Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަރުހުންގެ ޔުނިފޯމް

ހުރިހާ ސިއްހީ މަރުކަޒެއްގައި ނަރުހުންގެ ޔުނިފޯމު އެއް ޑިޒައިނަކަށް ބަދަލު ކުރަނީ

މިހާރު ނަރުހުންގެ ޔުނީފޯމު ހުންނާނީ ފެހި ކުލައިގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2022 | އަންގާރަ 12:52
ބ. އަތޮޅު ހޮސްޕިޓަލުގެ ނަރުހުންނާއި އެޓެންޑެންޓުން

ބ. އަތޮޅު ހޮސްޕިޓަލުގެ ނަރުހުންނާއި އެޓެންޑެންޓުން

ރާއްޖޭގެ ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާ ނަރުހުންގެ ޔުނިފޯމު އެއް ޑިޒައިނަކަށް ބަދަލުކުރަން ނިންމާ އެމަސައްކަތް ފަށައިފިއެވެ.

ނަރުހުންގެ އިތުރުން އެޓެންޑެންޓުންގެ ޔުނިފޯމު ވެސް ސަރުކާރުން އަންނަނީ އެއް ޑިޒައިނަކަށް ބަދަލު ކުރަމުންނެވެ. އެގޮތުން، ނަރުހުންގެ ޔުނިފޯމުގެ ކުލައިގެ ގޮތުގައި ހުދު ކުލައިގެ ބަދަލުގައި ފެހި ކުލަ ކަނޑައަޅާފައިވާއިރު އެޓެންޑެންޓުންގެ ޔުނިފޯމުގެ ކުލައަކަށް ކަނޑައަޅާފައިވަނީ ނޫ ކުލައެވެ.

Advertisement - newsAdvertisement

ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އާމިނަތު ޝަތުފާ "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ބަދަލު ގެނައުމަށް އެ މިނިސްޓްރީން ނަރުހުންގެ ޖަމިއްޔާއާ މަޝްވަރާ ކުރި ކަމަށެވެ. އަދި ޑިޒައިން ފައިނަލް ކޮށްފައިވަނީ ވެސް އެ ޖަމިއްޔާއިން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަތުފާ ވިދާޅުވިގޮތުގައި މިހާރު ވެސް ގިނަ އަދަދެއްގެ ސިއްޙީ މަރުކަޒުތަކުން ވަނީ އާ ޑިޒައިނާ އެއްގޮތަށް ޔުނީފޯމުތައް ބަދަލުކޮށް އެ ޔުނީފޯމުތައް އިފްތިތާހުކޮށްފައެވެ. އަދި މިހާރު ބަދަލު ނުކޮށް ހުރި ސިއްހީ މަރުކަޒުތަކުން ވެސް މިއަހަރުގެ ނިޔަލަށް އެ ބަދަލާއެއްގޮތަށް އަމަލު ކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބަދަލު ސަރުކާރުން ގެންނަނީ އިތުރު ބަޖެޓެއް ކަނޑައަޅައިގެން ނޫން ކަމަށް ވެސް ޝަތުފާ ވިދާޅުވިއެވެ. އެގޮތުން، މިއީ މިހާރުވެސް ނަރުހުންނަށް ލިބޭ ޔުނީފޯމު އެލަވެންސްގެ ތެރެއިން ގެންނަ ބަދަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ރަށްތަކުގައި އާއްމުކޮށް ނަރުހުން ބޭނުން ކުރަނީ ހުދު ކުލައިގެ ޔުނިފޯމެވެ. ނަމަވެސް ފަހަކަށް އައިސް ބޮޑެތި ހޮސްޕިޓަލުތަކުން ވަނީ އެތަންތަނުގެ ނަރުހުންގެ ޔުނީފޯމުތައް ތަފާތު ކުރުމުގެ ގޮތުން ބަދަލުކޮށްފައެވެ. މީގެ ތެރޭގައި އައިޖީއެމްއެޗް އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އޭޑީކޭ ފަދަ ހޮސްޕިޓަލްތައް ހިމެނެއެވެ.

ހެލްތު މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު