Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ހޮފެންހައިމް ބަލިކޮށް ބަޔާން މިއުނިކް ދެ ވަނައިގައި

ހޮފެންހައިމްގެ ދަނޑުގައި ކުޅުނު މެޗު ބަޔާނުން ކާމިޔާބުކުރީ 2-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އޮކްޓޯބަރު 2022 | އާދީއްތަ 02:31
ބަޔާނުން ކުޅުނު މެޗުގެ ތެރެއިން

ބަޔާނުން ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ހޮފެންހައިމާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ޗެމްޕިއަން ބަޔާން މިއުނިކް ދެ ވަނައިގައި ހިފަހައްޓައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ހޮފެންހައިމްގެ ދަނޑުގައި ކުޅުނު މެޗު ބަޔާނުން ކާމިޔާބުކުރީ 2-0 އިންނެވެ.

މެޗުގައި ބަޔާންގެ ދެ ލަނޑު ވެސް ފެނުނީ ފުރަތަމަ ހާފުގައެވެ. މެޗުގެ 17 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ޖަމާލް މުސިއާލާއެވެ. އެއީ ބަޔާނަށް ލިބުނު ކޯނަރެއްގައި ލެއޯން ގޮރެޓްޒްކާ ނެގި ބޯޅައެއް ކުޅުންތެރިޔެއްގެ ގައިގަ ޖެހިފައި އޭނާ އަށް ލިބުމުން ގޯލުގެ އަރިމަތީ ދާގަނޑަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާންގެ ދެ ވަނަ ލަނޑު ޖެހީ ޗޮޕޫ މޯޓިންއެވެ. އެއީ މެޗުގެ 38 ވަނަ މިނެޓުގައި ސާޖް ގްނަބްރީ ހުރަސްކޮށްދިން ބޯޅައެއް ހޮފެންހަމްގެ އޭރިޔާ ތެރޭ ހުރެ ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެވެ.

މެޗުން މޮޅުވެ ބަޔާން ދެ ވަނައިގައި އޮތީ 11 މެޗުން 22 ޕޮއިންޓާއެކުއެވެ. އެއް ވަނައިގައި އޮތް ޔޫނިއަން ބާލިންއާ ބަޔާނާ ދެމެދު އޮތީ ޕޮއިންޓެއްގެ ފަރަގެވެ. ބަޔާނަށްވުރެ އެއް މެޗު މަދުން ކުޅެ ޔޫނިއަން ބާލިން އަށް ލިބެނީ 23 ޕޮއިންޓެވެ. ނަމަވެސް ލީގުގައި އާދިއްތަ ދުވަހުގެ ރޭ ބޮކުމް ބަލިކޮށްގެން އެ ޓީމަށް ލީޑު ނެގޭނެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު