Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓް 2023: ބަޖެޓް ކޮމިޓީ

ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ނާޝިޒް، ނައިބު މުގައްރިރަކަށް ބިގޭ

31 އޮކްޓޯބަރު 2022 | ހޯމަ 08:10

ކޮމިޓީގެ މަސައްކަތްތައް ކުރިޔަށްގެންދާނެ ގޮތް ވެސް ވަނީ ފާސްކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 އޮކްޓޯބަރު 2022 | ހޯމަ 08:10
ބަޖެޓް ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް އަދި ނައިބު މުގައްރިރު މުހައްމަދު ރަޝީދު ހުސައިން

ބަޖެޓް ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް އަދި ނައިބު މުގައްރިރު މުހައްމަދު ރަޝީދު ހުސައިން

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު އަދި ނާއިބު މުގައްރިރަކަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އައްޔަނުކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ހޯމަ ދުވަހު ހުށަހަޅުއްވާފައެވެ. އެއާއެކު ބަޖެޓް ދިރާސާކުރުމަށް ބަޖެޓް ކޮމިޓީއަށް ފޮނުވާފައިވާއިރު އެކޮމިޓީގެ ފުރަތަމަ ބައްދަލުވުން ހޯމަ ދުވަހު ވަނީ ކުރިޔަށް ގެންގޮސްފައެވެ.

Advertisement - newsAdvertisement

އެބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު އައްޔަނުކޮށްފައިވާއިރު ކޮމިޓީގެ މަސައްކަތްތައް ކުރިޔަށްގެންދާނެ ގޮތް ވެސް ވަނީ ފާސްކޮށްފައެވެ. ކޮމިޓީގެ މުގައްރިރަކަށް ނާޝިޒްގެ ނަން ހުށަހެޅުއްވީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިންއެވެ. ބިގޭގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ނާޝިޒަކީ މީގެކުރީ ތިން އަހަރުވެސް ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަން ކުރައްވި މެންބަރެވެ.

ނައިބު މުގައްރިރަކަށް ބިގޭގެ ނަން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. އެހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒެވެ. މުގައްރިރާއި ނައިބު މުގައްރިރު އައްޔަނުކޮށްފައިވަނީ ކޮމެޓީގެ މެންބަރުންގެ އިއްތިފާގުންނެވެ. ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކުރިޔަށްދަނީ މާލިއްޔަތު ކޮމިޓީ އާއި އިގްތިޞާދީ ކޮމިޓީ ގުޅިގެންނެވެ.

މީގެއިތުރުން ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ބަޖެޓާއި ގުޅޭގޮތުން އެމްއެމްއޭގެ ގަވަރުނަރު އަދި އޮޑިޓަރ ޖެނެރަލްގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ނިންމާފައެވެ. މީގެއިތުރުން ވަކިވަކި އޮފީސްތަކުގެ ބަޖެޓާއި ގުޅޭގޮތުން އެއޮފީސްތަކުން ދެކޭގޮތް ހަމާކުރުމަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. ނާޝިޒް ވިދާޅުވީ ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ފެށޭނީ އިސްތިޝާރީ ލަފާ ލިބުމަށްފަހުކަމަށެވެ.

ބަޖެޓް ދިރާސާކުރުމަށް ކޮމިޓީއަށް ދީފައިވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ. ބަޖެޓްގެ ކޮމިޓީ ރިޕޯޓަށް ތަޅުމުގައި ބަހުސްކުރަން ފަށާނީ ނޮވެމްބަރު 21 ވަނަ ދުވަހުއެވެ. އަދި ނޮވެމްބަރު މަސްތެރޭގައި ބަޖެޓް ފާސްކުރާނެއެވެ.

2023 ވަނަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބަޔަކީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއެވެ. މިގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 23.54 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6 ބިލިއަން ރުފިޔާ އަދި ހިލޭ އެހީ އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 2.48 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ

ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާ ހޭދަވާއިރު ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. ބަޖެޓާއި ޚަރަދާ ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާއެވެ. ޕިއެސްއައިޕީ އަށް 8.4 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވާ އިރު، އެހެނިހެން ކެޕިޓަލް ހަރަދުތަކަށް 5.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

28 މާރިޗު 2017

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
22 މާރިޗު 2017

މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

22 މާރިޗު 2017
މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
18 ފެބުރުއަރީ 2017

ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ

18 ފެބުރުއަރީ 2017
ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ނައިބު ލީޑަރަކަށް ޝިފާ

10 ޖެނުއަރީ 2017
ނައިބު ލީޑަރަކަށް ޝިފާ
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް