Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

މައިންޒް ބަލިކޮށް ބަޔާން އެއް ވަނަ އަށް

ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-6 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 އޮކްޓޯބަރު 2022 | އާދީއްތަ 05:56
މެޗަށްފަހު ބަޔާންގެ ކުޅުންތެރިން

މެޗަށްފަހު ބަޔާންގެ ކުޅުންތެރިން

ޖަރުމަނު ލީގުގައި މައިންޒް ބަލިކޮށް ޗެމްޕިއަން ބަޔާން މިއުނިކް ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-6 އިންނެވެ. މެޗުގައި ބަޔާންގެ ފުރަތަމަ ލަނޑު ފަސް ވަނަ މިނެޓުގައި ޖެހީ ސަޑިއޯ މާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސާޖް ގްނަބްރީއެވެ. ބަޔާންގެ ދެ ވަނަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ޖެހީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖަމާލް މުސިއާލާއެވެ. ބަޔާންގެ ތިން ވަނަ ލަނޑަކީ ޕެނަލްޓީއަކުން މާނޭ ކަމިޔާބުކޮށްދިން ލަނޑެކެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މައިންޒްގެ ސިލްވަން ވިޑްމެއާ ވަނީ ލަނޑެއް ޖަހާފައެވެ.

ދެ ވަނަ ހާފު ފަށައިގެން ބަޔާންގެ ހަތަރު ވަނަ ލަނޑު ޖެހީ މާނޭ ތަނަވަސްކޮށްދިން ފުރުސަތަކުން ލެއޯން ގޮރެޓްޒްކާއެވެ. ބަޔާންގެ ފަސް ވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ޖެހީ މަތީސް ޓެލްއެވެ. އޭގެ ތިން މިނެޓު ފަހުން މައިންޒްގެ އިންގްވާޓްސަން ވަނީ ލަނޑެއް ޖަހާފައެވެ. ބަޔާންގެ ފަހު ލަނޑު 86 ވަނަ މިނެޓުގައި ޖެހީ ޗޮޕޫ މޯޓިންއެވެ.

މެޗުން މޮޅުވެ ބަޔާން އެއް ވަނައިގައި އޮތީ 12 މެޗުން 25 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ބަޔާނަށްވުރެ އެއް މެޗު މަދުން ކުޅެގެން ޔޫނިއަން ބާލިންއެވެ. އެއީ 23 ޕޮއިންޓާއެކުއެވެ. ނަމަވެސް އާދިއްތަ ދުވަހު ބޮރޫޝިއާ މުންޗެންގްލަޑްބެކްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ބާލިން އަށް އަލުން އެއް ވަނަ ހޯދޭނެއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު