފި

އެމެރިކާ ފަޅިން ހިންގާ ހަރަކާތްތަކުގެ ސަބަބުން ސަރަޙައްދީ ނުތަނަވަސްކަން ވަނީ ބޮޑުވެފަ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2022 | އަންގާރަ 16:20
ނިމިގެން މިދާ 2022 ވަނަ އަހަރަކީ، ޗައިނާއާއި އެމެރިކާއާ ދެމެދު ބަހުގެ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރި މަންޒަރު ފެނިގެން ދާ އަހަރެއް

ނިމިގެން މިދާ 2022 ވަނަ އަހަރަކީ، ޗައިނާއާއި އެމެރިކާއާ ދެމެދު ބަހުގެ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރި މަންޒަރު ފެނިގެން ދާ އަހަރެއް

އަސްލެއް އަދި ކަނޑައެޅިގެން ވަކި ފަރުވާއެއްވެސް ހޯދިފައި ނެތް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ދުނިޔޭގެ އެންމެ އިރުމަތިން ފެށިގެން ހުޅަނގަށް، އެންމެ ގަދަ ބާރުތައްވެސް އިނދަޖައްސާލި އިނދަޖައްސާލުމުން ރަނގަޅަށް ހިންދެމިނުލެވި އުޅެނިކޮށް، މުޅި ދުނިޔޭގެ ފަޒާ ބަނަކުރަމުން ދަނީ ވަރުގަދަ ހަނގުރާމައެއްގެ ނަމާން ވިލާގަނޑޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ޤައުމުގެ ކަމަރު ބަންދެގެން އޮތް އެމެރިކާއާއި، އެ ކަމަރަށް ވާދަ ކުރަމުންދާ ޗައިނާއާ ދެމެދު ހަމަ ދެންމެ ދެންމެ އަސްކަރީ ކޯޅުމެއް ފެށިދާނެ ކަމުގެ ބިރު، ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުންނެވެ. ފެންނަ މަންޒަރުތަކާއި، ބަދަލު ކުރާ ބަހުގެ ޙަމަލާތަކުން އެކަމަށް ބާރުވެސް ދެއެވެ.

އޮކްޓޯބަރު 31 ވީ ހޯމަ ދުވަހުވެސް ޗައިނާއިން ވަނީ އެފަދަ އިންޒާރެއް ދީފައެވެ. އެގޮތުން، ނިއުކްލިއަރ ބާރުގެ ބޭނުންކޮށްގެން ހަމަލާ ދިނުމުގެ ޤާބިލުކަން ލިބިފައިވާ ބީ-25 މަރުކާގެ ބޮން އަޅާ ބޯޓުގެ 6 ބޯޓު، އޮސްޓްރޭލިއާގެ އުތުރުގައި އޮންނަ ވައިގެ އަސްކަރީ ބޭހުގައި ޤާއިމު ކުރުމަށް އެމެރިކާއިން ރާވަމުން ދާ ރޭވުމަކީ، ސަރަހައްދީ ފެންވަރުގައި ހަތިޔާރުގެ ބާރުވެރިކަން އިތުރު ކުރުމުގެ ރޭހެއް ފެށުމުގެ ބިރު އުފައްދަނިވި ރޭވުމެއްގެ ކަމުގެ އިންޒާރު، ޗައިނާއިން ވަނީ ދީފައެވެ.

ކަމާ ބެހޭ މަޢުލުމާތު އެނގޭ، އެހެން ނަމަވެސް އާންމު ޕްލެޓްފޯމްތަކުގައި އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ހުއްދަ، ރަސްމީ ސިފައެއްގައި ނެތުމުގެ ސަބަބުން، މީޑިއާގައި ނަންޖެހުމަށް އިންކާރުކޮށް، ރޮއިޓަރޒްއާ ވާހަކަދެއްކި ބައެއް މަސްދަރުތަކާ ޙަވާލާދީ، އެ ނޫހުން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އެމެރިކާގެ ބޮން އޮޅާ ބޯޓުތައް މަރުކަޒު ކުރަން ނިންމާފައި ވަނީ، އޮސްޓްރޭލިއާގެ ވައިގެ އަސްކަރިއްޔާގެ އެކަހެރި ބޭހެއް ކަމަށް ވާ ޓިންޑަލްގައެވެ. އެއީ އޮސްޓްރޭލިއާގެ ނޮދަން ޓެރިޓަރީގެ ވެރިކަން ކުރާ ޑާވިންގެ 190 މޭލު ދެކުނުން އޮންނަ ސަރަޙައްދެކެވެ.

އެކަމާ ބެހޭގޮތުން އަމާޒު ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޝާއޯ ލީޖިއާން ވިދާޅުވީ، ދޭދޭ ޤައުމުތަކުގެ މެދުގައި އެކުލަވާލާ ދިފާޢީ ސަލާމަތީ ގުޅުންތަކަކީ 3 ވަނަ ފަރާތެއް، އަމާޒުފަތްގަނޑަކަށް ހަދާ ފަދަ ގުޅުންތަކަކަށް ވެގެން ނުވާނެ ކަމަށެވެ.

ނިމިގެން މިދާ 2022 ވަނަ އަހަރަކީ، ޗައިނާއާއި އެމެރިކާއާ ދެމެދު ބަހުގެ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރި މަންޒަރު ފެނިގެން ދާ އަހަރެކެވެ. ވަކިން ހާއްސަކޮށް، ޗައިނާއިން ދޭ އިންޒާރުތަކުގެ އަޑު ގަދަ އަހަރެއް ކަން ފާހަގަ ކުރަން ޖެހެއެވެ. ޗައިނާއިން ވަރުގަދަ އިންޒާރުތަކެއް ދެމުން ދަނިކޮށްވެސް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ނައިބު ރައީސް، ނޭންސީ ޕެލޯސީ، އެ ސަރަހައްދެއްގެ ފުރިހަމަ މިލްކުވެރިކަމަށް ޗައިނާއިން ވަކާލާތު ކުރާ ޓައިވާންއަށް ކުރެއްވި ދަތުރާ ގުޅިގެން، ދެ ޤައުމުގެ ބަހުގެ ކޯޅުންގަނޑު އިތުރަށް ގަދަވި މަންޒަރުވެސް ވަނީ ފެނިގެންގޮސްފައެވެ.

ޗައިނާގެ ބާރުގެ ދަށުގައި އޮތް ޓައިވާން މިނިވަން ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފި ކަމުގައި ވަނީނަމަ، ޗައިނާ ސަރުކާރުގެ އަސްކަރިއްޔާއިން ފިޔަވަޅު އަޅާނެ ކަމަށް ބުނެ، ޗައިނާއިން އެމެރިކާއަށް ހަނގުރާމައެއްގެ އިންޒާރުވެސް ދިނީ މި އަހަރުގެ މެދަކާ ހިސާބުގައެވެ.

އެމެރިކާޗައިނާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު