Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ ރޭހަށް ޓްރަމްޕް

2024 ގެ ރިޔާސީ ރޭހުން ޓްރަމްޕް ފެނިދާނެތަ؟

ބައިޑަންއާ ކުރިމަތިލައްވާ، ބަދަލު ހިއްޕަވާނެ ކަމުގެ އިޝާރާތްތަކެއްވެސް ޓްރަމްޕް ވަނީ ދެއްވާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2022 | ހޯމަ 12:16
އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް

އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް

އިތުރު ތަޢާރަފަކަށް ބޭނުން ނުވާ ޑޮނާލްޑް ޓްރަމްޕްގެ ނަންފުޅު، އެމެރިކާގެ ތާރީޚުގައި ލިޔެވިގެން ދަނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން 2 ފަހަރަށް ޢަޒުލު ކުރި ފުރަތަމަ ރައީސްގެ ގޮތުގައެވެ. 

ނޮވެމްބަރު 2020ގެ އިންތިޚާބުގައި، އަދުގެ ރައީސް ޖޯ ބައިޑަންގެ މައްޗަށް ކުރި ހޯއްދެވުމަށް ފެއިލްވެވަޑައިގެން، ފާއިތުވީ 18 މަހެއްހާ ދުވަސް ޓްރަމްޕް ހޭދަ ކުރެއްވީ އިންތިޚާބު އޮޅުވާލާފައި ވާ ކަމުގެ އިލްޒާމުތަކުގެ ޝަކުވާތަކައިގެން ކަމުގައި ވީ ނަމަވެސް، ކުރިއަށް އޮތް 2024 ގެ ރިޔާސީ ރޭހުގައި އަނެއްކާވެސް ޓްރަމްޕް ވާދަ ކުރައްވާނެ ކަން، މިހާރު މި ވަނީ ޔަޤީނާ ގާތަށް ކަށަވަރު ކުރެވޭ ވަރު ވެފައެވެ. 

ވޮޝިންގްޓަން ޑީސީ ދޫކުރައްވާ، ފްލޮރިޑާގެ މާރްއަލާގޯ އެސްޓޭޓަށް ވަޑައިގެންނެވި ފަހުންވެސް ފަންޑްރެއިސް ކުރެއްވުމުގެ މަސައްކަތްޕުޅަށް ޓްރަމްޕް މަޑުޖެހުމެއް ގެންނަވާފައެއް ނުވެއެވެ. 

ފަންޑުގެ އަގު މިހާރުވެސް 100 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައި ވާ އިރު، އެ ފައިސާއަކީ، ޓްރަމްޕްގެ ދޮގު އިލްޒާމްތަކަށް ނުހެއްލުނު އިތުރު މެންބަރުންގެ ތާޢީދު ގަނެވޭނެ މިންވަރެއް ކަމަށް ބަހުސް ކުރެވެއެވެ. 

މިޑް-ޓަރމް އިންތިޚާބުތައް ބޯމަތިވެފައި ވަނިކޮށް، ޓްރަމްޕްގެ ރުހުން އޮންނަ މެންބަރުންނަށް ތާޢީދު ހޯއްދެއްވުމަށް ހަރަކާތްތެރިކަމާއެކު ކެމްޕޭން ކުރައްވާފައި ވާ އިރު، އަނެއްކާވެސް ބައިޑަންއާ ކުރިމަތިލައްވާ، ބަދަލު ހިއްޕަވާނެ ކަމުގެ އިޝާރާތްތަކެއްވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ. 

ވީ އިރު، ޓްރަމްޕްގެ އުއްމީދީ ރޭހަށް އެޅިދާނެ ހުރަހެއް އެބައޮތްތޯއެވެ؟

ވެރިކަމުގެ 2 ވަނަ ދަޢުރަކަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ޓްރަމްޕަށް ހުޅުވިގެން ދިޔައީ، 2 ވަނަ ފަހަރަށް ޓްރަމްޕް ޢަޒުލު ކުރުމަށް ސެނެޓްގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި، ޓްރަމްޕާ ދެކޮޅަށް މަސައްލަ ނިންމޭ ގޮތް ނުވުމުން، ފެބްރުއަރީ 2021 ގައެވެ. އެއީ އެމެރިކާގެ ތާރީޚުގައިވެސް ރައީސްއަކު ޢަޒުލު ކުރުމަށް ހިންގި އެންމެ ކުރު އަޑުއެހުން ވެސްމެއެވެ. 

ސެނެޓުން ޓްރަމްޕާ ދެކޮޅަށް މައްސަލަ ނިންމި ނަމަ، ދެން ދުވަހަކުވެސް އެމެރިކާގެ ރިޔާސީ ރޭހެއްގައި ޓްރަމްޕަކަށް ވާދައެއް ނުކުރެއްވޭނެއެވެ. ނަމަވެސް ޓްރަމްޕާ ދެކޮޅަށް ވޯޓު ދެއްވީ 7 ރިޕަބްލިކަން މެންބަރުންނާއި 50 ޑިމޮކްރޭޓުންނެވެ. ޢަޒުލު ކުރުމަށް ބޭނުންވި 3 ބައިކުޅަ 2 ބައި އަޣުލަބިއްޔަތު ނުލިބިއެވެ. އިންތިޚާބީއޮއެވަރަކަށްވުރެބޮޑަށް ރިޔާސީ ރޭހުގެ ރާސްތާގައި ޓްރަމްޕަށް އޮތް އެންމެ ބޮޑު ހުރަހަކީ ޝަރުޢީ ޢިމުގެ ތެރެއިން އެޅޭ ހުރަހަކަށް ވެދާނެއެވެ. 

ޓްރަމްޕާ ދެކޮޅަށް ޝަރިއަތްތަކެއް ކުރިއަށް ދާއިރު، އެއީ ސީރިއަސް މައްސަލަތަކެކެވެ. ދަޢުލަތުގެ ސިއްރު ލިޔެކިއުންތަކެއްގެ ޚިޔާނާތުގެ މައްސަލައިގެ އިތުރުން ޓެކްސަށް މަކަރު ހެއްދެވި ކަމުގެ މައްސަލަވެސް އެބައޮތެވެ. ޓްރަމްޕާ ދެކޮޅަށް ހުރި ދަޢުވާތަކުގެ ލިސްޓަށް ބަލާއިރު، ޢަބުރުގެ ދަޢުވާވެސް ހިމެނެއެވެ. 

ކަން މިހާރު ހިނގަމުން ދާ ގޮތަށް ދާ ނަމަ، ރައީސް ކަމަށް އަލުން ކުރިމަތިލެއްވުމުގެ ފުރުޞަތު، އަދިވެސް ޓްރަމްޕަށް އެބަ އޮތެވެ. ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަހީވެސްމެއެވެ. ޖަލުގައި ތިބެގެންވެސް 3 ކެންޑިޑޭޓަކު ވަނީ އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކޮށްފައެވެ. 

އެމެރިކާގެ ތާރީޚަށް ބަލާއިރު، ރިޔާސީ ރޭހެއްގައި ވާދަ ކުރުން ދާއިމަށް މަނާ ކޮށްފައި ވަނީ 3 އިންތިޚާބީ އޮފިޝެލެކެވެ. އެއީ ކުރީގެ ފެޑެރަލް ޖަޖުން ކަމުގައިވާ ވެސްޓް ހަމްފްރީޒް، ރޮބަރޓް އަރޗިބޯލްޑް އަދި ޓޮމަސް ޕޯޓިއަސްއެވެ.

ޓްރަމަޕަކީ އެއްވެސް ހާލެއްގައި ސިޔާސީ ޝަރީއަތެއްގެ ޝިކާރައެއް ނޫނެވެ. އެމެރިކާގައި ތަންފީޒު ކުރަމުން ދާ ޤާނޫނުގެ އަސާސްއަކީ އެއްވެސް މީހަކީ ޤާނޫނަށް ވުރެ މަތީގައި ހުރިމީހެއް ނޫން ކަމުގެ ފަލްސަފާއެވެ. ރައީސް އަކަށް ވިއަސް، ނުވަތަ ކުރީގެ ރައީސްއަކަށްވެސްއެކަން އޮތީ އެހެނެވެ. 

އެމެރިކާގެ ރިޔާސީ ރޭހަށް 2 އަހަރު ދުވަސް އަދި އޮތް އިރު، ރޭހުގެ މައިދާނަށް ޓްރަމްޕަށް ނުކުންނެވޭނީ ޕާޓީގެ ތާއީދުވެސް ކަށަވަރު ކުރައްވައިގެންނެވެ. އެކަންވެސް ވުން ގާތެވެ. މާޗް މަހު ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާއަށް ބަލާއިރު 56 ޕަސެންޓް މީހުން ވަނީ ޓްރަމްޕަށް 2 ވަނަ ދައުރެއް ދޭނެ ކަމަށް އިޝާރާތް ކޮށްފައެވެ. އެއީ ނޮވެމްބަރު 2020 ގެ އިންތިހާބަށް ފަހު، މި ޢަދަދު މިހާ މައްޗަށްވެސް އެރި ފުރަތަމަ ފަހަރެވެ.

ޑޮނަލްޑް ޓްރަމްޕްދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު