Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއްލައްކަ ގަސް ޕްރޮގްރާމް

މާލެ ސިޓީ ކައުންސިލުން މާލޭގައި ގަސް ވިއްކާ ފިހާރައެއް ހުޅުވައިފި

މިއީ މާލެ ސިޓީ ކައުންސިލްގެ "އެއްލަކަ ގަސް" ޕްރޮގްރާމުގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ހުޅުވި ފިހާރައެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 9 އޮކްޓޯބަރު 2022 | އާދީއްތަ 02:10
"މާލެ ފެހި" ފިހާރަ

"މާލެ ފެހި" ފިހާރަ

މާލޭ ސިޓީ ކައުންސިލުން މާލޭގައި ގަސް ވިއްކާ ފިހާރައެއް ހުޅުވައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހަފްލާއެއްގައި މި ފިހާރަ ހުޅުއްވައިދެއްވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒުއެވެ. މިއީ މާލެ ސިޓީ ކައުންސިލްގެ "އެއްލަކަ ގަސް" ޕްރޮގްރާމުގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ހުޅުވި ފިހާރައެކެވެ.

"މާލެ ފެހި"ގެ ނަމުގައި މި ފިހާރަ ހުޅުވާފައިވަނީ ކާނިވާ ސަރަހައްދުގައެވެ. މި ފިހާރައިން ގަހާއި ގަސްކާނާ ލިބެން ހުންނާނެއެވެ.

މި ފިހާރައާ ގުޅޭ ގޮތުން މޭޔަރު މުއިއްޒު ވިދާޅުވީ މާލޭގައި ކުރިއަށްގެންދާ އެއްލައްކަ ގަސް ޕްރޮގްރާމަކީ ދެމެހެއްޓެނިވި ވަށާޖެހޭ ގޮތެއްގައި ކުރިއަށްގެންދާނެ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން އާންމުންނަށް ގަސް ގަނެވޭނެގޮތަށް ހެދުމުގެ ބޭނުމަކީ މާލެ ފެހިކުރުމަށް ބޭނުންވާ މީހުންނަށް ވެސް އެފުރުސަތު ފަހިވެގެންދާނެ ގޮތަށް އެކަން ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މާލެ ފެހި" ފިހާރަ ހުޅުވިއިރު މިހާރު 25 ބާވަތެއްގެ ގަހާއި ގަސްހެއްދުމަށް ބޭނުންވާ އެކި ސާމާނު ލިބެންހުރިކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ކުރިއަށް އޮތްތާނގައި ވިޔަފާރި ކުރިއަށްދާ ވަރަކުން އިތުރު ގަސްތައް ވެސް ލިބެން ހުންނާނެ ކަމަށެވެ.

އެއްލައްކަ ގަސް ޕްރޮގްރާމް ފުޅާ ކުރުމަށް ނިންމާފައިވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ މައިޒާންތަކާއި ޕާކުތައް ފެހި ކުރުމުގެ ގޮތުން ގަސް އިންދުމާއި ވިނަ އިންދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން، މާލެ ސިޓީ ކައުންސިލްގައި "ލޭންޑް ސްކޭޕިންގ އެންޑް ގްރީނަރީ" ގެ ނަމުގައި އާ ޑިޕާޓްމަންޓެއް ހުޅުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ މާލެއާއި އަތޮޅުތަކުން ވެސް ގަބޫލު ކުރާނެ ފަދަ ޕްރޮގްރާމަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުތުރުން މާލެ ސީޓީ ކައުންސިލުން މާލެ ސިޓީ އަކީ "ގްރީން ސިޓީ" އަކަށް ހަދަން އަމާޒު ހިފާފައިވާ ކަމަށާއި އެކަން ކުރުމުގައި ކާމިޔާބުވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ "އެއްލައްކަ ގަސް" ޕްރޮގްރާމަކީ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު