Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަލަބީ

ޝަލަބީގެ ދެވަނަ މަދަހަ އަލްބަމް ރިލީޒްކޮށްފި

މަދަހަ ސީޑީއަށް ރާގު ހަދާފައިވަނީ ޝަލަބީ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 21 ޖޫން 2017 | ބުދަ 16:08
ޝަލަބީގެ ދެވަނަ މަދަހަ އަލްބަމް ރިލީޒްކުމުރުގެ ރަސްމިއްޔާތު ތެރެއިން

ޝަލަބީގެ ދެވަނަ މަދަހަ އަލްބަމް ރިލީޒްކުމުރުގެ ރަސްމިއްޔާތު ތެރެއިން

ޝަލަބީ އިބްރާހިމްގެ ދެވަނަ މަދަހަ އަލްބަމް "ހިދާއީ ނޫރު" ބުދަ ދުވަހު ހަވީރު ނެރެފިއެވެ.

ބަރިސްތާގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މަދަހަ އަލްބަމް ނެރެދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ. މަދަހަ އަލްބަމް ނެރެދެއްވުމަށްފަހު އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިފަދަ މަދަހަ ތަކުން އެންމެންގެ މެދުގައި އޮންނަ އަމަންއަމާންކަމާއި ހިތްހަމަ ޖެހުމާއި އެއްބައިވަންތަކަމާއި އުހުއްވަތްތެރިކަމުގެ ޝުއޫރުތައް އާލާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މިފަދަ ސަގާފަތް ދިރުވައި އާލާ ކުރުމަކީ އަބަދުވެސް ހިތްވަރު ދެއްވާ ކަމެއް ކަމަށާއި ޝަލަބީގެ ހުނަރަށް އެމަނިކުފާނު ތައުރީފުކުރެއްވިއެވެ.

ޝަލަބީގެ މި މަދަހަ އަލްބަމްގައި ހަތް މަދަހަ ހިމެނޭ ކަމަށް އޭނާގެ މެނޭޖަރު ޝަފީގް އަލީ (ސައްޕެ) ބުންޏެވެ. އެ މަދަހަތަކުގެ ރާގު ހަދާފައިވަނީ ވެސް ޝަލަބީ އެވެ. ލަވަތައް ހައްދަވާފައި ވަނީ އާދަމް ނަސީރު އިބްރާހިމް އާއި ނަސްމާ އަބްދުލް މުހުސިނެވެ. މަދަހަތައް ރިކޯޑުކޮށްފައިވަނީ ހައުސް އޮފް މިއުޒިކްގެ އެހީތެރިކަމާއި އެކީގަ އެވެ.

މި އަލްބަމަށް މަދަހަ ރިކޯޑްކޮށްފައިވަނީ އެއްވެސް މިއުޒިކެއް ނުހިމަނަ އެވެ.

މި އަލްބަމްގައި މަދަހައިގެ އިތުރުން ފިކުރީ އަދި މާނަވީ ނަސޭހަތްތައް ވެސް ހިމެނެ އެވެ. މިދިޔަ އަހަރު ވެސް ޝަލަބީގެ "ހިދާއީ ނޫރު" ގެ ފުރަތަމަ ސީޑީ ވަނީ އާންމުންނާ ހަމައަށް ގެނެސްފައެވެ. މިފަހަރުގެ މަދަހަ އަލްބަމްވެސް ވަނީ ހިލޭ ބަހަން ނިންމާފަ އެވެ.

ސައްޕެ ބުނީ މަދަހަ ސީޑީ ނެރޭ ކޮންމެ ފަހަރަކު ވެސް ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތަކަށް ޝަލަބީ އެހީވާ ކަމަށެވެ. އެގޮތުން މިއަހަރު ތެލެސީމީއާ ކުދިންގެ ތެރެއިން 20 ކުއްޖަކަށް "ތެލަސެޓް" (ލޭއަޅާއިރު ބޭނުންކުރާ ކަށި ސެޓް) ހަދިޔާ ކޮށްފައިވެއެވެ.

މިދިޔަ އަހަރު ޝަލަބީ ވަނީ އޭނާގެ ހަރަދުގައި ކެއާ ސޮސަޓީގެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އެއް އަހަރުގެ ކިޔެވުމުގެ ހަރަދު ވެސް ދީފަ އެވެ.

އިތުރަށް ކިޔާލަން

18 ޖޫން 2017

ދެވަނަ ޓާރމްގެ ކިޔެވުން މިއަދު ފަށައިފި

18 ޖޫން 2017
ދެވަނަ ޓާރމްގެ ކިޔެވުން މިއަދު ފަށައިފި
08 ޖޫން 2017

ދެވަނަ ޓާމްގެ ކިޔެވުން ޖޫން 18 ގައި!

08 ޖޫން 2017
ދެވަނަ ޓާމްގެ ކިޔެވުން ޖޫން 18 ގައި!
20 މެއި 2017

ކޮމަންޑޫ ދެވަނަ ބުރު ކާމިޔާބު ކުރީ އެމްޑީޕީ ކެންޑިޑޭޓު އާރިފު!

20 މެއި 2017
ކޮމަންޑޫ ދެވަނަ ބުރު ކާމިޔާބު ކުރީ އެމްޑީޕީ ކެންޑިޑޭޓު އާރިފު!
20 މެއި 2017

ށ. ކޮމަންޑޫ އާއި ތ. މަޑިފުށި ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރު މިއަދު

20 މެއި 2017
ށ. ކޮމަންޑޫ އާއި ތ. މަޑިފުށި ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރު މިއަދު
18 އެޕްރީލު 2017

ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި

18 އެޕްރީލު 2017
ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި
08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު