Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައުމީ ދިރާސާ

ކޮރަޕްޝަނާމެދު އާންމުން ދެކޭގޮތުގެ ޤައުމީ ދިރާސާއެއް ކުރިއަށްގެންދިއުމުގެ އެއްބަސްވުމެއްގައި އޭސީސީއިން ވިލާ ކޮލެޖާއެކު ސޮއިކޮށްފި

މިއީ ކޮރަޕްޝަނާމެދު އާންމުން ދެކޭގޮތް ދެނެގަތުމުގެ ގޮތުން ދިވެހިރާއްޖޭގައި ކުރެވޭ ފުރަތަމަ ދިރާސާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 އޮކްޓޯބަރު 2022 | އާދީއްތަ 16:31
ވިލާކޮލެޖާއެކު އޭސީސީން ވެވުނު އެއްބަސްވުން

ވިލާކޮލެޖާއެކު އޭސީސީން ވެވުނު އެއްބަސްވުން

ކޮރަޕްޝަނާމެދު އާންމުން ދެކޭގޮތުގެ ޤައުމީ ދިރާސާއެއް ކުރިއަށްގެންދިއުމުގެ އެއްބަސްވުމެއްގައި އޭސީސީއިން ވިލާ ކޮލެޖާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެކަމަށް ޚާއްޞަކޮށްގެން އޭސީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

Advertisement - newsAdvertisement

ކޮރަޕްޝަނާމެދު އާންމުން ދެކޭގޮތް ދެނެގަތުމުގެ ގޮތުން ދިވެހިރާއްޖޭގައި ކުރެވޭ ފުރަތަމަ ދިރާސާގެ މަސައްކަތުގެ އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރުއެވެ. އަދި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލް މުޙައްމަދު ސަލީމް އެވެ. 

މި ދިރާސާއަކީ ކޮރަޕްޝަނާމެދު އާންމުން ދެކޭގޮތް ދެނަގަތުމުގެ އިތުރަށް ފާއިތުވި 5 އަހަރުގެ ތެރޭގައި ކޮރަޕްޝަންގެ ޓްރެންޑާއި އެކަމާ ގުޅުންހުރި ކަންކަން ދެނެގަނެ އިތުރަށް ދިރާސާކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ދިރާސާއެކެވެ.

މިރަސްމިއްޔާތުގައި އޭސީސީގެ މެންބަރު ޝިޔާމާ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ތޯތޯ ވާހަކަތަކުގެ މައްޗަށް ބުރަވުމުގެ ސަޤާފަތް ދޫކޮށްލައި ޢިލްމީ ހަޤީޤަތާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭ ކަމުގައި ވިދާޅުވިއެވެ.

އަދި އެއްމަގުން ކަންކުރާން ނުތިބެ ހުރިހައި ދިމާލެއްގެ ހިންގުން ދީލާލާން ޖެހިފައިވާކަމަށާއި، މިއަދު މި ފެށުނު މަސައްކަތާއެކު ހެދިގެންދާ ދިރާސާގެ އަލީގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަކީ "އެވިޑެންސް ބޭސްޑް" މަސައްކަތަކަށް ހެދުމަށް އޭސީސީގެ ހިންގުން ބައްޓަންކުރާނެކަމުގެ ޔަގީކަން މެންބަރު ޝިޔާމާ ދެއްވިއެވެ.

މިރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރު ވިދާޅުވީ ކޮރަޕްޝަންފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި އާންމުން ބައިވެރިކޮށް އެމީހުންގެ ޚިޔާލު ހޯދުމަކީ މުހިއްމުކަމެއްކަމަށާއި، މިފަދަ ދިރާސާއެއް ކުރިއަށްގެންދިއުމުގައި ބައިވެރިވެވުމަކީ ވިލާކޮލެޖުގެ ރިސަރޗްގެ މަސައްކަތްތަކަށްވެސް ލިބިގެންދާނެ އިތުރު ކުރިއެރުމެއްކަމަށެވެ.

މި ރަސްމިއްޔާތުގައި އޭސީސީގެ މެންބަރުންނާއި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ އިތުރުން ވިލާ ކޮލެޖްގެ ބައެއް އިސްފަރާތްތަކުންވަނީ ބައިވެރިވެފައެވެ.

އިތުރަށް ކިޔާލަން

02 އޯގަސްޓު 2017

ޤައުމީ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޙާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

02 އޯގަސްޓު 2017
ޤައުމީ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޙާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
03 ޖުލައި 2017

މިކުރަނީ ސިޔާސީ މަސައްކަތެއް ނޫން. ޤައުމީ މަސައްކަތެއް: އިބޫ

03 ޖުލައި 2017
މިކުރަނީ ސިޔާސީ މަސައްކަތެއް ނޫން. ޤައުމީ މަސައްކަތެއް: އިބޫ
25 ޖޫން 2017

މި ހަފްތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ: މޫސުމާއި ބެހޭ ޤައުމީ އިދާރާ

25 ޖޫން 2017
މި ހަފްތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ: މޫސުމާއި ބެހޭ ޤައުމީ އިދާރާ
25 އެޕްރީލު 2017

މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި

25 އެޕްރީލު 2017
މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި
05 އެޕްރީލު 2017

އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި

05 އެޕްރީލު 2017
އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު