Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް 2023

ބަޖެޓް 2023 - ނަރުދަމާ ހިދުމަތުގެ ސަބްސިޑީ އާއި މަސްވެރިންނަށްދޭ ސަބްސިޑީ އަންނަ އަހަރުން ފެށިގެން ދެނީ

މަސްވެރިންނަށްދޭ ސަބްސިޑީއަކީ މާކެޓް ރޭޓަށްވުރެ އަގު ބޮޑުކޮށް މަސްވެރިންގެ އަތުން މަސްގަތުމުގެ ސަބަބުން މިފްކޯއަށް ލިބޭ ގެއްލުމުގެ ބަދަލުގައިދޭ ސަބްސިޑީއެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2022 | ހޯމަ 11:14
ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ

ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ

އިތުރު ސަބްސިޑީއެއް ކަމުގައިވާ ނަރުދަމާ ހިދުމަތުގެ ސަބްސިޑީ އާއި މަސްވެރިންނަށްދޭ ސަބްސިޑީ، 2023 ވަނަ އަހަރުން ފެށިގެން ބަޖެޓުގައި ހިމަނައި ދޭން ނިންމައިފިއެވެ.

ނަރުދަމާގެ ހިދުމަތުގެ ސަބްސިޑީއަކީ ފެނަކައިން ނަރުދަމާގެ ހިދުމަތްދޭ ރަށްރަށުގައި މި ހިދުމަތަކީ މިހާރު އަގުނުނެގޭ ހިދުމަތަކަށް ވުމުން މި ހިދުމަތް ފޯރުކޮށްދިނުމަށްދޭ ސަބްސިޑީއެކެވެ. އަދި މަސްވެރިންނަށްދޭ ސަބްސިޑީއަކީ މާކެޓް ރޭޓަށްވުރެ އަގު ބޮޑުކޮށް މަސްވެރިންގެ އަތުން މަސްގަތުމުގެ ސަބަބުން މިފްކޯއަށް ލިބޭ ގެއްލުމުގެ ބަދަލުގައިދޭ ސަބްސިޑީއެކެވެ.

ސަރުކާރުން ދޭ އެހީ، އިޝްތިރާކާއި ސަބްސިޑީ 2023 ވަނަ އަހަރު ދަށްވާނެކަމަށް ލަފާކުރޭ އެއް ސަބަބަކީ އާސަންދަ ނިޒާމުގެ ތެރެއިން ހިނގާ އިސްރާފު ކުޑަކޮށް، ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަން ނިންމާފައިވާތީއެވެ. މިގޮތުން އާސަންދަ ނިޒާމުގެ ތެރެއިން ބޭސް ކަވަރ ކުރާ އަގު ނުވަތަ އާސަންދައިގެ ބޭސްލައިން އަގުތައް ބާޒާރުގެ އަގުތަކާ ޚިދުމަތް ދިނުމުގައި ހިނގާ ޚަރަދުތަކަށް ރިއާޔަތްކޮށް މުރާޖައާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ބޭހާއި މެޑިކަލް ކޮންސިއުމަބަލްގެ އަގުތައް އެކަށީގެންވާ މިންވަރަކަށް ތިރިކުރުމަށް ބާރުއެޅުމުގެ ގޮތުން ބޭރު ގައުމެއްގެ ސިއްހީ ހިދުމަތްތަކާ ގުޅޭ މުއައްސަސާއަކާ ގުޅިގެން މިތަކެތީގެ ބަލްކް ޕްރޮކިއުމަންޓް ތަންފީޒުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މި ކަންކަން މިއަހަރު ތަންފީޒު ނުކުރެވުމާއެކު އާސަންދަ ނިޒާމުގެ ޚަރަދަށް 1.6 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބެލެވުނުނަމަވެސް، އަންނަ އަހަރު މި ޚަރަދު 1 ބިލިއަން ރުފިޔާއަށް ކުޑަކުރެވޭނެކަމަށް ލަފާކުރެވެއެވެ. އިންޑައިރެކްޓް ސަބްސިޑީގެ ގޮތުގައި 2022 ވަނަ އަހަރުގެ ނިޔަލަށް 7 ބާވަތުގެ ސަބްސިޑީއަކަށް ދަނީ ޚަރަދުކުރަމުންނެވެ.

2017 ވަނަ އަހަރުން ފެށިގެން އެކިއެކި އިންޑައިރެކްޓް ސަބްސިޑީއަށް ކުރާ ޚަރަދު އަހަރުން އަހަރަށް ދަނީ ވަރަށް ބޮޑުތަނުން އިތުރުވަމުންނެވެ. ސަބްސިޑީތަކަށް ކުރާ ޚަރަދު އިތުރުވަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުބޮޑުވުމުންނާއި ސަބްސިޑީ ދޭ މުދަލާއި ހިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުވާތީއެވެ. މިސާލަކަށް ގޭބިސީތައް ގިނަވެ، ގޭބިސީތަކުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ކަރަންޓު އަގުހެޔޮކުރުމަށްދޭ ސަބްސިޑީ އިތުރުވެއެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން ފިއުލް ސަބްސިޑީއަށް ކުރާ ޚަރަދު ބޮޑުވެއެވެ. މީގެ އިތުރުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ސަރުކާރުން ވަނީ އެކިފަހަރު މަތިން ސަބްސިޑީގެ ކަވަރޭޖް އިތުރުކޮށްފައެވެ. މިގޮތުން 2019 ވަނަ އަހަރު ފިއުލް ސަބްސިޑީ އިތުރުކުރުމާއި ކަރަންޓުގެ އަގުތައް ހާމަނައިޒްކުރުމުގެ ސިޔާސަތުގެ ދަށުން ކަރަންޓު ސަބްސިޑީ ލިބޭ މިންވަރު ވަނީ އިތުރުކޮށްފައެވެ.

އިންޑައިރެކްޓް ސަބްސިޑީގެ ގޮތުގައި ޚަރަދުކުރެވޭ ގިނަ ސަބްސިޑީތަކަކީ ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މާކެޓްރޭޓަށްވުރެ އަގުހެޔޮކޮށް ހިދުމަތްތަށް ދިނުމުން އެ ކުންފުނިތަކަށް ލިބޭ ގެއްލުމުގެ ބަދަލުގައިދޭ ސަބްސިޑީތަކެކެވެ. ފާއިތުވި އަހަރުތަކުގައި މިފަދައިން ސަރުކާރުގެ ސިޔާސަތުގެ ދަށުން މި ކުންފުނިތަކުން ދޭ ހިދުމަތްތަކުން ލިބޭ ގެއްލުމުގެ ބަދަލު ދީފައިވަނީ ކެޕިޓަލް ކޮންޓިބިއުޝަން ނުވަތަ އެހެނިހެން ގޮތްގޮތުންދޭ ކޭޝްފްލޯ އެހީގެ ގޮތުގައެވެ. ނަމަވެސް، މި ފަދަ އެހީތައް ސަބްސިޑީގެ ގޮތުގައި ރެކޯޑްކުރުމަކީ ހިސާބުތަކުގެ ސައްހަކަމާއި، އެހީދެވޭ ކަންކަން ސާފުވާނެ ކަމަކަށްވާތީ، 2023 ވަނަ އަހަރުން ފެށިގެން މިފަދަ ޚަރަދުތައް ރިކޯޑުކުރެވިފައިވާނީ އިންޑައިރެކްޓް ސަބްސިޑީގެ ޮތުގައެވެ. މިގޮތުގެ މަތިން އަންނަ އަހަރުން ފެށިގެން ސަބްސިޑީގެ ގޮތުގައި ބަޖެޓުގައި ރިކޯޑުކުރެވޭ ސަބްސިޑީތަކަކީ މަސްވެރިންނަށްދޭ ސަބްސިޑީ އާއި ނަރުދަމާގެ ހިދުމަތަށް ދޭ ސަބްސިޑީއެވެ.

2023 ވަނަ އަހަރުން ފެށިގެން މި ބައިގައި ހިމެނޭ ސަބްސިޑީތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ފެނިގެންދާނީ ފިއުލް ސަބްސިޑީ އާއި ޓްރާންސްޕޯޓް ސަބްސިޑީއިންނެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ފިއުލް ސަބްސިޑީއަށް ކުރާ ޚަރަދު އިންތިހާއަށް ބޮޑުވެގެން ދިއުމުން ފިއުލް ސަބްސިޑީ ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުމުން މިހާރު މިދޭ އުސޫލޫން ސަބްސިޑީ ދިނުމަށްވުރެ ޚަރަދު ކުޑަވާނެކަމަށް ލަފާކުރެވެ. މީގެ އިތުރުން ރާއްޖެ ޓްރާންސްޕޯޓް ލިންކް ފުޅާވެގެން ދިއުމުން ޓްރާންސްޕޯޓް ސަބްސިޑީއަށް ކުރާ ޚަރަދު މެދުރާސްތާގައި އިތުރު ވާނެކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

ތިން ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

22 ޖޫން 2017
ދެ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމަށް 148 މިލިޔަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި

ދެ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމަށް 148 މިލިޔަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި

19 ޖޫން 2017
އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ

އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ

09 މެއި 2017
ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި

ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި

04 މެއި 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު