Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލެ ލީގު

ފެނިގެންދާނީ ތަފާތު ގޭމެއް، ޓީސީގެ ސްޓައިލް އޮތީ އެއްކޮށް ބަދަލުވެފައި: ނިޒާމްބެ

ނިއުއާއި ޓީސީ ބައްދަލުކުރާ މެޗް އޮންނާނީ ބުދަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގަ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 22 ޖޫން 2017 | ބުރާސްފަތި 14:45
ޓީސީގެ ކޯޗް އަހްމަދު ނިޒާމް

ޓީސީގެ ކޯޗް އަހްމަދު ނިޒާމް

ބްރޭކުގެ ބޭނުން ހިފައި ޓީސީގެ ގޭމް ޕްލޭނަށް ބޮޑު ބަދަލެއް ގެނެސްފައިވާނެ ކަމަށާއި، ޓީސީގެ ސްޓައިލް އެއްކޮށް ތަފާތު ވާނެކަމަށް އެޓީމުގެ ކޯޗް އަހުމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ބޮޑު ބްރޭކަކަށް ފަހު އެސްޓީއޯ މާލެ ލީގުގައި ބުދަ ދުވަހު ޓީސީ އާއި ނިއުރޭޑިއަންޓް ބައްދަލުކުރާ މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ، ޓިސީ އިން ބްރޭކްގެ ބޭނުން ހިފާފައިވަނީ ހޮލިޑޭ ބްރޭކެއްގެ ގޮތުގައި ނޫން ކަމަށާއި، އެއާ ހިލާފަށް ރަނގަޅު ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސް، އޭގެ ސަބަބުން ޓީމަށް ބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށެވެ. ހާއްސަކޮށް ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް ކުރިއެރުންތަކެއް އައިސްފައިވާ ކަމަށާއި، ލީގު ފެށުނުއިރު ޓީމު އޮތް ހާލަތަށް އަލުން އާދެވިއްޖެ ކަމަށް ނިޒާމްބެ ބުންޏެވެ.

ނިޒާމް ބުނީ، ބްރޭކް އައީ ޓީސީގެ ކުޅުން ދަށްވުމަށްފަހު އަލުން ފޯމަކަށް އެޅެން ފެށި ދުވަސްކޮޅުގައި ކަމަށާއި، ނަމަވެސް މި ބްރޭކުގެ ބޭނުން ރަނގަޅަށް ހިފައި ޓްރެއިނިން ބްރޭކަކަށް ހެދުމަށް ވަރަށް ކުރިން ވިސްނައިގެން ހުރިކަމަށެވެ. އެހެންކަމުން ދެވަނަ ބުރު ފަށައިގެން އައުމުގައި މާބޮޑު އުނދަގޫ ތަކަކާއި ކުރިމަތި ވެދާނެ ކަމަށް ނުބެލެވޭ ކަމަށް ނިޒާމް ބުނެޏެވެ.

މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ، މި މެޗުން ތިން ޕޮއިންޓް ހޯދުން ވަރަށް މުހިންމު ކަމަށާއި، ޕޮއިންޓް ޓޭބަލް އޮތްގޮތުން ކޮންމެ މެޗަކީވެސް ވަރަށް މުހިންމު މެޗެއް ކަމަށެވެ. އެގޮތުން ނިޒާމްބެ ބުނީ، ބާކީ އޮތީ އެންމެ 5 މެޗު ކަމަށާއި، އެހެންކަމުން އެންމެ މެޗެއްވެސް ފަސޭހަ ކޮށްލެވެން ނެތް ކަމަށެވެ. ނިޒާމްބެ ބުނީ ޓީމުގައި އަނިޔާގެ މައްސަލައެއް ނޫޅޭ ކަމަށާއި، ކުރިން އަނިޔާގައި ހުރި އައްޒާމަށްވެސް އަލުން ކުޅުމުގެ ތެރެއަށް އާދެވޭވަރު ވެފައިވާ ކަމަށެވެ.

ބޮޑު ބްރޭކަކަށް ފަހު ލީގުގެ ކުޅުން އަލުން ފަށާއިރު، ޓީސީ އޮތީ 10 ޕޮއިންޓާއިއެކު ތާވަލުގެ 5 ވަނާގައެވެ. ޓިސީ އާއި ދެކޮޅަށް ނިކުންނަ ނިއުރޭޑިއަންޓް އޮތީ 15 ޕޮއިންޓާއިއެކު ތާވަލުގެ 2 ވަނާގައެވެ.

ނިއުއާއި ޓީސީ ބައްދަލުކުރާ މެޗް އޮންނާނީ ބުދަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

ތަފާތު ބޮޑު ނަތީޖާއަކުން މުންޑޫ ބަލިކޮށް ކުނަހަންދޫ ފައިނަލަށް

29 އެޕްރީލު 2017
ތަފާތު ބޮޑު ނަތީޖާއަކުން މުންޑޫ ބަލިކޮށް ކުނަހަންދޫ ފައިނަލަށް
24 އެޕްރީލު 2017

އަލަށް ހަވާލުވި ކޯޗް ނަޒީހު އާއި އެކު ޔޫވީ ތަފާތު ދައްކައިފި

24 އެޕްރީލު 2017
އަލަށް ހަވާލުވި ކޯޗް ނަޒީހު އާއި އެކު ޔޫވީ ތަފާތު ދައްކައިފި
19 އެޕްރީލު 2017

ތަފާތު ބޮޑު ނަތީޖާއަކުން މެކާނޯގެ މައްޗަށް ކުޑަހެންވޭރު ކުރި ހޯދައިފި

19 އެޕްރީލު 2017
ތަފާތު ބޮޑު ނަތީޖާއަކުން މެކާނޯގެ މައްޗަށް ކުޑަހެންވޭރު ކުރި ހޯދައިފި
14 އެޕްރީލު 2017

ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު

14 އެޕްރީލު 2017
ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު
12 މާރިޗު 2017

ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ

12 މާރިޗު 2017
ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ
05 މާރިޗު 2017

ޓީސީގެ ރަން ކާމިޔާބާ އެކު ގައުމު އުފަލުން ފޮޅިފައި

05 މާރިޗު 2017
ޓީސީގެ ރަން ކާމިޔާބާ އެކު ގައުމު އުފަލުން ފޮޅިފައި
02 މާރިޗު 2017

ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން

02 މާރިޗު 2017
ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން
18 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

18 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު