Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަ

ދުނިޔެއަށް އަންނަމުންދާ އެކި ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަން ފުޅާކުރުމަށް ސަމާލުކަން ދޭންޖެހޭ: ރައީސް ޞާލިޙު

މިއީ ސީރިއަސް ގޮތެއްގައި ވިސްނައި ދުރާލައި ފިޔަވަޅު އަޅަންޖެހޭ ކަމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2022 | އާދީއްތަ 17:12
ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ދުނިޔެއަށް އަންނަމުންދާ އެކި ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަން ފުޅާކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް އާދީއްތަ ދުވަހުގެ ރޭ، ކ ކާށިދޫގައި ހުންނަ ކ. އަތޮޅު މަދަރުސާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަމުގެ ވަރަށް ރަނގަޅު ދެ ބާޒާރެއް އެބަ އޮތް ކަމަށެވެ. ފުރަތަމަ ބާޒާރަކީ މީހުން ދިރިއުޅޭ ރަށްތައްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދެ ވަނަ ބާޒާރަކީ ރާއްޖޭގައި ހިންގާ ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި ޓޫރިސްޓުންނަށް ޚިދުމަތްދޭ އެހެން ތަންތަން ކަމަށެވެ.

Advertisement - newsAdvertisement

މި ދެ ބާޒާރަށް ބޭނުންވާ މިންވަރާ ގާތަށްވެސް ރާއްޖޭގައި ތަރުކާރީ އާއި މޭވާއެއް ނުހެއްދޭ ކަމަށާއި ފަލަމަޑިއާއި ފަތްޕިލާވެއްޔާއި ގޮވާމެއް ވެސް ނުހެއްދޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ދަނޑުވެރިކަން ފުޅާކުރުމަށް ސަމާލުކަން ދޭންޖެހޭ އަނެއް ސަބަބަކީ، ދުނިޔެއަށް އަންނަމުންދާ އެކި ލޮޅުންތަކުގެ ސަބަބުން ކަމަށާއި ބައެއް ދުވަސްވަރަށް ޞިއްޙީ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ނޫނީ، ޢަސްކަރީ ކުރިމަތިލުމެއް ނުވަތަ ހަނގުރާމައެއް ފެށިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ ދެ އަހަރު ކުރިން، ދުނިޔޭގެ ފުޑް ސެކިއުރިޓީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ކޮވިޑް-19ގެ ބަލިމަޑުކަން ކަމަށާއި މިއަދު އޮތް ހުރަހަކީ ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމަ ކަމަށް ވެސް ވިދާޅުވިއެވެ. މިފަދަ ކޮންމެ ލޮޅުމަކާއެކު، ކާނާގެ ރައްކާތެރިކަމަށް އެތައް ހުރަސްތަކަކާއި ދަތިތަކެއް ކުރިމަތިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ ސީރިއަސް ގޮތެއްގައި ވިސްނައި ދުރާލައި ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށެވެ.

ދުނިޔެ ތަރައްޤީވެ، އިމްޕޯޓް އެކްސްޕޯޓް ފުޅާވެ، އަވަސް ވިނަމަވެސް، އެކަށީގެންވާ ވަރަށް ކާޑުގެ ބާވަތްތަކާއި ކާނާ ލިބޭނެ ކަމުގެ ޔަޤީންކަން އެއްވެސް ޤައުމަކަށް މިހާރަކު ނެތްކަން ފާހަގަކުރެއްވިއެވެ.

އަދި ރާއްޖެއަށް އެ ޔަޤީންކަން މާ ބޮޑަށްވެސް ކުޑަ ކަމަށާއި ޙައްލަކީ ދަނޑުވެރިކަން ވަރަށް ބޮޑަށް ފުޅާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ޚާއްޞަކޮށް ރާއްޖެއަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދޭ ބާވަތްތަކުގެ ދަނޑުވެރިކަން ފުޅާކުރުން ކަމަށާއި އެފަދަ 17 ބާވަތެއް ރާއްޖޭގައި ހައްދަމުން އަންނަ ކަމަށް، މިދިޔަ އަހަރުގެ ދަޑުވެރިންގެ ދުވަހު ވެސް ދެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ބާވަތްތައް ހައްދާ މިންވަރު އިތުރުކުރުމަށް އެގްރިކަލްޗަރ މިނިސްޓްރީން މިހާރު ޚާއްޞަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އަދި އިތުރު ބައެއް ކަންތައް ޕްލޭންކޮށްފައި އެބަހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން އެއް ކަމަކީ، ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަށް އަލަށް ދޫކުރާ ރަށްތަކުގެ 30 އިންސައްތަ ބިމުގައި، 17 ބާވަތުގެ ތަރުކާރީ އާއި މޭވާ ހެއްދުން ކަމަށް ވިދާޅުވިއެވެ.

އަނެއް ކަމަކީ، އެގްރޯނެޓްގެ ފަރާތުން އެއްބަސްވުން ހަދާފައިވާ ދަނޑުވެރިން އުފައްދާ، އެ 17 ބާވަތުގެ ތަރުކާރީއާއި މޭވާ، އެ ކުންފުނިން ގަނެ ބާޒާރަށް ނެރުން ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދަނޑުވެރިކަމުގެ ވައްޓަފާޅިއަށް ވެސް، ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ގައިން ގަޔަށް ނާރާ ނުރައްކާތެރި ބޮޑެތި ބަލިތައް ރާއްޖޭގައި ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށާއި ސަބަބަކީ ކާބޯތަކެތީގައި އެކުލެވޭ ކެމިކަލް މާއްދާތައް ކަމަށްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

އަދި މިކަމުގެ ހަގީގީ ސަބަބު ހޯދަންޖެހިފައި އޮތްއިރު އެފަދަ ދިރާސާއެއް ރާއްޖޭގައި ހެދިފައި ނެތަސް، އެއީ ޞިއްޙަތަށް އެންމެ ރަނގަޅު ކާނާ ނޫން ކަމަށް މުޅި ދުނިޔެވެސް މިއަދު އެއްބަސްވާ ކަމަށް ވިދާޅުވިއެވެ. ކުރިއަރާފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތައް ވެސް މިއަދު އަމާޒު ހިފާފައިވަނީ އޯގަނިކް ފާމިންއަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކެމިކަލްތައް ދޫކޮށް، ޠަބީޢީ ކާނާއިން ދަނޑުވެރިކަން ކުރުމަކީ މިއަދު އެންމެ ބޮޑަށް އިސްކަން ދޭންވީ ކަންތައް ކަމަށެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުކ.ކާށިދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު