Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނިއުޔޯކަށް ހިޖުރަކުރުން

ނިއުޔޯކަށް މީހުން ހިޖުރަކުރުން ކާރިސާއަކަށް ވެފައި!!

ދުވާލަކު އެވްރެޖް ގޮތެއްގައި 5 ނުވަތަ 6 ބަސް ފުރައި ނިއުޔޯކަށް މީހުން ހިޖުރަކުރާކަމަށްވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2022 | ހޮނިހިރު 14:59
ނިއުޔޯކަށް މީހުން ހިޖުރަކުރާ ބަސްތައް

ނިއުޔޯކަށް މީހުން ހިޖުރަކުރާ ބަސްތައް

އެމެރިކާގެ ނިއުޔޯކް ސިޓީއަށް މީހުން ހިޖުރަކުރާ އަދަދު އިތުރުވެގެންގޮސް، ކާރިސާއެއްގެ ހާލަތަށް ގޮސްފައިވާކަމަށް ވިދާޅުވެ، އެސިޓީގެ މޭޔަރު ކުއްލި ހާލަތު އިއުލާންކުރައްވައިފިއެވެ. ރިޕޯޓްތައް ބުނާގޮތުން، މިދިޔަ އެޕްރީލް މަހުން ފެށިގެން ދެކުނުގެ ބޯޑަރުން 17 ހާހަށް ވުރެގިނަ މީހުން ވަނީ ނިއުޔޯކަށް ހިޖުރަކޮށްފައެވެ. ނިއުޔޯކަށް މީހުން އެތެރެކުރުމަކީ، ސިޔާސީ ފިކުރަށް ބުރަވެ، ސަރުކާރާ ދެކޮޅަށް ކުރިއަށްގެންދާ ކަމެއް ކަމަށްވެއެވެ. މިގޮތުން މެކްސިކޯ ބޯޑަރު ހުރަސްކޮށް އެމެރިކާއަށް އެތެރެވާ މީހުންގެ އަދަދު ގިނަކަމުން، އެކަމާ ދެކޮޅު ހެދުމުގެގޮތުން އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ތާއީދު އޮންނަ ބައެއް ސްޓޭޓްތައްކަމަށްވާ ޓެކްސަސް އެރިޒޯނާ، އަދި ފްލޮރިޑާފަދަ ސްޓޭޓްތަކުން ބަސްތައް ފުރާލައި ނިއުޔޯކަށް މީހުން ފޮނުވާކަމަށްވެއެވެ.

ނިއުޔޯކް ސިޓީގެ މޭޔަރު އެރިކް އެޑަމްސް ހުކުރު ދުވަހު ވިދާޅުވީ، ސެޕްޓެމްބަރު މަހުން ފެށިގެން ދުވާލަކު އެވްރެޖް ގޮތެއްގައި ފަހެއް ނުވަތަ ހަ ބަސް ފުރައި ނިއުޔޯކަށް މީހުން ހިޖުރަކުރަމުން ދާކަމުގައެވެ. މިގޮތަށް ހިޖުރަކުރާ މީހުންގެ ތެރޭގައި ސްކޫލަށް ދާ އުމުރުގެ ކުދިން ހިމެނޭ އާއިލާތައް ހިމެނޭކަމަށާއި، މި އެންމެންނަށް ސިއްހީ ފަރުވާވެސް ބޭނުންވާ ކަމުގައި ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ، ހިޖުރަކުރާ މީހުންނަށް އެހީވުމަށް މިހިނގާ ފިސްކަލް އަހަރު އެއް ބިލިއަން ޑޮލަރު ޚަރަދުވާނެކަމުގައެވެ. އެހެންކަމުން މޭޔަރު ވަނީ އިތުރު ފެޑަރަލް އަދި ސްޓޭޓް ފަންޑިންގ ބޭނުންވާކަމަށް ވިދާޅުވެ، އެކަމަށް އެދިވަޑައިގެންފައެވެ. މިހާރު ވާގޮތުން އެހެން ކަންކަމަށް ހުރި ފައިސާވެސް ހިޖުރަކުރާ މީހުންނަށް އެހީ ވުމަށް ގޮސް ހުސްވަނީކަމަށް މޭޔަރު ވިދާޅުވިއެވެ.

އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ނުފޫޒު ގަދަ ތިން ސްޓޭޓް ކަމަށްވާ ޓެކްސަސް، އެރިޒޯނާ، އަދި ފްލޮރިޑާއަކީ ރައްކާތެރި ސްޓޭޓް ތަކެއްގެ ގޮތުގައި އަމިއްލަޔަށް ކަނޑައަޅާފައިވާ ތަންތަނެވެ. އަދި އެތަންތަނަށް އެތެރެވާ މީހުންގެ އަދަދުވެސް ދަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަމުންނެވެ. އެހެންކަމުން އެސްޓޭޓްތަކަށް ހިޖުރަކުރާ މީހުން ބަސްތަކުގައި ނިއުޔޯކަށް ފޮނުވަނީއެވެ.

އެމެރިކާގެ ދެކުނު ބޯޑަރު ހުރަސްކޮށް އެގައުމަށް އެތެރެވާ މީހުންގެ އަދަދު މިއަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިކަމަށް ޚަބަރުތައް ބުނެއެވެ.      

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރޯނާވައިރަސް ނިއުޔޯކަށް އައީ ޔޫރަޕުން، ޗައިނާ އަކުން ނޫން: ގަވަރުނަރު

ކޮރޯނާވައިރަސް ނިއުޔޯކަށް އައީ ޔޫރަޕުން، ޗައިނާ އަކުން ނޫން: ގަވަރުނަރު

25 އެޕްރީލު 2020
ކެލިފޯނިއާގެ އަލިފާންގަނޑު ނިއުޔޯކަށް ވުރެ ސައިޒުގެ ގޮތުން ބޮޑުވެއްޖެ

ކެލިފޯނިއާގެ އަލިފާންގަނޑު ނިއުޔޯކަށް ވުރެ ސައިޒުގެ ގޮތުން ބޮޑުވެއްޖެ

11 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު