Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލްތަކުގެ ބްލޮކް ގްރާންޓް ފައިސާ

މިހާރު އެއްވެސް ކައުންސިލެއްގެ ބްލޮކް ގްރާންޓް ފައިސާ ހިފަހައްޓާފައެއް ނުހުންނާނެ: މިނިސްޓަރ އަމީރު

ބްލޮކް ގްރާންޓް ހިފެހެއްޓުމުން ވަރަށް ގިނަ ކައުންސިލްތަކުން ކަރަންޓް ބިލް ދައްކަމުންދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2022 | ހުކުރު 11:12
ފިނޭންސް މިނިސްޓަރއިބްރާހިމް އަމީރު

ފިނޭންސް މިނިސްޓަރއިބްރާހިމް އަމީރު

މިހާރު އެއްވެސް ކައުންސިލެއްގެ ބްލޮކް ގްރާންޓް ފައިސާ ހިފަހައްޓާފައިނުވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބައެއް ކައުންސިލްތަކުން ވަނީ ފިނޭންސް މިނިސްޓްރީން އެކައުންސިލްތަކުގެ ބްލޮކް ގްރާންޓް ހިފެހެއްޓުމުން މީގެކުރިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އޭރު ފިނޭންސް މިނިސްޓްރީން ބުނީ ކައުންސިލްތަކުގެ ބްލޮކް ގްރާންޓް ހިފަހައްޓާފައިވަނީ އެތައް މަސްތަކެއް ވަންދެން ކަރަންޓް ބިލްތައް ނުދައްކާ އޮތުމުގެ ސަބަބުން ކަމަށެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ބްލޮކް ގްރާންޓް ހިފެހެއްޓުމުން ވަރަށް ގިނަ ކައުންސިލްތަކުން ކަރަންޓް ބިލް ދައްކަމުންދާ ކަމަށެވެ. އެހެންނަމަވެސް މިހާރު އެއްވެސް ކައުންސިލެއްގެ ބްލޮކް ގްރާންޓް ހިފަހައްޓާފައިނުވާ ކަމަށް ވިދާޅުވިއެވެ.

ކައުންސިލްތަކުން ފެނަކައާއެކު އެއްބަސްވުމަކަށް އައުމުން ވެސް ބައެއް ކައުންސިލްތަކުގެ ބްލޮކް ގްރާންޓް ދޫކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި މިހާރު ދެމުން އަންނަ ފައިސާ ބަހާގޮތަށް ބަދަލު ގެންނަން ފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިއަވަތި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.

މާލީ ގޮތުން ރަށްރަށާއި ރައްޔިތުން ބާރުވެރިކުރުވުމަކީ އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ އެއް ކަންތައް ކަމަށާއި، ކޮންމެ ރަށެއްގައި ހުރިނަމަވެސް ބޭނުންވާ އަސާސީ ޚިދުމަތްތައް ހަމަހަމަގޮތެއްގައި ލިބެންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރަށްތައް އުފެދިފައި ހުންނަ ގޮތުގެ ސަބަބުން ހުންނަ މައްސަލަތައް ހައްލުކުރުމަށްވެސް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެހެންވެ، ކޮންމެ ރަށަކަށް ހަމަހަމަކޮށް ފައިސާ ދިނުމަކީ އިންސާފެއް ނޫންކަމަށް ގަބޫލުފުޅުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސިޓީތަކަށް ފައިސާ ދިނުމުގައިވެސް ބަލަންޖެހޭ ކަންކަން އެބަހުރިކަމަށެވެ. އެގޮތުން، މާލެ ސިޓީ ކައުންސިލް ވަކިކުރުމަށްފަހު ބާކީހުރި ސިޓީތަކަށް ވަކިގޮތަކަށް ފައިސާ ބެހުމުގެ އުސޫލެއް ކަނޑައެޅުމަށް ހުށަހަޅާފައިވާކަމަށާއި، އެއީ ރަނގަޅު ވިސްނުމެއްކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ސިޓީ ކައުންސިލްތަކަށް ގްރާންޓް ދިނުމުގެ އުސޫލަށް ބަދަލު ގެންނައިރު، ވަކި ރަށްތައް ހިމެނޭހެން ހުރި ސިޓީތަކާއި ގިނަ ރަށްތައް އެކުވެފައިވާ ސިޓީތަކަށް ފައިސާ ދިނުމުގައިވެސް ތަފާތުކުރުންތަކެއް ގެންގުޅެންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ކައުންސިލްތަކަށް މިހާރު ހަމަހަމައަށް ގްރާންޓް ދޭތީ ބައެއް ދަތިތައް ހުރިކަން ކައުންސިލްތަކުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، މާލެ ސިޓީގައި ދައުލަތުން ދޭ ބައެއް ޚިދުމަތްތައް ރަށްރަށުގައި ދެމުން އަންނަނީ ކައުންސިލްތަކުގެ ދަށުން ކަމަށްވުމާއެކު، ޚަރަދުތައް އިތުރުވާކަމަށާއި ގްރާންޓް ދިނުމުގައި އެފަދަ ކަންކަމަށް ރިއާޔަތްކުރުމަށް ކައުންސިލްތަކުން ވަނީ އެދިފައެވެ.

މީގެ އިތުރުން ކައުންސިލްތަކުގެ ދަށަށް ޚިދުމަތްތައް ބަދަލުކުރާއިރު އެ ޚިދުމަތަކަށްވާ ބަޖެޓުވެސް ކައުންސިލްތަކަށް ދިނުމަށް ގިނަ ކައުންސިލްތަކަކުން އެދެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުކައުންސިލްތަކުގެ ބްލޮކް ގްރާންޓް ފައިސާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބަޖެޓުގައި އޮތް އެއްޗެއް ރައީސަށް ނޭގުމަކީ ކަންބޮޑުވާންޖެހޭ ކަމެއް - އަމީރު

ބަޖެޓުގައި އޮތް އެއްޗެއް ރައީސަށް ނޭގުމަކީ ކަންބޮޑުވާންޖެހޭ ކަމެއް - އަމީރު

03 ނޮވެމްބަރު 2024
ގާނޫނުން ބަޖެޓުގައި ކައުންސިލްތަކަށް ލާޒިމްކުރާ ބައި ކާލައިފި - ނާޒިލް

ގާނޫނުން ބަޖެޓުގައި ކައުންސިލްތަކަށް ލާޒިމްކުރާ ބައި ކާލައިފި - ނާޒިލް

01 ނޮވެމްބަރު 2024
އަމީރު އެދިވަޑައިގެންނެވީ ވީހާވެސް އަވަހަށް ސަޕްލިމަންޓްރީ ބަޖެޓް ފާސްކޮށްދެއްވަން - ބަޖެޓްގެ ބޮޑު ހޭދައެއް އާސަންދަ އަށް

އަމީރު އެދިވަޑައިގެންނެވީ ވީހާވެސް އަވަހަށް ސަޕްލިމަންޓްރީ ބަޖެޓް ފާސްކޮށްދެއްވަން - ބަޖެޓްގެ ބޮޑު ހޭދައެއް އާސަންދަ އަށް

14 ނޮވެމްބަރު 2023
ބޭރުގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މި އަހަރު ފިއުލް ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އަރާނެ - އަމީރު

ބޭރުގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މި އަހަރު ފިއުލް ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އަރާނެ - އަމީރު

14 ނޮވެމްބަރު 2023
އަންނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

އަންނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

14 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު