Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމީން ރަޝީދުގެ މަރު

ޔާމީންގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ އިއްސެގެ ބަންދުގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅަނީ

ފުލުހުންގެ ފަރާތުން އެކި ހުށަހެޅުންތައް ޢާއިލާއަށް ހުށަހެޅުނު ކަމަށް އާއިލާއިން ބުނޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 22 ޖޫން 2017 | ބުރާސްފަތި 06:45
ޔާމީން ރަޝީދު މަރާލުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ ތިން މީހުން

ޔާމީން ރަޝީދު މަރާލުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ ތިން މީހުން

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ލިޔުންތެރިޔާ ޔާމީން ރަޝީދު ލާއިންސާނީ އަނިޔާތަކާއެކު މަރާލި މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ފުލުހުން ބުނާ ތިން މީހުންގެ ތެރެއިން އިސްމާއީލް ރަޝީދު ބަންދު ކުރުމަށް ނިންމާފައިވާ ނިންމުން އޭނާގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

އިސްމާއިލް ބަންދު ކުރި މައްސަލަ އޭނާގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައި ވަނީ ކްރިމިނަލް ކޯޓުން އޭނާ ބަންދު ކުރި މައްސަލަ އަށް އަށް ހައިކޯޓުން ތާއިދު ކުރުމުންނެވެ. އސްމާއީލްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ކްރިމިނަލް ކޯޓުގެ އަމުރަށް ތާއިދު ކުރީ މި މަހަުގެ 15 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

އިސްމާއީލު ރަޝީދުގެ އާއިލާއިން ވަނީ ޔާމީންގެ މަރުގެ ތުހުމަތު އޭނާގެ ބޮލުގައި އަޅުވަމުން ދަނީ އެ މައްސަލާގައި ދެން ހައްޔަރުކޮށްފައި ތިބި މީހުންގެ މައްޗަށް ދޮގު ހެކިދޭން އެއްބަސް ނުވެގެން ކަމަށް ބުނެފައެވެ.

އިސްމާއީލް ރަޝިދުގެ އާއިލާއިން ފާހަގަކޮށްފައިވާ ކަންކަން

  1. އިސްމާޢީލް ރަޝީދަކީ ގްރޫޕް ހަދައިގެން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގެ ރެކޯޑު އޮތް މީހެއްކަމަށް ފުލުހުން ބުނެފައިވަނީ ކަމުގެ ޙަޤީޤަތާ ޚިލާފަށެވެ. އެހެނީ، އެ ހާދިސާ ހިނގާފައިވަނީ އިސްމާޢީލް ރަޝީދު 18 އަހަރު ނުފުރެނީސް އޭނާގެ އަންހެން ކޮއްކޮއެއްގެ ދިފާޢުގައި ޙަރަކާތްތެރިވުމުންކަމާއި، އެހާދިސާ ހިނގި ފަހުން އިސްމާޢީލް ރަޝީދު ޢުމުރުން 25 އަހަރު ފުރުމާ ދެމެދު މި ހިނގާފައިވާ އަށެއްކަ އަހަރުދުވަހުގެ ތެރޭގައި އެ ބާވަތުގެ އެއްވެސް ޢަމަލެއް ހިނގާފައި ނުވާކަމީ އިސްމާޢީލް ރަޝީދަކީ ގްރޫޕް ހަދައިގެން މާރާމާރީ ހިންގާ މީހެއް ނޫންކަން ސާބިތުކޮށްދޭ ހެއްކެކެވެ. އަދި މިކަން އެންމެ ރަނގަޅަށް އެނގޭނީ ފުލުހުންނަށް ކަމުގައި ވީހިނދު، އެފަދަ މަޢުލޫމާތެއް ފުލުހުން ޙިއްޞާކޮށްފައިވަނީ އިސްމާޢީލް ރަޝީދާމެދު ނުރަނގަޅު ތަޞައްވުރެއް ޢާއްމުންގެ ހިތްތަކުގައި އަށަގެންނެވުމުގެ ބޭނުމުގައިކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވެއެވެ.
  2. އިސްމާޢީލް ރަޝީދަކީ "މުޖުތަމަޢަށް ނުރައްކާތެރި މީހެއް" ކަމަށް ކްރިމިނަލް ކޯޓުގައި ފުލުހުން ތަކުރާރުކޮށް ބުނެފައިވީނަމަވެސް، އެއީ ޙަޤީޤަތެއް ނޫންކަން ދޭހަވާގޮތަށް ފުލުހުން ޢަމަލުކުރުން މިގޮތުން: ޔާމީން ރަޝީދު މަރާލުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާ މީހުން ދެނެގަނެވިއްޖެކަމަށް 25 އެޕްރިލް 2017 ގައި ބުނެ އެ ބައެއްގެ ފޮޓޯ ފުލުހުން ހާމަކުރި ނަމަވެސް، އިސްމާޢީލް ރަޝީދުގެ ފޮޓޯ ހިމަނާފައި ނުވާކަމާއި، އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފައިވަނީ އެ ހާދިސާ ހިނގިތާ 15 ދުވަސް ފަހުން، 8 މެއި 2017 ގައި ކަމަށްވުން އިސްމާޢީލް ރަޝީދަކީ ދޫކޮށްލާފައި ބެހެއްޓޭ ވަރަށްވުރެ ނުރައްކާތެރި މީހެއްކަމަށް ފުލުހުން ބުނެފައިވާ ބުނުމުގެ މައްޗަށް އޭނާ ހައްޔަރުކުރުމުގެ އަމުރު 8 މެއި 2017 ގައި ކްރިމިނަލް ކޯޓުން ނެރުއްވާފައި ވީނަމަވެސް، ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އެއަމުރު ނެރުނުތާ ގާތްގަނޑަކަށް 27 ގަޑިއިރު ފަހުން ކަމަށްވުން އިސްމާޢީލް ރަޝީދު ބަންދުކޮށްގެން ގެންގުޅެފައިވާ ދުވަސްތަކުގެ ކުރީކޮޅުގައި، ގޮޅީގައި ބަންދުކޮށްގެން ގެންގުޅުމުގެ ބަދަލުގައި، ތަޙްޤީޤު ޓީމާއިއެކު އެއް ކޮޓަރިއެއްގައި އިސްމާޢީލް ރަޝީދު ބައެއް ދުވަސްދުވަހު ނިންދަވައި ގެންގުޅެފައިވުމުން ސާބިތުވަނީ އިސްމާޢީލް ރަޝީދަކީ އެފަދަ ނުރައްކާތެރި މީހެއް ނޫންކަން ޚުދު ފުލުހުންވެސް ޤަބޫލުކުރާ ކަމެވެ.
  3. ޔާމީން ރަޝީދު މަރާލުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާ މީހުން ދެނެގަނެވިއްޖެކަމަށް 25 އެޕްރިލް 2017 ގައި ބުނެ އެ ބައެއްގެ ފޮޓޯ ފުލުހުން ހާމަކުރި ނަމަވެސް، އިސްމާޢީލް ރަޝީދުގެ ފޮޓޯ ހިމަނާފައި ނުވާކަމާއި، އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފައިވަނީ އެ ހާދިސާ ހިނގިތާ 15 ދުވަސް ފަހުން، 8 މެއި 2017 ގައި ކަމަށްވުން
  4. އިސްމާޢީލް ރަޝީދަކީ ދޫކޮށްލާފައި ބެހެއްޓޭ ވަރަށްވުރެ ނުރައްކާތެރި މީހެއްކަމަށް ފުލުހުން ބުނެފައިވާ ބުނުމުގެ މައްޗަށް އޭނާ ހައްޔަރުކުރުމުގެ އަމުރު 8 މެއި 2017 ގައި ކްރިމިނަލް ކޯޓުން ނެރުއްވާފައި ވީނަމަވެސް، ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އެއަމުރު ނެރުނުތާ ގާތްގަނޑަކަށް 27 ގަޑިއިރު ފަހުން ކަމަށްވުން
  5. އިސްމާޢީލް ރަޝީދު ބަންދުކޮށްގެން ގެންގުޅެފައިވާ ދުވަސްތަކުގެ ކުރީކޮޅުގައި، ގޮޅީގައި ބަންދުކޮށްގެން ގެންގުޅުމުގެ ބަދަލުގައި، ތަޙްޤީޤު ޓީމާއިއެކު އެއް ކޮޓަރިއެއްގައި އިސްމާޢީލް ރަޝީދު ބައެއް ދުވަސްދުވަހު ނިންދަވައި ގެންގުޅެފައިވުމުން ސާބިތުވަނީ އިސްމާޢީލް ރަޝީދަކީ އެފަދަ ނުރައްކާތެރި މީހެއް ނޫންކަން ޚުދު ފުލުހުންވެސް ޤަބޫލުކުރާ ކަމެވެ.
  6. އިސްމާޢީލް ރަޝީދު ހައްޔަރުކުރުމަށްފަހު، ފުލުހުންގެ ތަޙްޤީޤު ޓީމުން ޢާއިލާއާ ތަކުރާރުކޮށް ބައްދަލުކޮށް، އެކިއެކި ހުށަހެޅުންތައް ޢާއިލާއަށް ހުށަހެޅުން މިގޮތުން: ޢާއިލާގެ ފަރާތުން އިސްމާޢީލް ރަޝީދަށް ޢައްޔަނުކޮށްފައިވާ ޤާނޫނީ ވަކީލުން ބަދަލުކޮށް، ފުލުހުން ހަމަޖައްސައިދޭ ވަކީލެއް ޢައްޔަނުކުރުން؛ ފުލުހުން ހަމަޖައްސައިދޭ ޤާނޫނީ ވަކީލެއްގެ ޙާޟިރުގައި އިސްމާޢީލް ރަޝީދު ތަޙްޤީޤަށް ބަޔާނެއް ދިނުން ފުލުހުން ބޭނުންވާ ގޮތަށް ކަންކަން ކުރުމުން، އިސްމާޢީލް ރަޝީދުގެ މައްޗަށް އެއްވެސް ދަޢުވާއެއް ނުކޮށް އޭނާ މިނިވަންކުރާނެކަމަށް ބުނުން އިސްމާޢީލް ރަޝީދުގެ މަންމައާއި ބައްޕަ، ޔާމީން ރަޝީދުގެ މަރުގެ ތަޙްޤީޤު ހިންގާ އެންމެ އިސް ފަރާތްކަމުގައިވާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރުމަށް ފުލުހުން އަމިއްލައަށް ހުށަހެޅުން. އިސްމާޢީލް ރަޝީދު ދައުލަތުގެ ހެއްކަކަށް ވުމަށް ފުލުހުން އަމިއްލައަށް ހުށަހެޅުން.
  7. ޢާއިލާގެ ފަރާތުން އިސްމާޢީލް ރަޝީދަށް ޢައްޔަނުކޮށްފައިވާ ޤާނޫނީ ވަކީލުން ބަދަލުކޮށް، ފުލުހުން ހަމަޖައްސައިދޭ ވަކީލެއް ޢައްޔަނުކުރުން؛
  8. ފުލުހުން ހަމަޖައްސައިދޭ ޤާނޫނީ ވަކީލެއްގެ ޙާޟިރުގައި އިސްމާޢީލް ރަޝީދު ތަޙްޤީޤަށް ބަޔާނެއް ދިނުން
  9. ފުލުހުން ބޭނުންވާ ގޮތަށް ކަންކަން ކުރުމުން، އިސްމާޢީލް ރަޝީދުގެ މައްޗަށް އެއްވެސް ދަޢުވާއެއް ނުކޮށް އޭނާ މިނިވަންކުރާނެކަމަށް ބުނުން
  10. އިސްމާޢީލް ރަޝީދުގެ މަންމައާއި ބައްޕަ، ޔާމީން ރަޝީދުގެ މަރުގެ ތަޙްޤީޤު ހިންގާ އެންމެ އިސް ފަރާތްކަމުގައިވާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރުމަށް ފުލުހުން އަމިއްލައަށް ހުށަހެޅުން.
  11. އިސްމާޢީލް ރަޝީދު ދައުލަތުގެ ހެއްކަކަށް ވުމަށް ފުލުހުން އަމިއްލައަށް ހުށަހެޅުން.
  12. އިސްމާޢީލް ރަޝީދާމެދު ޓޯޗަރގެ ޢަމަލުތަކެއް ހިންގާފައިވުން: މީހުން ބަންދުގައި ބޭތިއްބުމަށް ޤާނޫނު ހުއްދަ ނުކުރާ ތަނެއްކަމުގައިވާ ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ބަންދުކޮށްފައި ގާތްގަނޑަކަށް ތިން ދުވަހު ބެހެއްޓުން ވިދިވިދިގެން ދެ ދުވަސް ވަންދެން، ހުސް ފާރަކަށް ކުރިމަތިލައިގެން ގޮނޑިއެއްގައި ބައިންދާފައިވުން ކ. ކާށިދޫގައި ބަހައްޓާފައިވާ ގޮޅީގައި ވައި ދައުރު ނުވެ އަދި ގޮޅިއަށް ނަޖިސް ވަސް ވަންނަ ގޮތަށް ހުރުމުން އިސްމާޢީލް ރަޝީދަށް ނޭވާ ހާސްވާ ގޮތްވުމުން އެހީއަކަށް ގޮވައި ހެދުމުންވެސް އެވަގުތު އަޅައިނުލައި ފަހުން އައިސް މަލާމާތްކުރުން؛ ކ. ކާށިދޫގައި އޭނާއަށް ދީފައިވާ ބޯފެނަށް އެއްޗެއް އަޅާފައިހުރިކަމާއި އޭގެ ސަބަބުން ބޮލަށް ގޮތްގޮތްވާ ކަމަށް އޭނާ ބުނުން؛ ކ. ކާށިދޫގައި އޭނާއަށް ރަނގަޅަށް ނިދުމުގެ ފުރުޞަތު ނުދީ ދަންވަރު އިރުއިރުކޮޅާ ގޮވައި މައްސަލައާ ގުޅޭގޮތުން ވާހަކަ ދެއްކުން؛ މިކަމުގެ ސަބަބުން، އިސްމާޢީލް ރަޝީދުގެ ހަނދާނާއި ވިސްނުމަށް އުނިކަން އެ ދުވަސްވަރު އައިސްފައިވާކަން ޢާއިލާއަށް ފާހަގަކުރެވުން.
  13. މީހުން ބަންދުގައި ބޭތިއްބުމަށް ޤާނޫނު ހުއްދަ ނުކުރާ ތަނެއްކަމުގައިވާ ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ބަންދުކޮށްފައި ގާތްގަނޑަކަށް ތިން ދުވަހު ބެހެއްޓުން
  14. ވިދިވިދިގެން ދެ ދުވަސް ވަންދެން، ހުސް ފާރަކަށް ކުރިމަތިލައިގެން ގޮނޑިއެއްގައި ބައިންދާފައިވުން
  15. ކ. ކާށިދޫގައި ބަހައްޓާފައިވާ ގޮޅީގައި ވައި ދައުރު ނުވެ އަދި ގޮޅިއަށް ނަޖިސް ވަސް ވަންނަ ގޮތަށް ހުރުމުން އިސްމާޢީލް ރަޝީދަށް ނޭވާ ހާސްވާ ގޮތްވުމުން އެހީއަކަށް ގޮވައި ހެދުމުންވެސް އެވަގުތު އަޅައިނުލައި ފަހުން އައިސް މަލާމާތްކުރުން؛
  16. ކ. ކާށިދޫގައި އޭނާއަށް ދީފައިވާ ބޯފެނަށް އެއްޗެއް އަޅާފައިހުރިކަމާއި އޭގެ ސަބަބުން ބޮލަށް ގޮތްގޮތްވާ ކަމަށް އޭނާ ބުނުން؛
  17. ކ. ކާށިދޫގައި އޭނާއަށް ރަނގަޅަށް ނިދުމުގެ ފުރުޞަތު ނުދީ ދަންވަރު އިރުއިރުކޮޅާ ގޮވައި މައްސަލައާ ގުޅޭގޮތުން ވާހަކަ ދެއްކުން؛
  18. މިކަމުގެ ސަބަބުން، އިސްމާޢީލް ރަޝީދުގެ ހަނދާނާއި ވިސްނުމަށް އުނިކަން އެ ދުވަސްވަރު އައިސްފައިވާކަން ޢާއިލާއަށް ފާހަގަކުރެވުން.
  19. މި މައްސަލައިގައި އިސްމާޢީލް ރަޝީދު ބައިވެރިވެފައިވާ މިންވަރަކީ އެއްވެސް ދަޢުވާއެއް ނުކޮށް ދޫކޮށްލެވޭ މިންވަރެއްކަމަށް 15 މެއި 2017 ގައި ފުލުހުން ބުނެފައިވަނިކޮށް، އިސްމާޢީލް ރަޝީދުގެ ވަކީލުން ބަދަލުކުރުމަށް ފުލުހުން ހުށަހެޅި ހުށަހެޅުމަށް ޢާއިލާއިން 17 މެއި 2017 ގައި ދިން ޖަވާބުގައި ވަކީލުން ބަދަލު ނުކުރާނެކަމަށް ބުނުމުން، ފުލުހުން ދެއްކި ވާހަކައިގެ ތެރޭގައި، "ތިހެން ވެއްޖިއްޔާ ސަރކްލްގެ އެންމެ އެތެރޭގައި ހުރި މީހާ ނުކުމެފައި އެ ސަރކްލް ތެރެއަށް އިސްމާޢީލް ރަޝީދު ވަދެދާނެ" ކަމަށް ބުނެ ޢާއިލާއަށް ބިރުދައްކާފައިވާކަމާއި، 18 ޖޫން 2017 ގައި މަޢުލޫމާތުހާމަކުރުމުގައި ފުލުހުން ޢަމަލުކޮށްފައިވަނީ ހަމަ އެފަދައިންކަން ފާހަގަކޮށްފައިވެއެވެ.

އިސްމާޢީލް ރަޝީދުގެ އާއިލާ ކުރި ތުހުމަތުތައް ފުލުހުން ވަނީ ދޮގުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު