Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރވޭ ލަސްވަނީ މޫސުން ގޯސްވުމުން

ޕްލެޓްފޯމް ފަރަށް އެރި މައްސަލައިގައި އެފްކޮންސްއާ މެދު ޚާއްސަ އުސޫލެއް ނުގެންގުޅެން: ސަރުކާރު

20 އޮކްޓޯބަރު 2022 | ބުރާސްފަތި 08:52

ޕްލެޓްފޯމް ފުންކޮށްފައިވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު، ފަރަށް އެރިތާ 12 ދުވަސް ފަހުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 އޮކްޓޯބަރު 2022 | ބުރާސްފަތި 08:52
ވިލިމާލޭ ފަރަށް އެރި ޕްލެޓްފޯމް

ވިލިމާލޭ ފަރަށް އެރި ޕްލެޓްފޯމް

ތިލަމާލެ ބްރިޖްގެ ޖިއޯ ޓެކްނިކަލް ދިރާސާތަކަށް ގެނެސްފައިވާ ސެލްފް އެލެވޭޓިންގ ޕްލެޓްފޯމް (އެސްއީޕީ)، ވިލިމާލެ ފަރަށް އެރި މައްސަލައިގައި ބްރިޖުގެ މަސައްކަތް ކުރަމުންދާ އެފްކޮންސް ކުންފުންޏާ މެދު ވަކި ޚާއްސަ އުސޫލަކުން އަމަލުކޮށްފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މި މައްސަލައިގައި ބޮޑެތި ގެއްލުންތަކެއް ވެފައި ވާއިރު އެފްކޮންސް އާ މެދު ފިޔަވަޅު ނާޅާ ލަސްވަނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. އަދި އެންވައިރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މި މައްސަލައިގައި އެކުލަވާލި ރިޕޯޓު ބަލައި ނުގަނެ، އެފްކޮންސް އިން ވަނީ އަމިއްލަ އަށް ދިރާސާ އެއް ކުރުމަށް އެދިފައެވެ. އެ ދިރާސާ އަށް ދިން މުއްދަތު މިހާރު ހަމަވެފައިވާތީ އެފްކޮންސް އަށް އެހާ ގިނަ ފުރުސަތުތަކެއް ލިބެނީ ކީއްވެތޯ އެ ނޫސްވެރިޔާ ވަނީ ސުވާލުކޮށްފައެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅިގެން މިއުވާން ވިދާޅުވީ އެފްކޮންސް އާ މެދު ތަފާތުކުރުމެއް ސަރުކާރުން ނުގެންގުޅޭ ކަަމަށެވެ. އަދި އެ މައްސަލައިގައި އީޕީއޭ އިން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ފިޔަވަޅު އެޅުމުގެ ފުރިހަަމަ އިޚްތިޔާރު އެ އިދާރާ އަށް އޮންނާނެ ކަމަށެވެ.

އެފްކޮންސް އަށް ދިރާސާކުރަން ދިން މުއްދަތުގައި އެ މަސައްކަތް ކުރިއަށް ނުގޮސް ވަނީ މޫސުން ގޯސްވުމުން ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވަނީ މީގެ ކުރިން ބުނެފައެވެ.

ޕްލެޓްފޯމް ފުންކޮށްފައިވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު، ފަރަށް އެރިތާ 12 ދުވަސް ފަހުންނެވެ. ބްރިޖުގެ މަޝްރޫއު ހިންގަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރިން ބުނީ، ޕްލެޓްފޯމް ފުންނުކުރެވި ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި ޕްލެޓްފޯމް ވިލިމާލޭ ފަރަށް ބީހެން ދިމާވީ މޫސުން ގޯސްވެ ވައިގަދަވުމާއި ރާޅު ބޮޑުވުމުގެ ސަބަބުން ކަމަށާއި، އެ ހާދިސާ ހިނގީ އެ ސަރަހައްދުގައި ޕްލެޓްފޯމް އަޅާފައި ބޭއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް