Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ﷲގެ އަޅުތަކުން ފަޟީހަތްނުކޮށް ނުބައި އަމަލުތައް ވަންހަނާކޮށްދޭ މީހަކީ އާޚިރަތް ދުވަހުގެ ރައްކާތެރިކަމަށް އެދޭ މީހެއް: ޚުތުބާ

7 އޮކްޓޯބަރު 2022 | ހުކުރު 08:10

މާތް އަޚުލާގުގެ ތެރޭގައި އެހެން މީހުންގެ އައިބުތަކާއި އުނި ސިފަތައް ފޮރުވައި ވަންހަނާ ކުރުން ހިމެނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 އޮކްޓޯބަރު 2022 | ހުކުރު 08:10
ހުކުރު ޚުތުބާ ވިދާޅުވަނީ

ހުކުރު ޚުތުބާ ވިދާޅުވަނީ

ﷲގެ އަޅުތަކުން ފަޟީހަތްނުކޮށް، އެމީހުންގެ ނުބައި އަމަލުތައް ވަންހަނާކޮށްދޭ މީހަކީ މާތްﷲ އަށް ބިރުގަންނަ އަދި އާޚިރަތް ދުވަހުގެ ރައްކާތެރިކަމަށް އެދޭ މީހާ ކަމަށް ހުކުރު ޚުތުުބާގައި ބުނެފިއެވެ.

"ތިމާގެ އަޚާ ފަޟީހަތް ކުރުމުން ދުރުހެލިވުން" މި މައުޟޫގެ މައްޗަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނެފައިވަނީ އަޚުލާގަކީ އިސްލާމްދީން އެކަމަށް އެންމެ އިސްކަން ދީފައިވާ އަސާސުތަކުގެ ތެރޭގައި ހިމެނޭ މަތިވެރި އަސާސެއް ކަމަށެވެ. އެގޮތުން އިންސާނާ ކުރާ އަމަލުތަކުގެ އޭނާއަށް ވާސިލު ނުވެވޭ ފަދަ މަގާމުތަކަށް ރިވެރި އަޚުލާގުގެ ސަބަބުން ވާސިލު ވެވޭކަން ރަސޫލާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ ބަޔާންކުރައްވާފައިވާކަން ވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

Advertisement - newsAdvertisement

ރިވެތި އަޚުލާގުގެ މުހިންމުކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ މާތް އަޚުލާގުގެ ތެރޭގައި އެހެން މީހުންގެ އައިބުތަކާއި އުނި ސިފަތައް ފޮރުވައި ވަންހަނާ ކުރުން ހިމެނޭ ކަމަށެވެ. އަދި މާތްﷲ އެކަލާނގެ އަޅުތަކުންނަށް ކުރެވޭ ނުބައި އަމަލުތައް ވަންހަނާކޮށްދެއްވާއިރު މުސްލިމުން އެމީހުންގެ އައުރަ ނިވާ ކުރުމަށާއި އެހެން މީހުންގެ ސިއްރުތައް ރައްކާތެރިކޮށް ސިއްރުކޮށްދިނުމަށް އިސްލާމްދީން ވެސް ގޮވާލާކަން ވަނީ ފާހަގަކޮށްފައެވެ.

ޚުތުބާގައި ބުނެފައިވާ ގޮތުގައި ކުރެވޭ ކުށް ފާފަތަކާއި ހަޑި ހުތުރު އަމަލުތައް ވަންހަނާ ކުރުމަކީ ޤިޔާމަތް ދުވަހުން މާތްﷲގެ ފުއްސެވުމާއި މަޣްފިރަތު ލިބޭނެ ކަމެކެވެ.

މުސްލިމުންގެ ސިއްރުތައް ކަޝްފުކޮށް ހާމަކުރަން މަސައްކަތް ކުރާ މީހުން ގޭތެރޭގައި ފިލައި ތިއްބަސް މާތްﷲ އެ މީހާ ފަޟީހަތް ކުރައްވާނެކަމުގެ އިންޒާރު ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެއްވާފައިވާ ކަން ވެސް ޚުތުބާގައި ވަނީ ބަޔާން ކޮށްފައެވެ.

މީސްމީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ޚަބަރުތަކާއި ފޮޓޯއާއި ވީޑިއޯތައް ފަތުރަން ފަސޭހަ މިފަދަ ޒަމާނެއްގައި މުސްލިމުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެކަން ޚުތުބާގައި ވަނީ ބުނެފައެވެ. އެގޮތުން، އަތުގައި އޮންނަ މޯބައިލް ފޯނުގެ ޒަރީއާއިން މީހުންނަށް ނޭނގޭގޮތަށް ތަންތަނާއި މަންޒަރުތަކާއި އަޑުތައް ރެކޯޑުކޮށް، އެ ސިއްރުތައް އާއްމުކުރާ މީހުން ދީނުގައި އައިސްފައިވާ ވަޢީދުތަކާ މެދު ވިސްނަން ޖެހޭކަމަށް ވަނީ ބުނެފައެވެ.

ފާފަތައް ފޮރުވައި ވަންހަނާ ކުރުމުގެ މާނައަކީ އެއްވެސް ހާލެއްގައި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރު ދިނުން ނޫންކަމަށާއި އެއީ މުންކަރާތްތަކާ ދެކޮޅުހެދުން ދޫކޮށްލުން ނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ މުންކަރާތަކަށް އަރައިގަނެއްޖަނަމަ އޭނާއަށް ނަސޭހަތް ދޭން ޖެހޭ ކަމަށެވެ. އަދި ފާފަތަކުން އެއްކިބާވެ ހެޔޮ މަގަށް ރުޖޫއަވުމަށް ބާރު އަޅައި ހިތްވަރު ދޭން ޖެހޭ ކަމަށާއި ޙައްދު ކަނޑައެޅިފައިވާ ފާފަތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ހުށައެޅި އެ ކުށް ސާބިތުވެއްޖެނަމަ ޝަރުއީ ގޮތުން ކަނޑައެޅިފައިވާ ޙައްގު އަދަބު ދޭން ޖެހޭނެ ކަން ވެސް ވަނީ ބަޔާންކޮށްފައެވެ.

ކުށް ފާފަތަކުން ތައުބާވެ އިސްލާހުވުމުގެ މަގު އިސްލާމް ދީނުގައި ފަހިކޮށްދީފައިވާއިރު އެފަދަ ފާފަތަކުން ތައުބާވެ ފާފަ ފުއްސެވުމަށް އެދި، ގިނަގިނައިން ދުޢާ ކުރުމަށް އެންމެހާ މުސްލިމުންނަށް ހުކުރު ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2017

އާސާރީ ތަރިކަ ނައްތާލުމަށް ސަރުކާރުން ހިންގާ އަމަލުތައް ކުށްވެރިކުރަން: އަދާލަތު

27 ނޮވެމްބަރު 2017
އާސާރީ ތަރިކަ ނައްތާލުމަށް ސަރުކާރުން ހިންގާ އަމަލުތައް ކުށްވެރިކުރަން: އަދާލަތު
20 ނޮވެމްބަރު 2017

ނުލަފާކަން ދައްކާކަށް ނޫޅެން، ދެއްކި ވާހަކަތައް މީޑިއާތަކުން ގެނެސްދެނީ ނުބައިކޮށް ތަރުޖަމާ ކޮށްގެން: ފިނޭންސް މިނިސްޓަރު

20 ނޮވެމްބަރު 2017
ނުލަފާކަން ދައްކާކަށް ނޫޅެން، ދެއްކި ވާހަކަތައް މީޑިއާތަކުން ގެނެސްދެނީ ނުބައިކޮށް ތަރުޖަމާ ކޮށްގެން: ފިނޭންސް މިނިސްޓަރު
08 ނޮވެމްބަރު 2017

މިއަދު މި ރާއްޖޭން މި ފެންނަނީ އިންސާނުންގެ އެންމެ ނުބައި ނުލަފާ ސިފަތައް: ފައްޔާޒް

08 ނޮވެމްބަރު 2017
މިއަދު މި ރާއްޖޭން މި ފެންނަނީ އިންސާނުންގެ އެންމެ ނުބައި ނުލަފާ ސިފަތައް: ފައްޔާޒް
03 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް ދިމާވާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އެގައުމުގެ ސިޔާސީ ލީޑަރު ސޫ ކީ އަށް ރައީސް ނަޝީދު ގޮވާލައްވައިފި

03 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް ދިމާވާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އެގައުމުގެ ސިޔާސީ ލީޑަރު ސޫ ކީ އަށް ރައީސް ނަޝީދު ގޮވާލައްވައިފި
06 އޯގަސްޓު 2017

އަނިޔާވެރި އަމަލުތައް ނުހުއްޓުވޭނަމަ މުއައްސަސާތަކުގެ އިސްވެރިން އިސްތިއުފާ ދިނުމަށް ގޮވާލަން: ރައީސް މައުމޫން

06 އޯގަސްޓު 2017
 އަނިޔާވެރި  އަމަލުތައް ނުހުއްޓުވޭނަމަ މުއައްސަސާތަކުގެ އިސްވެރިން އިސްތިއުފާ ދިނުމަށް ގޮވާލަން: ރައީސް މައުމޫން
25 ޖުލައި 2017

ކޯޓް އަމުރު ނުބައިކޮށް އޮތުމުން މެމްބަރު ސައުދު ހުސެއިން ދޫކޮށްލައިފި

25 ޖުލައި 2017
ކޯޓް އަމުރު ނުބައިކޮށް އޮތުމުން މެމްބަރު ސައުދު ހުސެއިން ދޫކޮށްލައިފި
29 ޖޫން 2017

ގާނޫނުތަކަށް ބަދަލު ގެންނަނީ ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ފޮރުވުމަށް: ހިސާން

29 ޖޫން 2017
ގާނޫނުތަކަށް ބަދަލު ގެންނަނީ ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ފޮރުވުމަށް: ހިސާން
09 ޖޫން 2017

ކަލާފާނު ހިނގުމުގައި ހުރި ގުދަނަކުން ނުބައި ވަސް ދުވާތީ އާމުން ކަންބޮޑުވުން ފާޅުކުރަނީ

09 ޖޫން 2017
ކަލާފާނު ހިނގުމުގައި ހުރި ގުދަނަކުން ނުބައި ވަސް ދުވާތީ އާމުން ކަންބޮޑުވުން ފާޅުކުރަނީ
26 ފެބުރުއަރީ 2017

ނުބައި ތާރީޚަކާއެކު ޗިޓް ފޮނުވުމުން ޒިޔަތުއާއި ޝާހިދުގެ ޝަރީއަތް ކެންސަލް!

26 ފެބުރުއަރީ 2017
ނުބައި ތާރީޚަކާއެކު ޗިޓް ފޮނުވުމުން ޒިޔަތުއާއި ޝާހިދުގެ ޝަރީއަތް ކެންސަލް!
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް