Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު 2023

2023ގައި ކާށިދޫ ދާއިރާގެ ރައްޔިތުން ރައީސް ޞާލިހުއަށް ވޯޓު ދިނުމަށް ޖާބިރު ވަސިއްޔަތް ކުރައްވައިފި

ޖާބިރު ވަނީ ކަށިދޫގެ ތަރައްގީއަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު އަދާ ކުރައްވާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 17 އޮކްޓޯބަރު 2022 | ހޯމަ 02:10
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ކާށިދޫ ދާއިރާގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއަށް ވޯޓު ދިނުމަށް އެ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަސިއްޔަތް ކުރައްވައިފިއެވެ.

ޖާބިރު މިފަދައިން ވަސިއްޔަތް ކުރެއްވީ ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ކާށިދޫގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ޖާބިރު ވިދާޅުވީ މި ސަރުކާރު އައި ފަހުން ރާއްޖެއަށް ވެސް ކުރިއެރުން ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޖާބިރު ވިދާޅުވީ ތަރައްގީގައި ކާށިދޫ މީގެ ކުރިން އޮތީ ވަރަށް ބޮޑަށް ފަހަތުގައި ކަމަށެވެ. ނަމަވެސް ރައީސް ޞާލިހު ވެރިކަމާ ހަވާލުވެވަައިގެން އެ ރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ކޮވިޑު ފަދަ ދަތި ހާލަތުގެ ތެރޭގައި ވެސް އެ ރަށުގައި ހިންގި މަޝްރުއޫތައް މެދުކެނޑުނަ ނުދެއްވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ކާށިދޫއަކީ ދަނޑުވެރިކަމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށަކަށްވާއިރު އަދިވެސް އެ ރަށުގައި އެ ދާއިރާ އިތުރަށް ކުރިއެރުވޭނެ ކަމަށެވެ. އެގޮތުން، ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން އެ ދާއިރާ ވަރަށް ބޮޑަށް ފުޅާވެގެންދާނެކަމަށް ޖާބިރު ވިދާޅުވިއެވެ.

ރާއްޖެ ހަމަމަގަށް އެޅެން ޖެހޭ ކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ އެކަން ކުރެވޭނީ ރައީސް ޞާލިހުއަށް ކަމަށާއި އެހެންވެ ދާއިރާގެ ސިޔާސީ ތަޅުދަނޑި އެމަނިކުފާނަށް އަރުވާކަމަށެވެ. އަދި ރައީސްއަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އޭނާ ނެތް ދުވަހެއްގައި ވެސް ރައީސް ކާށިދޫ ދާއިރާއަށް ވަޑައިގެންފިނަމަ އެމަނިކުފާނަށް އިންތިޚާބުގައި ވޯޓު ދިނުމަށް ވަސިއްޔަތް ވެސް ކުރައްވާކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ ރައީސް ވެރިކަމަށް ވަޑައިގެން އެމަނިކުފާނުގެ ސެޕްޝަލް އެންވޯއީގެ މަގާމަށް އޭނާ އައްޔަން ކުރެއްވީތީ އާއި ފަތުރުވެރިކަމުގެ ދާއިރާއަށް އޭނާ ކޮށްދެއްވި ޚިދުމަތް ފާހަގަކުރައްވައި އަގުވަޒަންކުރެއްވީތީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކާށިދޫގެ ތަރައްގީއަށް ކުރައްވާ މަސައްކަތްތަކަށާއި މިއަހަރުގެ ދަނޑުވެރިންގެ ދުވަސް ކާށިދޫގައި ފާހަގަކުރެެއްވީތީ ވެސް އެމަނިކުފާނަށް ޖާބިރު ޝުކުރު އަދާ ކުރެއްވިއެވެ.

އަބްދުﷲ ޖާބިރުރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުކ.ކާށިދޫ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު