Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާޒިމާއަށް ކުރާ މަނީ ލޯންޑަރ ކުރުމުގެ ތުހުމަތު

އާޒިމާގެ މައްޗަށް ކުރާ ދައުވާ: ދައުލަތުން ރައްދުގެ ލިޔުން ހުށަހެޅުން ލަސްވެ، ރައްދުގެ ލިޔުން ބަލައިނުގަންނަން ނިންމައިފި!

ބުދަ ދުވަހު ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ދެފަރާތުން ވާހަކަ ދެއްކުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2022 | ބުދަ 08:07
އާޒިމާ ޝަކޫރު

އާޒިމާ ޝަކޫރު

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދޮގު މައުލޫމާތު ދިނުމާއި، މަނީ ލޯންޑަރުކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ މައްސަލައިގައި، ދައުލަތުން ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ލަސްވުމުން އާޒިމާގެ މައްސަލައިގައި ދައުލަތަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ދައުލަތުގެ ބަންޑާރަ ނައިބު ކަމުގެ މަގާމު ވެސް ފުރުއްވި އާޒިމާ ޝުކޫރަށް ކުރާ ދައުވާތަކުގެ މައްސަަލައިގައި ބުދަ ދުވަހު އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ދެފަރާތުން ވާހަކަ ދެއްކުމެވެ. ބުދަ ދުވަހުގެ އަޑު އެހުން ފަށައިގެން ކުރިއަށް ދަނިކޮށް އާޒިމާ ވަނީ މި މައްސަލައިގައި ދައުލަތުން ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ ގަވާއިދާއި ޚިލާފަށް ކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ހުށަހަޅަން ދީފައިވާ މުއްދަތުގައި ދައުލަތުގެ ފަރާތުން އެ ހުށަހެޅުންތައް ހުށަހަޅާފައި ނުވާ ކަން އާޒިމާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތު ބުނާގޮތުން ނަމަ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާތާ ދެ ދުވަސް ތެރޭގައި އެ ހުށަހެޅުން ހުށަހެއެޅި ހަސްމު ނޫން އަނެއް ހަސްމު އެ ހުށަހެޅުމެއްގެ ޖަވާބު ލިޔުމުން ހުށަހަޅަން ޖެހެއެވެ. އާޒިމާގެ ފަރާތުން މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ހުށަހެޅި ހުށަހެޅުންތަަކަށް ރައްދުގެ ލިޔުން ހުށަހެޅީ ނިމިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އެއީ އެ ހުށަހެޅުންތައް ހުށަހެޅިތާ 2 މަސް ދުވަސް ފަހުންނެވެ. އެހެންކަމުން ކޯޓުން އެ ލިޔުންތައް ބަލައިގަނެފައި ވަނީ އުސޫލާއި ޚިލާފަށް ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.

އާޒިމާގެ އެ ވާހަކަތަކާއި ގުޅިގެން ސީނިއަރ ޕްރޮސެކިއުޓަރު މަރިޔަމް ޝަހުމާ ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް އަނގަބަހުން ރައްދު ދިނުމުގެ ފުރުސަތު ލިބޭ ކަން ފާހަގަކުރައްވާފައެވެ. ޝަހުމާ ވަނީ ލިޔުންތައް ހުށަހެޅީ އެކަމަށް ކަނޑައަޅާ މުއްދަތުގެ ފަހުން ކަމަށް އެއްބަސްވެފައެވެ. މީގެ އިތުރުން އާޒިމާގެ ވަކީލު އަލީ ސައީދު ވަނީ ގަވާއިދުގެ ދަށުން އާންމުކޮށް ކޯޓުން އާއްމުކޮށް އަމަލު ކުރަ ގޮތަކީ އެއީ ނޫން ކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން އާއްމު ގޮތެއްގައި އަމަލުކުރާ އުސޫލަކީ ލިޔުމުން ހުށަހެޅުންތައް ހުށަހެޅުމަށް ފަހު ޝަރީއަތުގައި އަނގަބަހުން ޖަވާބުދާރީ ވުން ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ އަނގަބަހުން ޖަވާބުދާރީވުމުގައި އެކަށީގެންވާ ސަބަބެއް އޮންނަން ވާނެ ކަމަށް އާޒިމާގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައިގައި ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ދައުލަތުގެ ލިޔުންތައް ބަލައިނުގަންނަން ނިންމަވާފައެވެ. އަދި އެ ލިޔުންތައް ކޯޓަށް ބަލައިގަތީ އިދާރީ އޮޅުމަކުން ކަމަށް ވެސް ގާޒީ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަނގަ ބަހުން ރައްދު ދިނުމުގެ ފުރުސަތު ދައުލަތަށް ދެއްވި ނަމަވެސް އެއީ ލިޔުންތަކުގައި ހުރި ކަންކަން ބަހުން ބަހަށް ހުށަހެޅުމަށް ލިބޭ ފުރުސަތެއް ނޫން ކަން ގާޒީ ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ޝަރީއަތް ކުރުކޮށްލީ، އާޒިމާގެ ދެ ވަކީލުން ބައިވެރިވާން ޖެހޭ އެހެން ޝަރީއަތްތައް ހުރުމާ އެކު އެހެން ދުވަހަށް ޝަރީއަތުގެ ބާކީ އޮތްބައި ފަސްކޮށްދޭން އާޒިމާގެ ފަރާތުން އެދުމުންނެވެ. އެކަމާއި މެދު ދައުލަތުން އިއުތިރާޒު ނުކުރާތީ، މައްސަލައިގެ ޝަރީއަތް މިއަދު ނިމުނު ހިސާބުން ފަށައިގެން އެހެން ދުވަހެއްގައި ކުރިއަށް ގެންދިއުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

ބުދަ ދުވަހުގެ ޝަރީއަތުގައި އާޒިމާގެ ފަރާތުން ހަތަރު ހުށަހެޅުމެއް ހުށަހަޅަން ނިންމާފައި ވާއިރު އޭގެ ތެރެއިން ދެ ހުށަހެޅުމެއް މިއަދު ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި މި މައްސަލައިގެ ހެކިބަސް ދިނުމަށް ހުށަހަޅާފައިވާ ޝަފައީ ހެކިން ބަލައިނުގަތުމަށް އެދިފައިވެއެވެ. އެ ހުށަހެޅުންތައް ހުށަހަޅުއްވާ، އާޒިމާގެ ގާނޫނީ ވަކީލު ފަޒްނާ އަހުމަދު ވިދާޅުވީ އާޒިމާގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގެ މައިގަނޑު ކުށް ނިސްބަތްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ކަމަށް ވާއިރު، އެ މައްސަލަ އަކީ ދައުވާ އުފުލާ މައްސަލަ ނުވާކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއް ކަމަށެވެ. އަދި މައްސަލައިގައި ބއިވެރިވުމުގެ ތުހުމަތު އޮތް މީހަކު އޭގައި ބައިވެރިވާ އެހެން މީހަކާ ދެކޮޅަށް ހެކިބަސް ދިނުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުން ބަލާއިރު ކުރެވޭނެ ކަމެއް ނޫން ކަމަށް ފަޒްނާ ވިދާޅުވިއެވެ. ރައީސް ޔާމީންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ ހެކިބަސް ބަލައިނުގަތުމަށް ވެސް އާޒިމާގެ ފަރާތުން ވަނީ އެދިފައެވެ.

ސަަބަބެއް ކަމަށް ފަޒްނާ ފާހަގަކުރެއްވީ، ލުތުފީ އަކީ އޭނައަށް ވަކި ގޮތަކަށް ބަޔާން ދިނުމަށް ބިރު ދައްކާ ބަޔަކު އިންޒާރު ދެމުންދާ ކަމަށް ބުނެ ރާއްޖެ ދޫކޮށް ގޮސްފައިވާ މީހަކަށް ވާތީ އާއި މި މައްސަލަ ފެށެނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތެރެއިން ކަމަށް ވާއިރު އެ މައްސަލަ ތަހުގީގު ކުރި އިރު އެކަމުގައި ޝާމިލްވި މީހަކަށް ލުތުފީވުމުން ޝަރީއަތަށް މިނިވަން އަދި އަދުލުވެރި ހެކިބަހެއް ދެވޭނެ މީހެއް ކަމަށް ނުބެލެވުމެވެ. އަދި އޭނާ އާއި މެދު ކުރެވޭ ބައެއް ތުހުމަތުތަކުގެ ޖިނާއީ ތަހުގީގު ކުރިއަށްދާ ކަން ފަޒްނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފަޒްނާ ވަނީ ޝަރީފަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ދޮގު މައުލޫމާތު ދިން ކަމަށް މަޖިލީހުން ނިންމާ އެކަމާއި ގުޅޭ ތަހުގީގެއް ފުލުހުން ހިންގާ މީހަކަށް ވުމާއެކު އޭނާއަށް ވެސް އަދުލުވެރިކަމާއި އެކު ހެކިބަސް ދެވޭނެ ކަމަަށް ގަބޫލު ނުކުރާކަން ފާހަގަކުރައްވާފައެވެ.

މި މައްސަލަ އާއި ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފަ އެއް ނުވެއެވެ.

އާޒިމާ ޝަކޫރު

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025
ފުލުހަށް ހާޒިރުކުރާ އަންހެން ކަނބަލުންގެ ކުށަކީ ހައްގު ބަސް ބުނެ ވަކާލާތުކުރުން - ރާއީ

ފުލުހަށް ހާޒިރުކުރާ އަންހެން ކަނބަލުންގެ ކުށަކީ ހައްގު ބަސް ބުނެ ވަކާލާތުކުރުން - ރާއީ

17 މާރިޗު 2025
4 މިލިއަން ރުފިޔާ ދެއްކުމަށް އާޒިމާގެ މައްޗަށް ކުރި ޙުކުމް މަޑުޖައްސާލުމުގެ އަމުރެއް

4 މިލިއަން ރުފިޔާ ދެއްކުމަށް އާޒިމާގެ މައްޗަށް ކުރި ޙުކުމް މަޑުޖައްސާލުމުގެ އަމުރެއް

06 ފެބުރުއަރީ 2024
އާޒިމާއަށް ކުރި ޖިނާއީ ދައުވާތަކަށް 5 އަހަރު، 25 އަޑުއެހުން ބޭއްވުނު، މައްސަލައިގެ ޝަރީއަތް އަދިވެސް ނުފެށޭ

އާޒިމާއަށް ކުރި ޖިނާއީ ދައުވާތަކަށް 5 އަހަރު، 25 އަޑުއެހުން ބޭއްވުނު، މައްސަލައިގެ ޝަރީއަތް އަދިވެސް ނުފެށޭ

11 ޖެނުއަރީ 2024
އިސްލާމިކް ބޭންކުން ނަގާފައިވާ ފެސިލިޓީއަކަށް 4 މިލިއަން ރުފިޔާ ދެއްކުމަށް އާޒިމާގެ މައްޗަށް ހުކުމްކޮށްފި

އިސްލާމިކް ބޭންކުން ނަގާފައިވާ ފެސިލިޓީއަކަށް 4 މިލިއަން ރުފިޔާ ދެއްކުމަށް އާޒިމާގެ މައްޗަށް ހުކުމްކޮށްފި

02 ޖެނުއަރީ 2024

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު