Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުވެއިތު އެއަރވޭސް އިން ރާއްޖެއަށް ދަތުރު ފެށުން

ކުވެއިތު އެއަރވޭސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި

އެ އެއަރލައިނުން ރާއްޖެއަށް ހަފްތާއަކު ދެ ދަތުރު ކުރާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2022 | ހޯމަ 16:11
ކުވެއިތު އެއަރވޭސްގެ ބޯޓަށް ވީއައިއޭއިން މަރުހަބާ ކިޔަނީ

ކުވެއިތު އެއަރވޭސްގެ ބޯޓަށް ވީއައިއޭއިން މަރުހަބާ ކިޔަނީ

ކުވެއިތުގެ ޤައުމީ އެއާލައިން ކަމަށްވާ، ކުވެއިތު އެއަރވޭސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ.

ކުވެއިތާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުތައް ފެށުމުގެ ގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހޯމަ ދުވަހު ވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި ކުވެއިތު އެއަރވޭސްގެ ފުރަތަމަ ބޯޓަށް މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ތޯހާއެވެ.

Advertisement - newsAdvertisement

ކުވެއިތު އެއަރވޭސްގެ ފުރަތަމަ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 7:15 ގައެވެ. އެ ބޯޓަށް އެމްއޭސީއެލް އިން ވަނީ ހާއްސަ ވޯޓަރ ސެލިއުޓަކުން މަރުހަބާ ކިޔައިފައެވެ. އަދި އެ ބޯޓުން ރާއްޖެ ޒިޔަރާތްކުރި ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވަނީ ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކުންނެވެ.

ކުވެއިތު އެއަރވޭސްގެ ދަތުރުތައް ފެށުމާ ގުޅިގެން މިނިސްޓަރ މައިސޫމް ވިދާޅުވީ އެ އެއަރލައިންގެ ދަތުރުތައް ފަށާފައިވަނީ ޔޫރަޕްގެ ފްލައިޓްތައް އިތުރުކުރަން ބޭނުންވެފައިވާ ދަނޑިވަޅެއްގައިކަމަށެވެ. އަދި  ކުވެއިތު އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުމުން ޔޫރަޕުން ރާއްޖެއަށް އަންނަން ފަތުރުރުވެރިންނަށް އިތުރު ފަސޭހައެއް ލިބިގެންދާނެކަމަށާއި ނޮވެމްބަރުގައި ފަށާ ވޯލްޑްކަޕާއެކު މެދުއިރުމަތީގެ ފްލައިޓްތަކަށް ބާރުބޮޑުވެގެންދާ އިރު ކުވައިތު އެއަރވޭސްގެ ސިދާ ދަތުރުތަކާއެކު ރާއްޖެއަށް އައުމަށް އިތުރު ދޮރެއް ހުޅުވިގެން ގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުވެއިތުން ދިވެހިރާއްޖެއާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރާނެއެވެ. މި ދަތުރުތައް ކުރުމަށް ބޭނުން ކުރާނީ އޭ320 މަރުކާގެ ބޯޓެވެ. މިއީ 150 މީހުންގެ ޖާގައިގެ ބޯޓުތަކެވެ.

ކުވެއިތު އެއަރވޭސް އިން މެދު އިރުމަތީގެ ޤައުމުތަކަށާއި، އެފްރިކާ، ޔޫރަޕް، އޭޝިއާ ޕެސިފިކް އަދި އުތުރު އެމެރިކާއަށްވެސް ޝެޑިއުލް ދަތުރުތައް ކުރެއެވެ. މެދު އިރުމަތީގެ ޤައުމުތަކުން ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުވަމުން އަންނަ އިރު، ކުވެއިތު އެއަރވޭސް އިން ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުން، އެ ސަރަހައްދުން ފަތުރުވެރިން އަންނަ މިންވަރު އިތުރުވެގެންދާނެއެވެ.

ފިނިމޫސުމާއި ގުޅިގެން ގިނަ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުކުރަން މިހާރު ވަނީ ފަށާފައެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ހިއްސާދާރެއްގެ ހައިސިއްޔަތުން އެމްއޭސީއެލް އިން މަސައްކަތްކުރަނީ ގިނަ އެއަރލައިންތަކުން ވީއައިއޭއަށް ސީދާ ދަތުރުތައް ކުރެވޭނެ އިންތިޒާމް ހަމަޖައްސެމަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެއަރޕޯޓުން ފޯރުކޮށްދެމުންދާ ޙިދުމަތުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަގަޅުކޮށް އެއަރޕޯޓްގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ

01 މާރިޗު 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު