Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުފްތީ މެންކުގެ ދަރުސް

އަނިޔާވެރިކަމަކީ ދަރަންޏެއް، އޭގެ ތަކުލީފު ކޮންމެވެސް ދުވަހަކުން ތަހައްމަލު ކުރަން ޖެހޭނެ: މުފްތީ މެންކް

30 އޮކްޓޯބަރު 2022 | އާދީއްތަ 02:08

އެކަކު އަނެކަކަށް އޯގާތެރިވުމަށް އިރުޝާދު ދެއްވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 30 އޮކްޓޯބަރު 2022 | އާދީއްތަ 02:08
މުފްތީ މެންކް

މުފްތީ މެންކް

އަނިޔާވެރިކަމަކީ ބޮލުގައި އެޅޭ ދަރަންޏެއް ކަމަށާއި އޭގެ ތަކުލީފު ކޮންމެވެސް ދުވަހަކުން ތިމާ ތަހައްމަލު ކުރަން ޖެހޭނެ ކަމަށް ދީނީ ޢިލްމުވެރިޔާ، އިސްމާއިލް ބިން މޫސާ (މުފްތީ މެންކު) ވިދާޅުވެއްޖެއެވެ.

މެންކް މިފަދައިން ވިދާޅުވީ "އިސްލާމްކަމާއި އޯގާތެރިކަމާއި ހިތްހެޔޮކަން" މި މައުޟޫއަށް ފުވައްމުލައް ސިޓީގައި ހޮނިހިރު ދުވަހު ދެއްވި ދަރުސްގައެވެ. އޭނާ ވިދާޅުވީ މި ޒަމާނުގައި އަމިއްލަ އާއިލާ އާ އެކު އުޅުމަށް ވެސް ގިނަ ބަޔަކު ނުރުހޭކަމަށާއި އެއީ ގިނަ މީހުންނަކީ އަނެކާގެ އިޙުސާސްތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ މީހުންނަށް ވާތީކަމަށެވެ. އެހެންކަމުން ތިމާއަކީ އެފަދަ މުޖުތަމައެއް ބަދަލުކޮށްލަދީ އޯގާތެރިކަމާއި އަޅާލުންދޭ މީހަކަށް ވެއްޖެނަމަ، އެ މުޖުތަމައަކީ އުފާވެރި، މުޖުތަމައަކަށް ވެގެންދާނެކަމަށެވެ.

Advertisement - newsAdvertisement

އިސްލާމް ދީނަކީ އެކަކު އަނެކަކަށް އޯގާތެރިވުމަށް ބާރު އަޅާ ދީނެއްކަން ފާހަގަކުރައްވާ މުފްތީ މެންކު ވިދާޅުވީ އެކަން އިސްލާމްދީނުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ޒަކާތް ދިނުމުގެ ރުކުނުން ވެސް އެނގޭ ކަމަށެވެ. އެގޮތުން، ތިމާ މީހާގެ އަތުގައި ހުންނަ އެއްޗެއް އެހެން މީހެއްގެ އަތުގައި ނެތްނަމަ، ތިމާ މީހާ އަތުގައި މާގިނައިން އެ އެއްޗެއް ހުރެއްޖެނަމަ އެ ނެތް މީހުންނަށް ދޭން އަންގަވާފައިވަނީ ހަމައެކަނި އިސްލާމް ދީނުގައި ކަމަށާއި އެއީ މުސްލިމުން އެކަކު އަނެކަކު ބާރުވެރިކުރުވުމުގެ ބޭނުމުގައި އަންގަވާފައިވާ އެންގެވުމެއް ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.

އިންސާނާގެ ޢަމަލުތައް ބިނާވަނީ ނިޔަތުގެ މައްޗަންކަން ފާހަގަކުރައްވާ މުފްތީ މެންކް ވިދާޅުވީ މީހަކަށް ހެޔޮކަމެއް ކޮށްދިނުމުން އެކަމެއް ބަލައިނުގަތަސް އެކަމާ ދެރަ ނުވުމަށެވެ. އޭގެ ބަދަލުގައި މާތްﷲ ތިމާއަށް ދެއްވަންހުރި ހެޔޮކަމާއި ދަރުމައަށް ވިސްނައި، ގިނަ ގިނައިން ﷲއަށް ދުޢާކޮށް ޙަމްދުކުރުމަށް އެދިވަޑައިގެންނެވިއެވެ.

އަބަދުވެސް އެކަކު އަނެކަކަށް އަޅާލައި، އޯގާވެރިވުމަށާއި އަދަބު އިޚްތިރާމް އަދާކުރުމަށް އެދިވަޑައިގެން ހިނިތުންވުމަކީ ވެސް ސަދަގާތެއްކަމަށް މުފްތީ މެންކް ވިދާޅުވިއެވެ. އެހެންކަމުން ގިނަ ގިނައިން ހިނިތުންވުމަށް އޭނާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި އެކަކު އަނެއްކަކަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށާއި މާލީ ގޮތުން ނުވަތަ އެ ނޫން ވެސް ގޮތަކުން އެހީތެރިކަން ފޯރުކޮށްދެވެން ނެތްނަމަ ދުޢާ ކޮށްދިނުމަކީ ވެސް އެހީއެއްކަން މުފްތީ މެންކް ފާހަގަކުރެއްވިއެވެ.

އޯގާތެރިކަމުގެ އިދިކޮޅަކީ އަނިޔާވެރިވުންކަން ފާހަގަކުރައްވައި މުފްތީ މެންކް ވިދާޅުވީ އަނިޔާވެރިވާ މީހާ އެކަމަކުން ތައުބާ ނުވާހާ ހިނދަކު އޭނާ އެ ކުރި ކަމެއް އެނބުރި އޭނާއަށް އަންނާނެ ކަމަށެވެ. އެކަން ވާނީ ކޮންއިރަކު، ކޮން ވަގުތަކުކަން ނޭނގުނު ނަމަވެސް މާތްﷲ އެފަދަ މީހަކަށް އޭގެ އަދަބު ދެއްވާނެ ކަން ފާހަގަކުރައްވާ މުފްތީ މެންކް ވަނީ ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އޯގާތެރިވާ ބަޔަކަށްވުމަށް އިލްތިމާސްކުރައްވާފައެވެ.

މުފްތީ މެންކް ވަނީ މާތްﷲ ލޯބިވެވޮޑިގެންވާ އަޅުންނަށް އެކަލާނގެ ކުރިމަތިކުރުވާ އިމްތިހާނުތައް ގިނަވާނެ ކަމަށާއި ނަމަވެސް އެ އިމްތިހާނުތަކަށް ކެތްކުރުމަކީ މާތްﷲ ރުއްސެވުން ލިބިގެންދާނެ ކަމެއް ކަން ވެސް ފާހަގަކުރައްވާފައެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

27 މެއި 2017

ހުޅުލެ ކައިރިއަށް ޓީއެމްއޭގެ ބޯޓެއް ވެއްޓިއްޖެ

27 މެއި 2017
ހުޅުލެ ކައިރިއަށް ޓީއެމްއޭގެ ބޯޓެއް ވެއްޓިއްޖެ
25 އެޕްރީލު 2017

މަރަށް މަރު ހިފަންވީ، އެކަމަކު އޭގެ ކުރިން އަދުލްއިންސާފު ގާއިމުވާންޖެހޭ: ޑރ. މަޖީދު

25 އެޕްރީލު 2017
މަރަށް މަރު ހިފަންވީ، އެކަމަކު އޭގެ ކުރިން އަދުލްއިންސާފު ގާއިމުވާންޖެހޭ: ޑރ. މަޖީދު
12 އެޕްރީލު 2017

އެލްޖީއޭގެ އޮނިގަނޑަށް ގެނައި ބަދަލަކީ މަރުކަޒީކޮށް ރައްޔިތުންގެ ބާރުކަނޑުވާލާ ބަދަލެއް: މައުމޫން

12 އެޕްރީލު 2017
އެލްޖީއޭގެ އޮނިގަނޑަށް ގެނައި ބަދަލަކީ މަރުކަޒީކޮށް ރައްޔިތުންގެ ބާރުކަނޑުވާލާ ބަދަލެއް: މައުމޫން
11 އެޕްރީލު 2017

އެލްޖީއޭގެ ބާރުތައް ރައީސް ޔާމީންއަށް ލިބިލައްވާ ގޮތަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފި

11 އެޕްރީލު 2017
އެލްޖީއޭގެ ބާރުތައް ރައީސް ޔާމީންއަށް ލިބިލައްވާ ގޮތަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފި
10 އެޕްރީލު 2017

އެލްޖީއޭގެ ބޯޑު ފަސް މެމްބަރުނަށް މަދުކޮށް، ހުރިހާ ބާރެއް ރައީސް ޔާމީނަށް!

10 އެޕްރީލު 2017
އެލްޖީއޭގެ ބޯޑު ފަސް މެމްބަރުނަށް މަދުކޮށް، ހުރިހާ ބާރެއް ރައީސް ޔާމީނަށް!
20 މާރިޗު 2017

ޕީޕީއެމް-އެމްޑީއޭގެ މަޖިލިސް މެމްބަރުންނާ ރައީސް ޔާމީން ބައްދަލުކުރައްވައިފި

20 މާރިޗު 2017
ޕީޕީއެމް-އެމްޑީއޭގެ މަޖިލިސް މެމްބަރުންނާ ރައީސް ޔާމީން ބައްދަލުކުރައްވައިފި
09 މާރިޗު 2017

މެމްބަރު އަރީފް އެމްޑީއޭގެ މެމްބަރުކަމުން ވަކިކޮށްފި

09 މާރިޗު 2017
މެމްބަރު އަރީފް އެމްޑީއޭގެ މެމްބަރުކަމުން ވަކިކޮށްފި
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
23 ޖެނުއަރީ 2017

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް